މީގެ ތިރީސް އެތައް އަހަރެއް ކުރިން ރާާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ގެ ‘ދިރިއުޅުމަކީ މިއީބާ؟’ ގެެ “ޖަންގަލް ޕީޕީ ” އެޕިސޯޑްގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިޒާމު ބޭނުންކުރުމުން އެކަން އެންމެންނަށް ވީ ވަރަށް މަޖާ ކަމަކަށެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން މިއަދު މިވަނީ ޔޫސޭ ތަޢާރަފްކުރި ފަދަ ވީއޭއާރް ސިސްޓަމެއް ވޯލްކަޕްގައި ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.
ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިޒާމަށް މިއަދުވެސް ކޮންމެވެސް ބައެއްގެ ޖޯކު ޖެހުމާއި ހަޖޫޖެހުމާއި ފާޑުކިޔުން ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިންޓަނެޓް ގައި ވައިރަލް ވެފައިވާ މަޖާ ވީޑިއޯ އެއް ފާހަގަކޮށްލެވެއެވެ. މި ވީޑިއޯ އިން ފެންނަނީ ރައްޓެހިވެގެންއުޅޭ ޒުވާން ޖޯޑެއް ހިނގާފައި ދަނިކޮށް އަންހެނަކާއި ދިމާވެ ހިނގާ ހާދިސާއެކެވެ. ހާދިސާއިން ހީވަނީ އަންހެން މީހާ އަށް ފިރިހެން މީހާ ފޮށޭ (ފްލަރޓްކޮށްލާ) ކަމަށެވެ. އެވަގުތު ފިރިހެން މީހާ ކައިރީގައި ހުންނަ އަންހެން މީހާ އާއި އަނެއް އަންހެން މީހާ އާއި ދެމެދު ހޫނު ޒުވާބެއް ހިނގަން ފަށައެވެ. ދެމީހުން ޒުވާބުކުރަން ތިއްބާ ދެމީހުންގެ ދެމެދުން ތެދުވަނީ ރެފްރީއެކެވެ. ރެފްރީ ކަށިގަނޑު ފުމެލާ އަތުގެ އިޝާރާތުން ޓީވީ ސްކްރީނެއް ކުރަހާލުމަށްފަހު މަގުމަތީގައި ޓީވީ ބަލަން އިން މީހެއް ކައިރިއަށް ގޮސް ފޮށުނު މަންޒަރު އަލުން ބަލައިލައެވެ. އަދި އެ މަންޒަރުން ދޭހަވި ކަންތަކަށް ބަލާފައި ރެފްރީ ގޮސް ފިރިހެން މީހާ އަށް ރަތްކާޑު ދައްކައެވެ. އެއަށްފަހު ދެ އަންހެންކުދިންގެ އަތުގައި ހިފައިގެން ރެފްރީ ހިނގައިގަނެއެވެ.
ވީއޭއާރް ނިޒާމަށް ހަޖޫ ޖަހާފައިވާ އެހެން ވީޑިއޯއެއްވެސް ޔޫޓިބްގައި ވަނީ އާއްމުވެފައެވެ.
ވީޑިއޯ އެސިސްޓެންޓް ރެފްރީ ނުވަތަ ވީއޭއާރް އަކީ ރެފްރީން ނިންމާ ނިންމުން ތައް އަލުން މުރާޖަޢާކޮށް ބަލައި ރެފްރީގެ ނިންމުމުގެ ޞައްހަކަން ޔަޤީން ކުރުމަށް ބޭނުންކުރާ ނިޒާމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި