އިތުރު ވާހަކައަކަށް ނުދާނަމެވެ. މިވަގުތު އެއްލައްކާ ފަންސަވީސް ހާހަށް ވުރެން ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ “ހިލޭ ޓީވީ”ގެ ޚިދުމަތް ހޯދާނެ ގޮތް ކިޔާލަދޭނަމެވެ. އެންމެ ފަސޭހައިން މި ޚިދުމަތް ހޯދޭނީ މި ލިންކު މެދުވެރިކޮށް “ހިލޭ ޓީވީ”ގެ ޓެލެގްރާމް ގްރޫޕާއި ޖޮއިންކޮށްގެންނެވެ. ޓެލެގްރާމް ލިންކުން ސެޓަޕްހަދަން އުނދަގޫނަމަ މި އާޓިކަލް ރަނގަޅަށް ކިޔަމުން ސެޓަޕްހަދާލާށެވެ.

“ހިލޭ ޓީވީ” ސެޓަޕްހަދާނެ ގޮތް

ފުރަތަމަ ކަމަކަށް ސެޓަޕް ހަދަން ބޭނުންވާ ޓީވީ، ފޯނު، ލެޕްޓޮޕް، ޓެބްލެޓްގެ އޮޕަރޭޓިން ސިސްޓަމަކީ ކޮބައިކަން ދެނެގަންނާށެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ހުރިނަމަ މި ލިންކަށް https://www.stremio.com/downloads ވަދެ، ބޭނުންކުރާ ވަޞީލަތަކާ ގުޅޭ “ސްޓްރީމިއޯ” އެޕްލިކޭޝަން ޑައުންލޯޑްކޮށްލާށެވެ. މީގެ އިތުރުން އެންޑްރޮއިޑް ފޯނަށްވެސް ސްޓްރީމިއޯ އަޅާށެވެ.

1- ފުރަތަމަ އެންޑްރޮއިޑް ފޯނަށް ސްޓްރީމިއޯ އަޅާށެވެ. ހަމަ އެހެންމެ ޓީވީގެ ޕްލޭސްޓޯރަށް ވަދެ، ޓީވީއަށްވެސް ސްޓްރީމިއޯ އަޅާށެވެ.

2- އެޕަލް އައިއޯސް ސިސްޓަމްތައް ކަމަށްވާ އައިފޯން، އައިޕެޑް ފަދަ ތަކެއްޗަށް ސެޓަޕްހެދުމަށް ‘ސަފާރީ ބްރައުޒަރ’ ހުޅުވާލާށެވެ. އެއަށްފަހު web.stremio.com އަށް ވަންނާށެވެ. މިހިސާބުން ތިރީގައިވާ މެސެޖް ފެންނާނެއެވެ. ކަންބޮޑުނުވާށެވެ. މާބޮޑު ކަމަކަށް ނުހަދައި، “ޑޯންޓް ޝޯ އަގެއިން” އަށް ފިއްތާލާށެވެ.

މި ހިސާބުން ސްޓްރީމިއޯ ޚިދުމަތް ހޯދުމަށް ލޮގިންވާށެވެ. އެނޯނީމަސް ޔޫސަރ ބޭނުންކޮށްގެން ވެސް ޚިދުމަތް ހޯދޭނެއެވެ. ނަމަވެސް ސައިންއަޕްވެ ލޮގިންވުން ރަނގަޅުކަމަށް އަހަންނަށް ތަޖުރިބާކުރެވިފައިވެއެވެ.

ލޮގިންވުމަށްފަހު ސެޓިން ޕޭޖަށް ދާށެވެ.

ސެޓިން ތެރެއިން ތިރިއަށް ޖެހިލާއިރު (ސްކްރޯލްކޮށްލާއިރު) “ޕްލޭ އިން އެކްސްޓާރނަލް ޕްލޭޔަރ”އަށް ފިއްތާލާށެވެ.

އެތަނުގައި އޭނދަ “ޑިސޭބަލް” އިންތަނުން އައިއޯއެސްގައި ސަޕޯޓްކުރާ ފަދަ ވީޑިއޯ ޕްލޭޔަރއެއް، ވީއެލްސީ ނުވަތަ އައުޓްޕްލޭޔަރ އަށް ބަދަލުކޮށްލާށެވެެ. އެގޮތަށް އިޚްތިޔާރުކުރާ ވީޑިއޯ ޕްލޭޔަރެއް ފޯނު ނުވަތަ އައިޕެޑްގައި ހުންނަންވާނެއެވެ. ނެތްނަމަ އިންސްޓޯލްކޮށްލާށެވެ. އެންމެ ރަނގަޅު ޗޮއިސްއަކަށް އަހަރެން ބުނާނީ ‘ވީއެލްސީ’ ޕްލޭޔަރ އެވެ.

ސަފާރީ ބްރައުޒަރ ތެރެއިން ‘އެޑް ޓު ދަ ހޯމް ސްކްރީން’އަށް ގޮސް ސްޓްރީމިއޯ ސެޓިންހެދި ޕޭޖް ހޯމް ސްކްރީނަށް ލާށެވެ. މި ހެދުނީ އައިއޯއެސް ޑިވައިސްއަށް ސްޓްރީމިއޯ ސެޓަޕެވެ. “ހިލޭ ޓީވީ” ސެޓަޕް ހެދުމުގެ ފުރަތަމަ މަރުހަލާ ފުރިހަމަކުރެވުނީއެވެ.

2- އެންޑްރޮއިޑްގެ ވަޞީލަތްތަކުން ސްޓްރީމިއޯ އެޕްލިކޭޝަނަށް ވަދެ، އަދި އައިއޯސް ވަޞީލަތްތަކުން ވެބްސްޓްރީމިއޯ ޕޭޖަށް ވަދެ (ހޯމް ސްކްރީނަށް ލާފައިވާ ތަނަށް ވަދެ) ތިރީގައިވާ / އަރިމަތީގައިވާ ޓޫލްބާތަކުން ‘އެޑޯންސް’ އަށް ފިލާށެވެ. ފެހިކުލައިން ހުޅުވޭ ތަނަށް ފިތާލައި ތިރީގައިވާ ލިންކް ކޮޕީކޮށްގެން ނުވަތަ ޓައިޕްކޮށްލާށެވެ.

https://hilaytv.vercel.app/manifestjson މިއީ ހިލޭ ޓީވީ ބެލުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ އެޑޯންއެކެވެ.

ހިލޭ ޓީވީ އެޑޯން އިންސްޓޯލްކުރުމުގެ ކުރުމުން އެއޮތީ އެތަކެއް ސަތޭކަ ޗެނަލްތަކެއް މުޅިން ހިލޭ ބަލައިލެވޭގޮތް ވެފައެވެ. ރާއްޖޭގެ ހުރިހައި ޗެނަލްތަކެއްގެ އިތުރުން ހޮލީވުޑް، ބޮލީވުޑް، ޕާކސިްތާނު، ކުޑަކުދިންގެ ޗެނަލްތަކާއި ކުޅިވަރުގެ ޗެނަލްތައް ނަން ހުސްކޮށް އެއޮތީ މުޅިން ހިލޭ ބަލައިލަން ހިތަކަށް ލިބިފައެވެ. ތަނަކަށްލޯލާރިއެއްވެސް ދައްކާކަށް ނުޖެހޭނެއެވެ. ޝަރުޠަކީ ރަނގަޅު އިންޓަނެޓްގެ ވަޞީލަތެއް، ޑިވައިސްއަށް ލިބިފައި ހުރުމެވެ.

3- ޓީވީއަށް ސެޓިންހެދުމަށްޓަކައި ޓީވީއަށް އިންސްޓޯލްކުރި ސްޓްރީމިއޯ އެޕް ހުޅުވާލާށެވެ. ހުޅުވައިލުމާއެކު ކިޔުއާރް ކޯޑް ސްކޭންކޮށްލަން އަންނާނެ އެވެ. މިއީ އޮޓޯއިން ލޮގިންވެވޭނެ ފިޔަވަޅެކެވެ. ސްކޭންކޮށްލުމުން، ތިބާގެ ފޯނުން ކުރިން ލޮގިންވެފައިވާ ނަމުގައި ލޮގިންވެވޭނެއެވެ. ލޮގިންވުމަށްފަހު ދެން އޮތް ފިޔަވަޅަށް ޖެހިލާށެވެ.

ޓީވީއަށް އެޑޯން އެޅިފައި ނުވާނަމަ، އެޑް އެޑޯންއަށް ގޮސް އެޑޯން ޔޫއާރްއެލް ޓައިޕްކޮށްލާށެވެ.

4- ކުރިން ބުނި ޓޫލްބަރތަކުން ‘ޑިސްކަވަރ’ އަށް ފިއްތާލާށެވެ. އެއަށްފަހު ޑްރޮޕްޑައުން ތީރަށް ވަދެ ‘ޓީވީ ޗެނަލް’ އިޚްތިޔާރުކޮށްލާށެވެ. މިތަން އިޚްތިޔާރުކުރުމުން “ހިލޭ ޓީވީ”ގައި މިވަގުތު ލިބެން ހުރި ޗެނަލްތަކުގެ ލިސްޓް ފެންނާނެއެވެ.

ހިންޓެއް: ޗެނަލްތަކުން ތިބާއަށް އެންމެ ކަމުދާ ޗެނަލްތައް ‘އެޑް ޓު ދަ ލައިބްރަރީ’އަށް ލެވޭނެއެވެ. ލައިބްރަރީއަށް ލާފައިވާ ޗެނަލްތައް ފެންނާނީ މިތަނުންނެވެ.


“ހިލޭ ޓީވީ”ގެ ޚިދުމަތަކީ ރާއްޖޭގެ ޒުވާން ޓީމެއް ހިލޭސާބަހަށް ކޮށްދެމުން އަންނަ ބުރަ މަސައްކަތެކެވެ. އެ ޓީމުން ޤަބޫލުކުރާ ގޮތުން ތަރައްޤީވެ ތަމައްދުންވެފައިވާ މުޖުތަމަޢުތަކުގައި ފީއެއް ދައްކައިގެން ޓީވީބެލުން އެއީ އޮވެގެންވާނެ ކަމެއް ނޫނެވެ.

“ހިލޭ ޓީވީ” މެދުވެރިކޮށް ރަށްރަށުގައި ހިންގާ އެކިއެކި އިވެންޓްތައް ލައިވްކުރުމަށް “ލައިވް އިވެންޓް” ދެއްކުމަށް ދެ ޗެނަލެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ޓީވީ ޗެނަލެއް ހަދަން ބޭނުންވާ، މިކަމަށް ޝައުޤުހުރި ފަރާތްތަކަށްވެސް ހިލޭ ޓީވީގެ ޓީމުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން އުފައްދާފައިވާ ބައެއް ޗެނަލްތައް މިހާރުވެސް ހިލޭ ޓީވީން ލިބެއެވެ. އެގޮތުން އަހަރެން އެންމެ ފާހަގަކޮށްލަން ބޭނުންވާ ޗެނަލަކީ “މަލިކް ޓީވީ” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.