މިވަގުތު އަވައްޓެރި އިންޑިއާގެ ޤައުމީ ޓީވީގައި ކުރިއަށްދާ “ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް”ގައި ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މިމަހު 14ވަނަ ދުވަހު ހުށައެޅި ވަރުގަދަ ހުށައެޅުމަށްފަހު އެ ބޭންޑްގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު 05:30ގައި ހުށައަޅާނެ އެވެ.
މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން “ޓޫ އޮފް އަސް” ބޭންޑުން ބުނީ މި ހަފުތާގައި އެ ބޭންޑުން ގެނެސްދޭން ހަމަޖެހިފައިވަނީ މުޅީންވެސް ދިވެހި ލަވަ ކަމަށެވެ.
“މި ހަފުތާގަ އަހަރުމެން ހުށައަޅަން ޖެހެނީ ދިވެހި ލަވަ. މާދަމާވެސް ރާއްޖޭ ގަޑިން 17:30ގައި އަހަރުމެންގެ ހުށައެޅުން އޮންނާނެ.”
* “ޓޫ އޮފް އަސް” ބޭންޑުން އަދްހަމް
ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ ‘ވޭވްސް އެޕް‘ މެދުވެރިކޮށް ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.
“ޓޫ އޮފް އަސް” އިން ހުށައެޅި ފުރަތަމަ ދިވެހި ލަވައަށް ވަނީ “ޕާރފޮމަންސް އޮފް ދަ ޑޭ” ލިބިފައެވެ. ޖަޖުންގެ ތަޢުރީފު އެ ހުށައެޅުމަށް އޮހިގެން ދިޔައެވެ. މީގެ އިތުރުން އެ ޝޯގައި “ޓޫ އޮފް އަސް”އިން ހުށައެޅި ބައިގެ ވީޑިއޯ މުނިއަވަސް ޓިކްޓޮކްގައި ހިއްސާކުރިތާ 22 ގަޑިއިރު ތެރޭ 01ލައްކައަށް ވުރެން ގިނަ ވިއުޒްއާއެކު އެތަކެއް ސަތޭކަ ތަޢުރީފުގެ ކޮމެންޓްތައް ދިވެހީންނާއި ބޭރު މީހުންގެ ފަރާތުން ލިބިފައިވެއެވެ.
ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މިއަދު ހުށައެޅީ ރާއްޖޭގެ ލިޖެންޑަރީ ލަވަކިޔުންތެރިޔާ މަރްހޫމް މެޒޯ މޯޑްގެ “ކަމަނަ ގޯތީ އާދަނުތާ” ލަވައާއި ހައްސާނުގެ “ފިނިފިނި ވާރޭގާ ތެމުނީމާ” ލަވައިގެ ފިއުޝަންއެކެވެ.
ބޭންޑް ހުށައެޅުން ނިމުމުން އަނޫ މަލިކް ބުނީ “އަލިފާން ޖަހައިފި” ކަމަށާ އޭނާއަށް ވާނެ ނަމަ “ޕާރފޮމަންސް އޮފް ދަ ޑޭ”ގެ ފަޚުރުވެރި އެއްވަނަ “ޓޫ އޮފް އަސް” އަށް ދޭނެ ކަމަށެވެ.
“މަށަކަށް ނޭނގޭ މިއަދު ކާމިޔާބުކުރާނީ ކޮންބައެއް ކަމެއް. އަހަންނަކީ ގެސްޓް ޖަޖެއް. އެކަމަކު މަށަށް ވާނެ މިއަދު ކަލޭމެންނަށް (ޓޫ އޮފް އަސް” އަށް ދޭނަން.
ސަބަބަކީ ކަލޭމެން ދެތިން ކަމެއް ކުރި. ފެށި ހިސާބުން ގެނައި ގްރަންޖް ނޯޓުން، އެވެސް ވަރަށް ފައްކާ.”
* “މަޝްހޫރު މިއުޒިކް ކޮމްޕޯސަރ އަނޫ މާލިކް
“ޓޫ އޮފް އަސް” ގެ ލަވައިގައި ދުވަހުގެ އިރުއަރާ ވަގުތު ހާމަކޮސްދިނުމަށް ޖަނަވާރުގެ އަޑުން ލެއްވި އަޑުތަކަށްވެސް އަނޫ މާލިކް ވަރަށް ބޮޑަށް ތަޢުރީފުކުރިއެވެ. މީގެ އިތުރުން އަދުހަމް ބޮޑުބެރު ބީޓަށް ނެށި ނެށުމަށް ތަޢުރީފުކޮށްވެސް އަނޫ މާލިކް ވަަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ.
“….. ދޭތެރެއަކުން ތިބާ (އަދުހަމް) ނެށި ނެށުން ދޯ. ހަރަކާތްކުރި ގޮތް، އެކަމާވެގެން ހުރެ، އެއީ ޖާދުވީ ހަރަކާތްތަކެއް. މަށަށް ތިއީ މުޅި އުމުރަށް ބެލިޔަސް އެއްވަނައިގެ ހުށައެޅުމެއް.
ތިއީ މި ވޭތުވެދިޔަ އަހަރުތަކުގަ މަށަށް ފެނުނު އެންމެ ފައްކާ ހުށައެޅުން.”
* “ޓޫ އޮފް އަސް” ބޭންޑުން އަދްހަމް
ޖަޖުންގެ ތެރެއިން ޝްރަދާ ޕަންޑިތު ބުނީ ޓޫ އޮފް އަސްއަކީ ސަތޭކައެއްހާ މީހުންނާ އެއް ހަމައިގައި ތިބި ބައެއް ކަމަށް ދެކޭ ކަމަށެވެ.
“އަހަރެން ދެކޭ ގޮތުން މިއަދު ކަލޭމެންގެ ހުށައެޅުމަށް ދިހަޔަކުން ދިހައެއް ލިބޭން ޖެހޭނެ.”
* ޝްރަދާ ޕަންޑިތު
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!
- 25 އޭޕްރިލް 2025ޚަބަރުޑާކް ރެއިން ފިލްމެއްގަ އެކްޓްކޮށްލަން މިއޮތީ ސަޅި ޗާންސެއް
- 24 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” ބޭންޑުގެ 05 ވަނަ ހުށައެޅުން 25 އޭޕްރީލްގައި