އިންޑިއާގެ ޤައުމީ ޗެނަލް ‘ދޫރް ދަރްޝަން’ އިން ކުރިއަށް ގެންދާ “ބެޓްލް އޮފް ބޭންޑްސް” ގައި ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މިއަދު ހުށައެޅި ހުށައެޅުމަށް ‘ޕާރފޮމަންސް އޮފް ދަ ޑޭ’ ނުވަތަ މިއަދު އެންމެ ފައްކާ ހުށައެޅުމުގެ ޝަރަފު ލިބިއްޖެއެވެ.

ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މިއަދު ހުށައެޅީ ރާއްޖޭގެ ލިޖެންޑަރީ ލަވަކިޔުންތެރިޔާ މަރްހޫމް މެޒޯ މޯޑްގެ “ކަމަނަ ގޯތީ އާދަނުތާ” ލަވައާއި ހައްސާނުގެ “ފިނިފިނި ވާރޭގާ ތެމުނީމާ” ލަވައިގެ ފިއުޝަންއެކެވެ.

ބޭންޑް ހުށައެޅުން ނިމުމުން އަނޫ މަލިކް ބުނީ “އަލިފާން ޖަހައިފި” ކަމަށާ އޭނާއަށް ވާނެ ނަމަ “ޕާރފޮމަންސް އޮފް ދަ ޑޭ”ގެ ފަޚުރުވެރި އެއްވަނަ “ޓޫ އޮފް އަސް” އަށް ދޭނެ ކަމަށެވެ.

“މަށަކަށް ނޭނގޭ މިއަދު ކާމިޔާބުކުރާނީ ކޮންބައެއް ކަމެއް. އަހަންނަކީ ގެސްޓް ޖަޖެއް. އެކަމަކު މަށަށް ވާނެ މިއަދު ކަލޭމެންނަށް (ޓޫ އޮފް އަސް” އަށް ދޭނަން.

ސަބަބަކީ ކަލޭމެން ދެތިން ކަމެއް ކުރި. ފެށި ހިސާބުން ގެނައި ގްރަންޖް ނޯޓުން، އެވެސް ވަރަށް ފައްކާ.”

* “މަޝްހޫރު މިއުޒިކް ކޮމްޕޯސަރ އަނޫ މާލިކް

“ޓޫ އޮފް އަސް” ގެ ލަވައިގައި ދުވަހުގެ އިރުއަރާ ވަގުތު ހާމަކޮސްދިނުމަށް ޖަނަވާރުގެ އަޑުން ލެއްވި އަޑުތަކަށްވެސް އަނޫ މާލިކް ވަރަށް ބޮޑަށް ތަޢުރީފުކުރިއެވެ. މީގެ އިތުރުން އަދުހަމް ބޮޑުބެރު ބީޓަށް ނެށި ނެށުމަށް ތަޢުރީފުކޮށްވެސް އަނޫ މާލިކް ވަަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ.

“….. ދޭތެރެއަކުން ތިބާ (އަދުހަމް) ނެށި ނެށުން ދޯ. ހަރަކާތްކުރި ގޮތް، އެކަމާވެގެން ހުރެ، އެއީ ހަމަ ހަޤީޤަތުގަވެސް ޖާދުވީ ވަގުތުކޮޅެއް. މަށަށް ތިއީ މުޅި އުމުރަށް ބެލިޔަސް އެއްވަނައިގެ ހުށައެޅުމެއް.

ތިއީ މި ވޭތުވެދިޔަ އަހަރުތަކުގަ މަށަށް ފެނުނު އެންމެ ފައްކާ ހުށައެޅުން.”

* “ޓޫ އޮފް އަސް” ބޭންޑުން އަދްހަމް

ޖަޖުންގެ ތެރެއިން ޝްރަދާ ޕަންޑިތު ބުނީ ޓޫ އޮފް އަސްއަކީ ސަތޭކައެއްހާ މީހުންނާ އެއް ހަމައިގައި ތިބި ބައެއް ކަމަށް ދެކޭ ކަމަށެވެ.

“އަހަރެން ދެކޭ ގޮތުން މިއަދު ކަލޭމެންގެ ހުށައެޅުމަށް ދިހަޔަކުން ދިހައެއް ލިބޭން ޖެހޭނެ.”

* ޝްރަދާ ޕަންޑިތު

@muniavas Maldivian Band “2OfUs” Won Performance of The Day on Battle of Bands International #2ofus #Episode2 #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @shahydlegacy @adhuham.mv #dhivehimusic #mezzomode ♬ original sound MUNIAVAS


މި ބޭންޑް މެންބަރުންގެ ގޮތުގައި އަދުހަމްގެ އިތުރުން ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމް ޝޯވްގައި ބައިވެރިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.