ރާއްޖެއިން ބޭރުގައި ދިވެހީން ފަޚުރުވެރިވާ ވަރުގެ ވަރުގަދަ ހުށައެޅުމެއް ހުށައަޅައިދީފައިވާ ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް”ގެ ދެވަނަ ހުށައެޅުން މިއަދު އިންޑިއާގެ ޤައުމީ ޗެނަލް ދޫރްދަރްޝަނުން ދައްކާނެ ކަމަށް “ޓޫ އޮފް އަސް” ބޭންޑުން ބުނެފިއެވެ. އެ ބޭންޑްގެ އެދުމަކީ ދިވެހީން ދިވެހީންގެ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާ ދައްކައި އެ ބޭންޑަށް ސަޕޯޓްކޮށްދިނުމެވެ.

އިންޑިއާގެ ގައުމީ ޓީވީ ދޫރްދަރްޝަނުން މި މަހުގެ 08 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި “ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް” ރިއަލިޓީ މިޔުޒިކް ޝޯގައި ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން ގެނެސްދޭ ދެވަނަ ހުށައެޅުން ދައްކާނީ މިއަދު ހަވީރު، ރާއްޖޭ ގަޑިން 0530ގައެވެ.

“ޓޫ އޮފް އަސް” އިން މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން މަޝްހޫރު ލަވަކިޔުންތެރިޔާ އަޙްމަދު އަދްހަމް ބުނީ މިއަދު އެ ބޭންޑުން ގެނެސްދޭނީ ދިވެހިވަންތަ ދިވެހި ލައެއް ކަމަށެވެ.

“މި ހަފުތާގަ އަހަރުމެން ހުށައަޅާނީ ދިވެހިވަންތަ ދިވެހި ލަވައެއް، މި ހުށައެޅުން ގެނެސްދޭ އިރު ގެސްޓް ޖަޖެއްގެ ގޮތުގައި ލެޖެންޑަރީ އަނޫ މާލިކްގެ ކުރިމަތީގައި ޕާފޯމް ކުރުމަކީ އަހަރުމެންނަށް ލިބޭ ޝަރަފެއް.”

* “ޓޫ އޮފް އަސް” ބޭންޑުން އަދްހަމް

ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ ‘ވޭވްސް އެޕް’ މެދުވެރިކޮށް ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.

މި ޝޯގެ ފުރަތަމަ އެޕިސޯޑްގައި ‘ޓޫ އޮފް އަސް” ބޭންޑުން ގެނެސްދިނީ މަޝްހޫރު ދިވެހި ލަވަ “އެއްޗެއް ކަޅެއް” ލަވައިގެ ‘އެއްޗެއް ކަޅެއް’ގެ ރަހަތައް ހިމަނައިގެން މަޝްހޫރު ހިންދީ ލަވަ “ބާބޫ ސަމްޖޯ އިޝާރޭ”ގެ ފިއުޝަން ވާޝަނެކެވެ.

@muniavas 2ofUs #2ofus – an outstanding performance in India at the #battleofthebands #proudmaldivian #battleofbandsinternational #maldives @Ahmed Adhuham ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.