ރާއްޖޭގެ ކުރީގެ މަޝްހޫރު ލިޔުންތެރިޔާ އަބްދުއް ޝަކޫރު އަލީ (އާސްތާނާ ޝަކޫރު) މިއަދު އަވަހާރަވެއްޖެ އެވެ.
ޢަބްދުއް ޝަކޫރު ޢަލީ އަވަހާރަވީ އާލާސްކަންފުޅަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 79 އެވެ.
ޝަކޫރަކީ 1970 އަދި 1980ގެ އަހަރުތަކުގެ ތެރޭގައި ލިއުންތެރިއެއްގެ ގޮތުން މަޝްހޫރުވި ބޭފުޅެކެވެ. އެގޮތުން އޭރުގެ މަޝްހޫރު މަޖައްލާ “އާބާރު” ގައި ގިނަ އަދަދެއްގެ ވާހަކަ، އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާކުރެއްވި އެވެ.
ލިއުންތެރިކަމާއި ސަރުކާރުގެ ޚިދުމަތުގެ އިތުރުން ޝަކޫރަކީ ޗާޕްހާނާ ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން މަޝްހޫރު “އުއްމީދީ” ޗާޕު ޚާނާއަކީ އޭނާގެ އަމިއްލަފުޅު ޗާޕްޚާނާ އެކެވެ.
ލިއުންތެރިކަމުގެ ގޮތުން 1985 ވަނަ އަހަރު އާއްމު ހިދުމަތުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝަކޫރު ގާތްގަނޑަކަށް 200 އެއްހާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާކުރެއްވި ކަމަށްވެ އެވެ. އޭގެ ތެރެއިން ގިނަ ވާހަކަ އާންމުންނަށް ނެރެދެއްވީ “އާރު”ގެ އެކި ނަންބަރުތަކުގަ އެވެ. ގިނައިން ލިއުއްވީ ޖާސޫސީ އަދި ބިރުވެރި ވާހަކަ ނަމަވެސް އޭރު ރާއްޖެ އަށް މަޝްހޫރުވި ލޯބީގެ ބައެއް ވާހަކަތަކެއް ވެސް ތަރުޖަމާކުރެއްވި އެވެ.
ޝަކޫރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އަވަހާރަވި އިރު އޭނާގެ އަންހެން ހަތަރެއް އަދި ފިރިހެން ހަތަރު ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!