ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް ނުވަތަ ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުންގެ ކައިވެނީގެ ދަތުރު ފަށާފައި މިވަނީ އޯގާތެރިކަމުގެ ލާމަސީލު މިސާލެއް ދައްކަމުންނެވެ. އެގޮތުން އެ ބޭފުޅުންގެ ކައިވެނީގައި ބޭނުންކުރި އެތަކެއް ހާސް މާމެލާމެލިތައް ވަނީ އިނގިރޭސިވިލާތުގެ ހޮސްޕައިސް (ބަލި އަދި އުމުރުން ދުވަސްވެފައިވާ މީހުން ބަލަހައްޓާ ގެ) އަކަށް ހަދިޔާކޮށްފަ އެވެ.
ނުހަނު ނަލަކަށް ޒީނަތްތެރިކޮށްފައިވާ 50 މާބޮނޑި، ޝާހީ ކައިވެނީގެ އެއްދުވަސް ފަހުން، ލަންޑަންގެ ސެއިންޓް ޖޯސެފް ހޮސްޕައިސް އިން ވަނީ ފެނިފައެވެ. އެގޮތުން ވޯޑް ތަކުގައި ތިބި ބަލިމީހުންނަށް އެ ރީތި މާބޮނޑިތައް ހަދިޔާކޮށްފައި ވެއެވެ.
“އަހަރެމެންގެ ހޮސްޕައިސް އިން ދުވަނީ ވަރަށް މީރުވަހެއް. މިއީ ވަރަށް ލޯބި ހަރަކާތެއް.” ސެއިންޓް ޖޯސެފް ހޮސްޕައިން އިން މިކަން ސިފަކޮށްފައިވަނީ މިހެންނެވެ.
ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާގެ ޝަރަފްގައި ތައްޔާރުކުރި މާބޮނޑިތައް ހަދާފައިވަނީ ފޮގެޓް-މީ-ނޮޓް މަލުންނެވެ. މީގެ އިތުރުން ކައިވެނީގެ ރަސްމިއްޔާތު ބޭއްވި ސެއިންޓް ޖޯޖްސް ޗެޕަލް ޒީނަތްތެރި ކުރުމަށް ބޭނުންކުރި މާބޮނޑިތައް ފޮނުވީ ހޮސްޕައިސް އަށެެވެ. ޑަޗެސް މޭގަންގެ ޚާއްޞަ މާބޮނޑި ބޭއްވީ ވެސްޓްމިނިސްޓަރ އެބޭގައި ވާ ކާކުކަން ނޭނގޭ ހަނގުރާމަވެރި ބަޠަލެއްގެ މަޤުބަރާގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!