ނިމިދިޔަ ރޯދަމަހުގެ ކުރިން ޑާކްރެއިން އެންޓަޓެއިންމެންޓުން ޝޫޓިން ފަށާފައިވާ “މާމުއި” ގެ ޝޫޓިން ނިމުމުން”ނޮވެމްބަރ“ގެ ނަމުގައި ހަދާ ފިލްމެއްގެ ޝޫޓިން ފަށާނެ ކަމަށް އެ ސްޓޫޑިއޯއިން ބުނެފި އެވެ.
މޮގާ ބުނީ ޗިއްޕެ ޑައިރެކްޓް ކުރާ“ނޮވެމްބަރ“ސިނަމާ އަށް ގެންނާނީ އަންނަ އަހަރުގެ ރޯދައިގެ ފަހުން ކަމަށެވެ.
މޮގާ ގެ އަންހެނުން އައިޝަތު ފުއާދު ތަޢުފީޤް ގެ އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ “ނޮވެމްބަރު” އަކީ ވަރަށް ވެސް ރީތި އަދި ފުރިހަމަ ލޯބީގެ ފިލްމަކަށް ވާނެކަމަށް ޑާކްރެއިން އިން ބުނެއެވެ.
ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރާއި މާލޭގައެވެ. މިއީ ޑާކް ރެއިންގެ ފިލްމެއް ރާއްޖޭން ބޭރުގައި ޝޫޓް ކުރާ ފުރަތަމަ ފިލްމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
