މިވަގުތު އިންޑިއާގެ ދޫރް ދަރްޝަން ނޭޝަނަލް އިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ “ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް” ކާމިޔާބުކުރާނީ ދިވެހިރާއްޖެއިންކަމަށް ވަރަށް ބޮޑަށް ހީވާކަމަށް އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރ، މިއުޒިކް އެރޭންޖަރ އަދި ސްކޯ ކޮމްޕޯސަރ އަނޫ މަލިކް ބުނެފިއެވެ. އަނޫ މަލިކް މިހެން ބުނީ މި ޝޯގައި ރާއްޖޭގެ ފަޚުރުވެރި ބޭންޑް “ޓޫ އޮފް އަސް” އިން ހުށައެޅި ތިންވަނަ ހުށައެޅުމަށް ކޮމެންޓްކުރަމުންނެވެ.
“ހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން.”
* “މަޝްހޫރު މިއުޒިކް ކޮމްޕޯސަރ އަނޫ މަލިކް
“ޓޫ އޮފް އަސް” ބޭންޑުގެ ވަރުގަދަ ހުށައެޅުން ނިމުމުން ކޮމެންޓް ކުރަމުން އަނޫ މަލިކްގެ އަމިއްލަ ސްޓައިލް ކަމަށްވާ، ވަގުތުން ޅެމެއް ހަދައިގެން ޅެން ބަހުރުވައިން ބުނީ:
ތުމް ސާރޯނ ޕަރް ބަރަސްނޭ ލަގާ ހޭ ތަރައްޤީ ކާ ލީވްސް
މާ ޤަސަމް މުޖޭ ލަގްތާ ހޭ ކޮމްޕެޓިޝަން ޖީތުނޭ ވާލޭ ހޭ މޯސްޑީވްސް
“ތި އެންމެނާ ދިމާއަަށް ތަރައްޤީގެ ފަތްތައް އޮހެން ފަށައިފި
… ހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން”
@muniavas ހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން #anumalik thinks that Maldives is going to win the #battleofbandsinternational this time#2OfUs @Ahmed Adhuham @Shahyd Legacy #maldives ♬ original sound – MUNIAVAS
އަނޫ މަލިކްގެ ކޮމެންޓް ނިންމާލަމުން ބުނީ ޓޫ އޮފް އަސް ބޭންޑުން ހުށައެޅީ ވަރަށް ވަރަށް ރަނގަޅު ހުށައެޅުމެއް ކަމަށެވެ.
“ޓޫ އޮފް އަސް” އިން މި ޝޯގައި ހުށައެޅީ ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ފަސީގެ ދެ ލަވަ ކަމަށްވާ ‘ފޮއި މަތި އަދި ފަރުމަހޯ’ އެވެ. މި ބޭންޑުން މިހާތަނަށް ގެނެސްދިން ހުރިހާ ދިވެހި ލަވަތަކެއް ގެނެސްފައިވަނީ ލަވައިގެ ޙައްޤުދާރުންގެ ފުރިހަމަ އިޒުނަ ހޯދުމަށްފަހުގައެވެ.
އަނޫ މަލިކްގެ އިތުރުން މި ޝޯގެ ރަސްމީ ދެ ޖަޖުންގެ ތެރެއިން ޝްރާދާ ޕަންޑިތު ވެސް ވަރަށް ބޮޑަށް ރާއްޖޭގެ ބޭންޑަށް ތަޢުރީފުކޮށްފައިވެއެވެ.
““ޓޫ އޮފް އަސް” އަހަރެން އަބަދުވެސް އިންތިޒާރުކުރަމުން ދަނީ ތި ބޭންޑުން ހުށައަޅާނީ ކޮން އިރަކުންތޯ. ކަލޭމެން ފަސް މީހުންގެ ބޭންޑް ސްޓޭޖަށް އެރީމަ އަހަންނަށް ހީވަނީ އެއީ ވައިބެއްހެން، ތިއީ ވަރަށް ފުރިހަމަވެފައިވާ ކަމަށް!
އެހެންވީމާ، މަށަކަށް ނުފެނޭ އެއްވެސް އުނިކަމެއް! ކަލޭމެން ކުރާ ކޮންމެކަމެއް، މިހާތަނަށް ތިޔަ ދެއްކެވި ހުރިހާ ހުށައެޅުމެއްގަވެސް ސާބިތުކަމާއެކު އެއްގޮތްކަމެއް ދެއްކި! އެއީ ވަރަށް ވަރަށް ބޮޑު ޕޮއިންޓެއް, ފުރިހަމަ ކާމިޔާބީއަކަށް އެދެން”
* ޝްރަދާ ޕަންޑިތު
@muniavas ކަލޭމެން ފަސް މީހުންގެ ބޭންޑް ސްޓޭޖަށް އެރީމަ ….. ޝްރަދާ ޕަންޑިތު Shreds Pandit #shardapandit praises #2OfUs #battleofbandsinternational @Ahmed Adhuham @Shahyd Legacy @Nasoohi 🦂 ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް