ތިރީގައި އެވަނީ އަރަބި ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. އާދެ، ‘އަނާ މުވާތިން’، އަހަރެންނަކީ މުވާތިނަކީމެވެ، މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ލަވަ ލިޔުއްވާފައިވަނީ ތޫނިސްގެ ޝާއިރެއް ކަމުގައިވާ މާޒިން އައްޝަރީފު އެވެ. ލަވަކިޔުއްވާފައިވަނީ ތޫނީސްގެ ފަންނާނެއްކަމުގައިވާ ލުތްފީ ބޫޝްނާގު އެވެ.

މިލަވައިގައި ބަލާލެވިފައިވަނީ ތޫނިސްގެ ސިޔާސީ މަސްރަހާއި ސިޔާސީ ވެރިންގެ މައްޗަށެވެ. ގައުމު ކުރިއެރުވުމުގެ މަސައްކަތަކާއި ހަވާލުވެ ތިއްބެވި ބޭކަލުން، އަމިއްލަ ފައިދާއަށް މަސައްކަތްކުރާކަމުގެ ވާހަކައަށް އިޝާރަތްކުރެވިފައި ވެއެވެ. އަދި، މިކަމުގެ ސަބަބުން މުޅި ގައުމުވެސް ގެއްލި ހިނގައިދާނެ ބިރުހީވެ، އެކަން ލަވައިގައި ފާހަގަ ކުރެވިފައި ވެއެވެ. އަދި، އެފަދަ ސިޔާސީ ބޭކަލުން ބޮޑެތި މަގާމުތަކާއި އެމަގާމުތަކާއި ގުޅިފައިވާ ފައިދާތައް ނެންގެވިކަމުގައިވިޔަސް، ގައުމު ވިއްކާލައި ގައުމުގެ މިނިވަންކަން ގެއްލުނަނުދިމަށް ލަވައިގައި ގޮވާލެވިފައިވެއެވެ. މިލަވަ، ދިވެހި ތަރުޖަމާއާއި އެކު ބައްލަވާލައްވަމާ ހިންގަވާށެވެ!

أنا مواطن وحاير أنتظر منكم جواب

އަހަންނަކީ މުވާތިނަކީމެވެ.

އަހަރެންވެ ވަނީ ވާނުވާއެއް ނޭނގި އޮޅުންއަރައި ކަލޭމެންގެ (ސާފު) ޖަވާބެއްގެ އިންތިޒާރުގައެވެ.

منزلي في كل شارع في كل ركن وكل باب

އަހަރެންގެ ގެ ވަނީ ކޮންމެ މަގުމައްޗަކާއި (ރަށުގެ) ކޮންމެ ކަނެއްގައާއި އަދި ކޮންމެ (ގެއެއްގެ) ދޮރުމައްޗެއްގައެވެ.

وأكتفي بصبري وصمتي

(އަހަރެން އުޅޭނެ ތަނެއް ނެތަސް) އަހަރެން ކެތްކޮށް އެއްޗެކޭ ނުބުނެ، (މިކަންކަމުން ހިތްވަރު ލިބިގަނެ) ފުއްދާލަމެވެ.

وثروتي حفنة تراب

އަހަރެންނަށް ލިބިފައިއޮތްހާވެސް މުދަލަކީ ވެލިމުށެކެވެ.

ما أخاف الفقر لكن كل خوفي من الضباب

އަހަރެންގެ ފަގީރުކަމާމެދު އަހަރެން ބިރުގަނެ ޖެހިލުމެއ ނުވަމެވެ.

ނަމަވެސް އަހަރެންގެ ހުރިހާވެސް ބިރަކީ (ރަށުތެރޭގައި ފެތުރިފައިއޮތް) ދުންފިނީގެ (ސަބަބުން ތަންދޮރު ވަކިނުވުމެވެ).

ومن غياب الوعي عنكم كم أخاف من الغياب

އަދި މިކަމުގެ ސަބަބުން ކަލޭމެންވެސް ތަންދޮރުވަކިވުމުން އެއްކިބާވެފައިވުމެވެ.

މިތަންދޮރު ވަކިނުވުމާމެދު އަހަރެން ހާދަހާވާ ބިރެއްގަނެއެވެ.

أنا آنن

އަހަރެން(ގެ ހިތުގައި އަޅާ) ވޭނަކީ (އަހަރެންގެ ޝަކުވާއަކީ) މިއެވެ

سادتي وأنتم حكمتم حكمكم حكم الصواب

އޭ މާތް ވެރިންނޭވެ! ތިޔަބޭކަލުން އެބަ ވެރިކަން ކުރައްވަމުއެވެ.

އަދި ތިޔަބޭކަލުންގެ ވެރިކަން ކުރެއްވުން ހަމަ އެންމެ ރަނގަޅެވެ.

