މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ވަދާޢީ ފިލްމު “ނިވައިރޯޅި” ގެ 90 ޕަސެންޓް ޝޫޓިން ނިންމާލުމަށްފަހު މިމަހުގެ 07 ވަނަ ދުވަހު ސްޓާރުންނާއި ޓެކްނިކަލް ޓީމު މާލެ އަތުވެއްޖެ އެވެ.

 

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ނިޢުމާ ބުނީ މިހާރު ފިލްމުގެ 90 އިންސައްތަ ޝޫޓިން ނިންމާލެވިފައިވާކަމަށެވެ. އަދި ޝޫޓިންގެ ކަންތައްތައް ވަރަށް ބަރާބަރަށް ދިޔަކަމަށްވެސް ނިޢުމާ ބުންޏެވެ.

 

“އާނ (ޝޫޓިން ނިންމާފަ މާލެ އައިސްފިން). 90 ޕަސެންޓް ނިމިއްޖެ މިހާރު. ޝޫޓިން ހަމަ ވަރަށް ބަރާބަރަށް ދިޔައީ.” ނިޢުމާ ބުންޏެވެ.

 

ބޮޑު ކާސްޓެއް ހިމެނޭ “ނިވައިރޯޅި” ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

 

ފިލްމުގެ ޝޫޓިންނަށް ރ. އިނގުރައިދު އަށް ދިޔައީ ޖޫން 17 ގައެވެ. ފިލްމުގެ ބޮޑުބައެއް އިނގުރައިދޫ އާއި ރ. އަތޮޅުގެ އުނގޫފާރުގައި ނެގުމަށްފަހު ދެން ހުރި ބައިތައް ނެގުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

 

ނިވައިރޯޅި” އަކީ މޫމިން ފުއާދުގެ ސްކްރިޕްޓެއްގެ މައްޗަށް ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ޑައިރެކްޓްކުރާ ފިލްމެކެވެ. “ނިވައިރޯޅި” ސިނަމާ އަށް ގެންނާނީ 2019 ވަނަ އަހަރު ކަމަށް ނިއުމާ ވަނީ ބުނެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.