“މާރމެއިޑުން އަވަލާފައިވާ އަވަށެއްގެ ހުރިހައި ކަމެއް އެފުށް މިފުށަށް ޖެހިގެންދަނީ ގޮތްނޭނގޭ އަންހެން ކުއްޖެއް ކުއްލިއަކަށް އެ އަވަށަށް ފައިދާވެ، އެތަކެއް ގެއްލުންތަކަކާއި މަރުތަކެއް ކުރިމަތިވާން ފެށުމުންނެވެ.” މިއީ އެރިކް ވޯލްޑް އަދި ޑީން ވައިޓް އުފައްދަން ފަށާފައިވާ މަރމެއިޑް ސްޓޯރީ ‘ސައިރަން’ ގެ ކުރު ޚުލާޞާ އެކެވެ. އެލެކްސް ރޯ، އެލިން ޕަވަލް، ފްލޯ އިވަންސް-އަކިންބޯލާ އާއި އިތުރު އެތައް ތަރިންނެއް ފެނިގެންދާ މި އައު ޓީވީ ސީރީޒް ގެ އެއް ސީޒަން މިހާރު ވަނީ ދައްކާ ނިމިފައެވެ.
މި ސީރީޒްގެ ދެވަނަ ސީޒަނެއް އޮންނާނެބާއޭ ހިތަށް އަރައަރައި ތިބި ފޭނުންނަށް އޮތް އުފާވެރި ޚަބަރަކީ މީގެ ދެވަނަ ސީޒަން އެއް ނެރޭނެކަމުގެ ފެހި ސިގްނަލެއް ވަނީ އެމެރިކާގެ ފްރީފޯމް ވިއުގައިން ދީފައެވެ. ދެވަނަ ސީޒަން ފައްޓާނެ ތާރީޚާއި، ތަރިން އަދި ޓްރެއިލަރ ގެ އިތުރުންވެސް އިތުރު ބައެއް މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.
މި ސީރީޒްގެ ދެވަނަ ސީޒަންގައި 16 އެޕިސޯޑް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. ސައިރަން ގެ ދެވަނަ ސީޒަނެއް އުފައްދަން ނިންމީ މި ސީރީޒްގެ ރޭޓިން ފުދޭވަރަކަށް މަތީގައި ހިފަހައްޓަމުން އަންނާތީ އެވެ. މިއީ އެމެރިކާގެ އައްސޭރިފަށުގައި އޮންނަ ބްރިސްޓޯލް ކޯވްގައި ޝޫޓްކުރަމުން އަންނަ ސީރީޒް އެކެވެ. ބުނެވޭގޮތުން އެ ސަރަހައްދަކީ މާރމެއިޑުން ހަމަ އަސްލަށްވެސް ފަންނަކަމަށް ކިޔާ ސަރަހައްދެކެވެ.
އެމެރިކާގައި މި ސީރީޒް ނެރެން ފެށީ މިއަހަރުގެ މާރިޗް މަހު 29 ގައި ‘ދަ ޑީޕް’ ގެ ނަމުގައެވެ. ދެވަނަ ސީޒަން ނެރެން ހަމަޖެހިފައިވަނީ 2019 ގައެވެ.
ސީޒަން 2 ގައި ވާނީ ކިހިނެތް؟
ސައިރަން ފެށުނީ ބީރަށްޓެހި އަންހެންކުއްޖެއް ކަމަށްވާ ރީން (އެލިން ޕަވަލް) ބްރިސްޓޯލް އަވަށަށް އަންނަ ހިސާބުންނެވެ. ރީން އަކީ ހަޤީޤަތުގައި މަރމެއިޑެކެވެ. ރީން އާއި ދިމާވަނީ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ ބެން ޕޯނަލް (އެލެކްސް ރޯ) އާއި މެޑީ ބިޝޮޕް (ފްލޯ އެވާންސް-އަކިންގްބޯލާ) އާއެވެ. ރީން ގެ ދައްތަ ހޯދުމަށް ބެން އާއި މެޑީގެ އެހީތެރިކަން ހޯދައެވެ.
