މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލް 2018 ގައި ދިވެހި ހަތަރު ފިލްމެއް ވާދަކުރާއިރު، ފީޗަރ ފިލްމުގެ ބައިގައި ރާއްޖޭގެ އެންމެ ވާދަވެރި ދެ ޕްރޮޑިއުސަރ/ޑައިރެކްޓަރުންގެ ދެ ފިލްމު ވަނީ ހިމަނާފަ އެވެ.

ސާކް ފިލްމު ފެސްޓިވަލް 2018 ގައި ރާއްޖެއިން ބައިވެރިކޮށްފައިވާ ދެ ފީޗާ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރ ޢަބްދުލް ފައްތާހް ގެ ‘ހައްދު’ ފިލްމާއި މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާތިމަތު ނަހުލާގެ 4426 އެވެ. ކުރުފިލްމުގެ ބައިގައި ބިތުފަންގި އާއި ސްޓޭޓަސް ވަނީ ހުށައަޅާފައެވެ.

ސާކް ފިލްމު ފެސްޓިވަލް 2018 ގެ ޝެޑިއުލްއަށް ބަލައިލާއިރު ރާއްޖެއިން ބައިވެރިކޮށްފައިވާ ދެ ފިލްމެއް މިމަހުގެ 23 ވަނަ ދުވަހު ދައްކާނެ އެވެ. އެގޮތުން ސާކްފިލްމު ފެސްޓިވަލް ބާއްވާ ލަންކާ ގަޑިން 1920 ކުރުފިލްމު ‘ސްޓޭޓަސް’ ދައްކާނެ އެވެ. 1930 ގައި ދިވެހި ފީޗަރ ފިލްމު ‘4426’ ދެއްކުމަށް ވަނީ ތާވަލް ކޮށްފައެވެ.

މެއި މަހުގެ 24 ވަނަ ދުވަހުވެސް ދިވެހިރާއްޖެއިން ބައިވެރިކޮށްފައިވާ ދެ ފިލްމެއް ދައްކާނެ އެވެ. އެގޮތުން ހެނދުނު 0930 ގައި ކުރުފިލްމު ‘ބިތުފަންގި’ ދައްކާނެ އެވެ. ހަމަ އެދުވަހު ހެނދުނު 1015 ގައި ދިވެހި ފީޗަރ ފިލްމު ‘ހައްދު’ ދައްކާނެ އެވެ.

ފިލްމު ޝެޑިއުލް – ސާކް ފިލްމު ފެސްޓިވަލް 2018 ގެ ދިވެހި ތަރުޖަމާއެއް މުނިއަވަސް އިން މިވަނީ ތައްޔާރުކޮށްފައެވެ.

ފިލްމު ޝެޑިއުލް – ސާކް ފިލްމު ފެސްޓިވަލް 2018

ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތަކަށް ވެސް މީގެ ކުރިން ވަނީ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރު އެ ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު “އިނގިލި”އަށް ބްރޯޒް މެޑަލް ވަނީ ލިބިފަ އެވެ. އަދި 2015ގައި އަލީ ސީޒަންގެ ފިލްމު، “އިންސާނާ”އަށް ވެސް ވަނީ ބްރޯންޒް މެޑެލް އެއް ލިބިފަ އެވެ.

އެންމެ ފަހުން ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް ވަނީ ލިބިފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.