وثورتي كانت غنيمة وافرة لحضرة جناب

އަޅުގަނޑު(މެން) ގެނައި އިންގިލާބުވީ ތިޔަބޭކަލުންނަށް ލިބިލެއްވި ބޮޑު ޣަނީމާއަކަށެވެ.

އެއީ ތިޔަމާތް ބޭކަލުންނަށް ލިބިލެއްވި ކޮންފަދަ ފުރިހަމަ ޣަނީމާއެއްތޯއެވެ.

مايهم ولا أبالي الدنيا ديسها بمداسي

(ދުނިޔެ ނުލިބިގެން) އަޅުގަނޑު ކަންބޮޑުވެ ފިކުރެއް ނުކުރަމެވެ. އަދި އެކަމާމެދު ފަރުވާލެއްވެސް ނެތެވެ.

لكن خلولي بلادي

ނަމަވެސް އަޅުގަނޑުގެ ރާއްޖެ (ވިއްކާ ނުލައްވާ) އަޅުގަނޑު އަތުގައި އޮތަ ދެއްވާށެވެ!

وكل ما قلتم على راسي

ތިޔަބޭކަލުން ވިދާޅުވި ކޮންމެ ކަމެއް، ކިޔަމަންތެރިކަމާއިއެކު އަޅުގަނޑު އަދާ ކުރާނަމެވެ.

يا هناه اللي كان مثلي ما يهمو من ومن

ހުރި އުފަލެއްގެ ބޮޑުކަމާއެވެ! އަޅުގަނޑުމެންފަދަ މީހުންނަކީ މިވެނި މީހެއް ނުވަތަ އެވެނި މީހަކާމެދު ޖެހުލުންވެ ކަންބޮޑުވާބައެއް ނޫނެވެ.

أنتم أصحاب الفخامة والزعامة وأدري لن

އޭ ލަގަބުތަކާއި އިސްމަގާމުތަކުގެ ވެރި ބޭކަލުންނޭވެ! އަޅުގަނޑަށް އެނގެއެވެ. ދުވަހެއްގާވެސް …

لن أكون في يوم منكم يشهد الله والزمن

ދުވަހެއްގާވެސް އަޅުގަނޑު ތިޔަބޭކަލުންގެތެރެއިން ހިމެނިގެން ނުދާނެއެވެ.

މިކަމަށް މާތްރަސްކަލާނގެ ހެކިވެވޮޑިގަންނަވާނެއެވެ. އަދި ޒަމާންވެސް ހެކިވާނެމެއެވެ.

أنا حلمي كلمة وحده

އަޅުގަނޑުގެ ހުވަފެނަކީ ހަމަ ދާދި ކުޑަކުޑަ ކަމެކެވެ.

ان ظل عندي وطن

އަޅުގަނޑުގެ ރާއްޖެ އަޅުގަނޑުގެ އަތުގައި އޮތުމެވެ.

لا حروب ولا خراب لا مصايب لا محن

ހަނގުރާމަތަކުންނާއި ތަންތަން ހަލާކޮށްފުނޑުފުނޑުކޮށްލުމުން (އަޅުގަނޑުގެ ރާއްޖެ) ސަލާމަތްވެ އޮތުމެވެ.

އަދި މުސީބާތްތަކުންނާއި ދަތިތަކުން (އަޅުގަނޑުމެން) ސަލާމަތްވެ ތިބުމެވެ.

خدو المناصب والمكاسب لكن خلولي الوطن

ބޮޑެތި މަގާމުތަކާއި (އެމަގާމުތަކާއި ގުޅިފައިވާ) ފައިދާތައް ތިޔަބޭކަލުން ނަންގަވައި ގެންދަވާށެވެ!

يا وطن وأنت حبيبي أنت عزي وتاج راسي

އޭ އަހަރެންގެ ވަތަނާއެވެ! ކަލާއީ އަހަރެންގެ ލޯބިވެރިޔާއެވެ!

ކަލާއީ އަހަރެންގެ (އަބުރާއި) އިއްޒަތެވެ!

ކަލާއީ އަހަރެންގެ ބޮލުގައި އަޅުވާލެވެ ތާޖެވެ!

أنت يا فخر المواطن والمناضل والسياسي

އޭ ރައްޔިތާގެ ފަޚުރުވެރި ވަތަނާއެވެ!

އަދި ގައުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ މީހާއާއި ސިޔާސީ މީހާގެ ވެސް ފަޚުރުވެރި ވަތަނާއެވެ!

أنت أجمل انت أغلى انت أعظم من الكراسي

ކަލާ މާ ރީއްޗެވެ. ކަލާ މާ އަގު ބޮޑެވެ. ކަލާ މާ މަތިވެރިއެވެ.

ހުރިހާ (ބޮޑެތި މަގާމުތަކުގެ) ގޮނޑިތަކަށްވުރެވެސް މެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.