މަސްވެރިންގެ ދަލެއްގައި ރީން ގެ ދައްތަ ޖެހި މަސްވެރިންގެ އަތްދަށުވެއެވެ. މަސްވެރިންގެ އަތްދަށުން ރީން ގެ ދައްތަ ގެންގޮސް މިލިޓަރީ ގައިދުޚާނާއެއްގައި ބަންދުކުރެއެވެ.
ރީން ގެ ދައްތަ ސަލާމަތްކުރުމަށް ހިނގާ ކަންތައްތަކުގެ ތެރެއިން އިންސާނުންނާއި މަރމެއިޑުންނާއި ދިމާވެ ކަންތައްތަކެއް ހިނގައެވެ.
ސީޒަން 2 ގެ ކުންނު ބިނާވެފައިވާނީ ފުރަތަމަ ސީޒަންގައި ހިނގައިދިޔަ ހާދިސާތަކުގެ ނަތީޖާއަށް ބިނާކޮށެވެ. އެހެންނަމަވެސް ސީޒަން 1 ގެ އެންމެ ފަހު އެޕިސޯޑުގައި ހިނގައިދިޔަ ކަންތައްތައް ދިގުދަންމާލައިގެންވެސް ދެވަނަ ސީޒަން ނެރެން ފަށާފާނެ ކަމަށް ބެލެވެއެވެ. އަދި އާދަޔާޚިލާފް އެތައް ކަމެއް އިތުރަށް ފެނިގެންދިއުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ސައިރަންގެ ދެވަނަ ސީޒަނުންވެސް ފެނިގެންދާނީ ހަމަ ކުރިންވެސް ފެނިގެންދިޔަ ތަރިންތަކެވެ.
ސައިރަން ސީޒަން 2 ގެ ޓްރެއިލަރ އެއް ނެރެފިތަ؟
ސައިރަން 2 ގެ ރަސްމީ ޓްރެއިލަރ އަދި ނެރެފައެއް ނުވެއެވެ. ނަމަވެސް ‘ސައިރަން’ ގެ ރަސްމީ ޓްވިޓަރ އެކައުންޓުން ވަނީ ކުރު ވީޑިއޯ ކްލިޕެއް އާއްމުކޮށް ދެވަނަ ސީޒަން ގެނެސްދޭނެކަން ހާމަކޮށްފަ އެވެ. ކުރުކުރު އެ ވީޑިއޯ އިން ފެންނަނީ ފަރެއްގެ ތެރެއިން މާރމެއިޑެއް ފަތާފައި ދާމަންޒަރާއި “ސީޒަން 2” ލިޔެލާފައިވާ ތަނެވެ. ވީޑިއޯއާއި އެކުގައި ސިރަންސީޒަން2 ހޭޝްޓެގް އާއި އެކުގައި ލިޔެލާފައިވަނީ “މާރމެއިޑް ފެނުމަކީ އަދި ހަމަ ފެށުން” ކަމަށެވެ. އަދި 2019 ގައި ފްރީފޯމް ޓީވީ އަށް ސީޒަން 2 އަންނަނީކަމަށް ލިޔެފައިވެއެވެ.
ސައިރަން ބަލަން ނުފަށާ މީހުންނަށް ބުނެލާނީ!
ސައިރަން ގެ ސީޒަން 1 ބެލި މީހެއްގެ ހައިސިއްޔަތުން ބުނެލާނީ އިނގިރޭސި ސީޒް ބެލުމަށް އަދި ޚާއްޞަކޮށް ސުޕަރނެޗުރަލް ޖޮންރާގެ ސީރީޒް ބެލުމަށް ޝައުޤުވެރިކަން ހުންނަނަމަ، މިއީ ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހޭވަރުގެ ސީރީޒް އެއް ކަމެވެ. ސީޒަން 1 ގެ ދެވަނަ އެޕިސޯޑުގެ އެންމެ މަންޒަރެއް ފިޔަވައި ހުރިހާ އެޕިސޯޑަކީ އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށްވެސް އެކަށީގެންވާ މަންޒަރުތަކެއް ހިމެނޭ ސީރީޒް އެއް ކަންވެސް ފާހަގަކޮށްލަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި