ރ. އަތޮޅުގައި ޝޫޓްކުރަން ހުރި ހުރިހައި ބައިތައް ނިންމާލައި މިހާރު މާލޭގައި ޝޫޓިން ފަށާފައިވާ ނިޢުމާގެ ވަދާޢީ ފިލްމު “ނިވައިރޯޅި” އަންނަ ރިޔާސީ އިންތިޚާބްގެ ފޯރިގަނޑު ތެރޭގައި އަޅުވަން ނިންމައިފި އެވެ. ފިލްމު އަޅުވަން މިހާރު ނިންމާފައިވަނީ އޮކްޓޯބަރު 15 ގައެވެ.

 

ފިލްމްގެ ޕްރޮޑިއުސަރު އަދި ކާމިޔާބު ބަތަލާ ނިއުމާ ބުނީ ފިލްމު އެޅުވުން އަވަސްކޮށްލީ ވަރަށް ގިނަ ފޭނުން މި އަހަރު ފިލްމް އަޅުވައި ދޭން ރިކްއެސްޓް ކުރާތީ ކަމަށެވެ. ނިޢުމާ އިތުރަށް ބުނީ މިހާރު މި ކުރިމަތިވާ ރިޔާސީ އިންތިހާބު. ވަރަށް ފޯރިގަދަ ވާނެ ކަމަށާ އެހެންވެ އެ ފޯރިއާ އެކީ ފިލްމު ރިލީޒްކޮށްލާނީ އޭ ހިތަށް އެރީކަމަށެވެ. އަދި އެކަން ފައިނަލްކުރީ މުޅި ޓީމާ ވެސް ވާހަކަ ދައްކައިގެން ކަމަށްވެސް ނިޢުމާ ބުންޏެވެ.

 

މާލޭގައި ނަގަން ހުރީ ފިލްމްގެ ވަރަށް މަދު އައުޓްޑޯ މަންޒަރުތަކެއް ކަމަށާއި ލަފާ ކުރަނީ ދިހަ ދުވަހުގެ ތެރޭގައި މާލޭގެ ޝޫޓިން ވެސް އެއްކޮށް ނިންމައިލެވޭނެ ކަމަށް ނިއުމާ ބުންޏެވެ.

 

ފިލްމު ޑައިރެކްޓް ކުރަނީ މޫމިން ފުޢާދެވެ. ނިއުމާއާއެކު މި ފިލްމުގެ ކާސްޓުގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.