ދިވެހި މިއުޒިކަށް ލޯބިކުރާ ގިނަ ދިވެހީންނާއި ދިވެހި ޤައުމީ ލޭ ހިނގާ ގިނަ ބައެއްގެ ކަޅި މިވަގުތު އަމާޒުވެފައިވަނީ ދިވެހި ބޭންޑް “ޓޫ އޮފް އަސް” އަށެވެ. ބައިނަލްއަޤްވާމީ ރިއަލިޓީ ޝޯ ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ގައި “ޓޫ އޮފް އަސް”ގެ ހަތަރުވަނަ ހުށައެޅުން މިމަހު 19ވާ ހޮނިހިރު ދުވަހު ހަވީރު ފެނިގެންދާނެއެވެ.

‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ ލައިވްކޮށް ބަލައިލެވޭނީ އިންޑިއާގެ ޤައުމީ ޓީވީ ދޫރްދަރްޝަން ނޭޝަނަލް އިންނެވެ. ގަޑިއަކީ ރާއްޖޭ ގަޑިން ހަވީރު 05:30 އެވެ.

ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ ‘ވޭވްސް އެޕް‘ މެދުވެރިކޮށް ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.

@muniavas ހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން #anumalik thinks that Maldives is going to win the #battleofbandsinternational this time#2OfUs @Ahmed Adhuham @Shahyd Legacy #maldives ♬ original sound – MUNIAVAS

“ޓޫ އޮފް އަސް” ބޭންޑްގެ އެދުމަކީ މިހާރުވެސް ދިވެހީން ދެމުން ގެންދާ ތަރުހީބު ‘ދިވެހީންގެ ބޭންޑަށް’ ދެމުން ދިއުމެވެ. އެ ބޭންޑާ މެދު މުބާރާތުގެ ޖަޖުންގެ އުއްމީދުތަކާއި ހެޔޮ ބަސްތައް ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން އެ ބޭންޑުން ހުށައެޅި ހުށައެޅުމަށްފަހު، ގެސްޓް ޖަޖު އަނޫ މަލިކް ބުނެފައިވަނީ އޭނާއަށް ހީވާގޮތުން މި މުބާރާތް ކާމިޔާބުކުރާނީ ދިވެހީންގެ ބޭންޑު “ޓޫ އޮފް އަސް” އިން ކަމަށެވެ. ހަމަ އެހެންމެ މުބާރާތުގެ ޗީފް ޖަޖެއްކަމަށްވާ ޝްރަދާ ޕަންޑިތު ބުނީ ދިވެހި ބޭންޑުން ހުށައެޅުމެއް ހުށައަޅާނީ ކޮން އިރަކުންތޯ އަބަދުވެސް އޭނާއަށް އިންތިޒާރުކުރެވޭ ކަމަށާ އެ ބޭންޑުން މިހައިތަނަށް ހުށައެޅި ހުރިހައި ހުށައެޅުމެއް ގެނެސްދީފައިވަނީ ނުހަނު ސާބިތުކަމާއެކުގައި ކަމަށެވެ.

@muniavas“2OfUs” Band’s 04th Performance on 19th April #KamanaGoatheeAadhanuthaa #dhivehifilmmilahandhuvaru #2ofus #Episode2 #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @shahydlegacy @adhuham.mv #dhivehimusic #mezzomode♬ original sound MUNIAVAS

“ޓޫ އޮފް އަސް”ގެ ދެވަނަ ހުށައެޅުމުގައި ގެނެސްދިނީ މަޝްހޫރު ލަވަކިއުންތެރިޔާ، މަރުހޫމް މުހައްމަދު މާޖިދު (މެޒޯ މުޙައްމަދު)ގެ “މޮޅު އޮޑި” އާއި މޭނާ ހައްސާނުގެ “މިލަމިލަ ހަނދުވަރު” މި ދެލަވައިގެ ފައްތަރުކުރުމެކެވެ. މި ހުށައެޅުން ފެނި ބެލުންތެރިންނާއި އަނޫ މަލިކް ކޮސްކޮށްލިއެވެ. ލަވައަށް ކޮމެންޓްކުރަމުން އަނޫ މަލިކް ތަކުރާރުކޮށް ބުނީ ‘އަލިފާން ޖަހައިފި’ ކަމަށެވެ.

މި ބޭންޑް މެންބަރުންގެ ގޮތުގައި އަދުހަމްގެ އިތުރުން ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމް ޝޯވްގައި ބައިވެރިވެއެވެ.

ޝޯގެ ޝޫޓީން ތެރޭގައި “ޓޫ އޮފް އަސް” / ފޮޓޯ: ރަތުނޭޝަ

އަދުހަމް ބުނީ ރާއްޖޭގެ ބޭންޑަކުން މިހެން އައިސް މި ފަދަ ގޮތަކަށް ލަވަ ހުށައަޅާފާނެކަމަށް ޝޯވްގެ އޯގަނައިޒަރުންވެސް ހީނުކުރާކަމަށެވެ. ކޮންމެ މީހަކުވެސް އެމީހުންގެ ހުށައެޅުމަށް ތައުރީފުކުރާކަަމަށް އަދުހަމް ފާހަގަކުރިއެވެ. އަދި އަބަދުވެސް އިންޓަރނޭޝަނަލް ޕްލެޓްފޯމެއްގައި ލަވަ ހުށައެެޅުމަށް ބޭނުންވާކަން ފާހަގަކޮށް އޭނާ ބުނީ މިކަން މިކުރެވުނީ ގިނަ ދުވަސްތަކެއްގެ މަސައްކަތާއިއެކު ކަމަށެވެ.

އަދްހަމް އަދި އޭނާގެ ހަތަރު އެކުވެރިން މިއަދު މަސައްކަތްކުރަމުން އެދަނީ ދިވެހި ޤައުމަށް ރީތިނަން ހޯދައިދިނުމަށެވެ. އެހެންކަމުން ޝޯގެ ލައިވް ބަލައިނުލެވޭ ފަރާތްތަކުން ލައިވް ނިމޭތާ ފަސްވަރަކަށް މިނެޓްތެރޭގައި މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް މި ހުށައެޅުން ބަލައިލާ ދިވެހީންގެ ބޭންޑަށް ތަރުހީބުދިނުމަކީ އަހަރުމެންގެވެސް އެދުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.