ޓިކެޓް ބުކިން ފެށިތާ އަށެއްކަ ގަޑިއިރު ތެރޭ ފިލްމު “ސޮރީ“ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން އެއްކޮށް ފުލްވެފައިވާ ކަމަށް ފާޠިމަތު ނަހުލާ (ނަހޫ) ބުނެފިއެވެ. ފުރަތަމަ ފަސް ޝޯގެ ޓިކެޓް ބުކިން ފުލްވެފައިވާއިރު މިވަގުތު (15 އޭޕްރީލް 2025 / 22:40) ކުރިއަށް ދަނީ 06ވަނަ ޝޯއާއި 07ވަނަ ޝޯގެ ބުކިން ކަމަށްވެސް ނަހޫ ފާހަގަކުރިއެވެ.

“ފޯނަށް ޖަވާބުނުދެވޭ ވަރަށް ކޮމްޕްލެއިން އެބަ އާދޭ. 1:00 އިން ފެށިގެން ޓިކެޓް ނަގަން މަސައްކަތްކޮށް ޓިކެޓް ނުލިބި ބުކިން ހުސްވާތީ ބޭފުޅުން ކަންބޮޑުވުން އެބަ ފާޅުކުރޭ. އެކަމަކު އަޅުގަނޑުމެން ހަމަ ހުއްޓި ނުތިބެ ބުކިން ހަދަމުން މިދަނީ.

* ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާ

ޓިކެޓް ބުކިން ހެދުމުގައި އާއްމުންނަށް ދިމާވެފައިވާ ދަތިތަކާމެދު ނަހޫވެސް ހުރީ ނުހަނު ކަންބޮޑުވެފައެވެ. އެކަމަށްޓަކައި ފިލްމުގެ ޕޭޖް މެދުވެރިކޮށް ބެލުންތެރިންގެ ކިބައިން މަޢާފަށްވެސް އެދިފައިވެއެވެ.

“އަޅުގަނޑުމެންނާއި ގުޅަން ނުކުޅެދިފައިވާ އެންމެހާ ބޭފުޅުންގެ ކިބައިން އިޚްލާޞްތެރިކަމާއެކު މާފަށް އެދެން. އަޅުގަނޑުމެންގެ ފޯނު ލައިންތައް އިންތިހާއަށް ބިޒީވެފައިވަނީ ބުކިންއަށް ގިނަ އަދަދެއްގެ ކޯލްތައް ލިބެމުން އަންނާތީ، އަދި ތިޔަބޭފުޅުންގެ ކެތްތެރިކަމާއި ވިސްނުންތެރިކަން އަޅުގަނޑުމެން ހަގީގަތުގައިވެސް ފާހަގަކުރަން.

* “ސޮރީ” ފޭސްބްކް ޕޭޖް

ޖޫން 17ގައި ޕްރިމިއާކުރާ ފިލްމު “ސޮރީ“ގެ ޓިކެޓު ބުކްކުރުމަށް ގުޅާލަން ޖެހޭނީ 7844422 އަށެވެ. ޕްރިމިއާ ޝޯ ފިޔަވައި އެހެން ޝޯތަކުގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ 150 ރުފިޔާ އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.