ރ. އިނގުރައިދޫގައި މިހާރު ވަރަށް ބާރަށް ޝޫޓިން ކުރިއަށްދާ ނިޢުމާ މުޙައްމަދުގެ ވަދާއީ ފިލްމު “ނިވައިރޯޅި” ސިނަމާ އަށް ގެންނާނީ 2019 ވަނަ އަހަރު ކަމަށް ނިއުމާ ބުނެފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރ ނިޢުމާ މުޙައްމަދު ބުނީ އަހަރުގެ ފަހުކޮޅަށްދާ އިރު، ރާއްޖޭގެ މަސްރަހު އޮންނާނެ ގޮތް ތަސައްވަރު ކުރެވޭތީ، މިހާރު ބޭނުން ވަނީ ހަމަޖެހިލައިގެން، އަންނަ އަހަރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ކަމަށެވެ.

ނިއުމާ އިތުރަށް ބުނީ ފިލްުގެ ޓީޒާ ޓްރެއިލާ އެއް މިއަހަރު އޮކްޓޯބަރު މަހު ވިހީގައި ގެނެސްދޭނެ ކަމަށެވެ. 2019 ވަނަ އަހަރު ފިލްމު “ނިވައިރޯޅި” ގެނެސްދޭން ނިންމިޔަސް އަދިވަނީ ފިލްމު އަޅުވާނެ ތާރީޚެއް ނުނިންމައެވެ.

ކާާމިޔާބު ފިލމު ‘ހެޕީ ބާތު ޑޭ’ ގެ ޑައިރެިކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެޓް ކުރާ “ނިވައިރޯޅި” ގެ ޝޫޓިން އިނގުރައިދޫގައި ފެށީ މި މަހުގެ 19 ގަ އެވެ. އެރަށުގައި ނަގަނީ ފިލްމުގެ މަންޒަރުތަކުން ގޭތެރޭގައި ނަގަންޖެހޭ މަންޒަރު ތަކެވެ.

ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނީ ކިހާ ދުވަހަކުންތޯ މުނިއަވަސް އިން ސުވާލުކޮށްލުމުން ނިޢުމާ މުޙައްމަދު ނީ 25 ވަރަކަށް ދުވަހުން ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ 25 ދުވަހުން. ހުރިހާ އިންޑޯ މަންޒަރުތަކެއް އިނގުރައިދޫގައި ނަގާގޮތަށް އޮތީ. އުނގޫފާރުގައި ވެސް މަންޒަރެއް ނަގާގޮތަށް. މާލޭގައި އައުޓްޑޯ މަންޒަރުތައް،“ނިއުމާ ބުންޏެވެ.

ގިނަ ތަރިންތަކެއް ހިމެނޭ ‘ނިވައިރޯޅި’ ގެ ފައިނަލް ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

“ނިވައިރޯޅި” ގެ ޓީޒާ

“ނިވައިރޯޅި” އަކީ މޫމިން ފުއާދުގެ ސްކްރިޕްޓެއްގެ މައްޗަށް ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި ނިޢުމާ ފެންނަން ޖެހެނީ ފަލަކޮށް ހުއްޓާކަމަށް ވާތީ ނިޢުމާ ވަނީ ފިލްމަށްޓަކައި ފަލަވެފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.