ގިނަ ދިވެހިންގެ މަޤްބޫލުކަން ލިބިފައިވާ މެޓްރޯޖިމް އިން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްސެލް މުބާރާތް މިއަހަރުވެސް ބާއްވާ ގޮތަށް ނިންމައިފިއެވެ.
މެޓްރޯ ޖިމްއިން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މެޓްރޯ ޖިމްއިން ފުޓްސެލް މުބާރާތް ބާއްވަން ނިންމާފައިވާ ކަމަށާއި އަދި މިފަހަރުގެ މުބާރާތުގައި ކުރީ އަހަރުތަކެކޭ އެއްފަދައިން ބޮޑު އިނާމެއް މޮޅުވާ ތިން ޓީމަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
” ޗެންޕިއަން ޓީމްއަށް މިފަހަރު މިއޮތީ 7،500 ގެ ނަޤުދު ފައިސާގެ އިނާމެއް. ދެވަނަ ޓީމްއަށް 5،000 ރުފިޔާ ” މެޓްރޯ ޖިމް އިން ރާއްޖެ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.
މެޓްރޯ ޖިމްއިން އިތުރަށް ބުނެފައިވަނީ މުބާރާތުން އެއްވަނަ ދެވަނަ އަދި ތިން ވަނަ އަށް ހޮވޭ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިވާ ކަމަށާއި މިޕްރޮމޯޝަންގެ ދަށުން އެއްވަނަ ދެވަނަ އަދި ތިން ވަނައަށް ދާ ފަރާތްތަކަށް މެޓްރޯ ޖިމް މެންބަރަކަށް ވުމުން ދައްކަވަން ޖެހޭ ރުފިޔާގެ 50 އިންސައްތަ މެޓްރޯ ޖިމް އިން ދައްކާނެ ކަމަށެވެ.
“ޚާއްސަ އޮފަރ އެއް އޮންނާނެ މޮޅުވާ ތިން ޓީމްއަކަށް، މިގޮތުން އެއްވަނައަށް ހޮވޭ ޓީމްއަކަށް ހަ މަސް ދުވަހަށް މެޓްރޯ ޖިމް މެންބަރޝިޕުން މިދެނީ 50 އިންސައްތައިގެ ޑިސްކައުންޓްއެއް. ދެވަނައަށް ހޮވޭ ޓީމްއަކަށް ތިން މަސް ދުވަހު، އަދި ތިން ވަނައަށް ހޮވޭ ޓީމްއަކަށް އެއްމަސް ދުވަހު ގެ އޮފާރ އެއް މިދެނީ ” މެޓްރޯ ޖިމްގެ އޮފިޝަލަކު ވިދާޅުވެއެވެ.
ޖުމްލަ 16 ޓީމްއަކުން ވާދަކުރާ މި މުބާރާތް އޮންނާނީ މިމަހު 28 އަދި 29 ގައި ޓާފް ގުރައުންޑްގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