ރަމަޟާނު ޔާރަމަޟާން ޔާނަފްޙަތައް ރަޙްމާން

އޭ ރަމަޟާނެވެ. އޭ ރަމަޟާނެވެ. ރަޙްމާންވަންތަ ރަސްކަލާންގެ ފައިދާކުރެއްވި ފައިދާކުރެއްވުމާ އެވެ.

ރަމަޟާނު ޔާރަމަޟާން ޝަހްރުޖޫދިން ވަޣުފްރާން

އޭ ރަމަޟާނެވެ. އޭ ރަމަޟާނެވެ. ދީލަތިކަމާއި ފުއްސެވުމުގެ މައްސަރާއެވެ.

 

ކުއްލުއާމިން ޔައުތިޒާއިރު ލައިތަހޫދައުމަން ޔަތޫލް

ޒިޔާރަތްކުރާ މެހެމާނެއް ފަދައިން ކޮންމެ އަހަރަކު އަންނަ ތިމަސް، މުޅި އަހަރަށް ދެމިގެންދާނެ ނަމަ ކިހާރަނގަޅު ހެއްޔެވެ؟

ދާއިމަން ޔަހްމިލްބަޝާއިރް ކުއްލުނާޔަރުޖުލް ޤަބޫލް

އަބަދުވެސް ތި މައްސަރު އަންނަނީ އުފާވެރިކަމުގެ ޚަބަރުތަކާއިގެންނެވެ. އަދި އަހަރެމެން އެންމެންގެ އަޅުކަންތައް ޤަބޫލުވުމުގެ ހެޔޮ ޚަބަރާއިގެންނެވެ.

 

އަންތަފީކަލްޚައިރު ޟަޢާފަން ފީކަތާހްޤީޤުލް އަމާނީ

ތިއީ ހެޔޮކަންތައްތައް ގިނަގުނަވެގެންވާ މައްސަރެވެ. އަދި ތިއީ އުއްމީދުތައް ފުރިހަމަވާ މައްސަރެވެ.

ނަސްއަލުލްމައުލާ ޤަބޫލަން ޔާއިލާޙީ ޔާރަޖާއީ

އޭ އިލާހެވެ. އެރަޖާއެވެ. (ހެޔޮކަންކަމުގާ އުއްމީދުކުރެވޭ ފަރާތެވެ.) އަޅަމެންގެ އަޅުކަންތައް ޤާބޫލުކުރައްވާނދޭވެ.

ރަމަޟާން ރަމަޟާން

ރަމަޟާން ރަމަޟާން

 

ރަމަޟާނޫ އަހްލަލް އަހްލަލް ރަމަޟާނޫ ސައުމިކަ ސަހުލަން

މަރުޙަބާ މަރުޙަބާ ރަމަޟާން ތި މައްސަރުގައި ރޯދަހިފުން ފަސޭހަވެގެން ވެއެވެ.

ރަމަޟާނޫ އައްވަލް ޝަހުރަން ރަމަޟާނޫ ޔާރަމަޟާން

ރަމަޟާން ތިއީ އެއްމެ މާތް މައްސަރެވެ. ރަމަޟާން އޭ ރަމަޟާން

ޔާރައްބީ ލީ އަހްބާބް އުރުޒުޤްހުމުލް ޖަންނާތު

ޔާ ރައްބު، މިއަޅާގެ އަހުލުންކުރެ މަރުވެ ގޮސްފައިވާ ފަރާތްތަކުގެ ފާފަ ފުއްސަވާނދޭވެ.

ޢަބްދަން ވަޤަފާ ބިލްބާބި ޔަދައޫކާ ފަޤްބަލްނާ

(އިލާހީ) ދޮރުމަތީގާ ހުއްޓިހުރެ މިއަޅާ ދުޢާ މިދަންނަވަނީ އެވެ. އަޅަމެންގެ ކިބައިން ޤަބޫލުކުރައްވާނދޭވެ.

ރަމަޟާން ރަމަޟާން

ރަމަޟާން ރަމަޟާން

 

ރަމަޟާން މަހަށް މަރުޙަބާ!

 

ރަމަޟާން!

ރަމަޟާނު އޭ ރަމަޟާން          އާދޭ އުފަލުން ރަޙްމާން

ރަމަޟާނު އޭ ރަމަޟާން          ފާފައިން ހުސްކޮށްދީ ޣުފްރާން

 

އަހަރެއް ނުދެޔޭ ނުވެ ބައްދަލު      އެދެވޭ އަބަދަށް ވާން ބައްދަލު

އަބަދަށް އަޅުކަމުގައި ހިތްވަރު       ދަންވަރު ނުނިދޭ ހަމަ ކަށަވަރު

 

ތި އައީ ހުރިހައި ހެވަކައިގެން      އެކުގައިވެ އަމާން އުފުލައިގެން

އެދެމޭ ވެ ޤަބޫލް ކުރި އަޅުކަން     އިލާހީ ދެއްވާނދެ ހެޔޮކަން

ރަމަޟާން      ރަމަޟާން      ރަމަޟާން      ރަމަޟާން

 

ހުރަހެއް ނުވެޔޭ ރޯދަ ހިފަން       ބުރަޔެއް ނޫނޭ ރޭއަޅުކަން

ދުރުކޮށް ދެއްވާ ވަސްވާހުން       ރޯއްޖާ ބަރަކާތް ލިބިދޭތީ

ހުރަހެއް ނުވެޔޭ ރޯދަ ހިފަން       ބުރަޔެއް ނޫނޭ ރޭއަޅުކަން

ދުރުކޮށް ދެއްވާ ވަސްވާހުން        ރޯއްޖާ ބަރަކާތް ލިބިދޭތީ

ރަމަޟާން      ރަމަޟާން      ރަމަޟާން      ރަމަޟާން

 

ވެވިފައިވީ ސިއްރު ރެޔެއްވޭ        އެއްހާސް މައްސަރު ހެޔޮކަންވޭ

ހޯދާން ކެރިގެން އުޅެމާހޭ         ފަހުދިހަޔަށް ރައްކައުތެރިވޭ

 

އޭރުން ގައިމު ނުގެެެއްލޭނޭ         ދިނިދާހެން ހޫނާ ނަރަކައިން

ރުހުމާއެކު އަބަދުގެ އަބަދަށް        ދެއްވާނދޭ މިއަޅާ އަށް ޖަންނާ

އޭރުން ގައިމު ނުގެެެއްލޭނޭ        ދިނިދާހެން ހޫނާ ނަރަކައިން

ރުހުމާއެކު އަބަދުގެ އަބަދަށް        ދެއްވާނދޭ މިއަޅާ އަށް ޖަންނާ

ރަމަޟާން      ރަމަޟާން      ރަމަޟާން      ރަމަޟާން

 

 

ނޯޓް: މި މަދަހަ ރާގަށް ކިޔުމުގައި ވިސްނައިގެން ކިޔޭނެއެވެ. ރާގަށް ފެއްތުމަށް ބައެއް އަކުރަށް ދަމައިލައި، އިތުރު އަކުރެއް ގެނައުން މައްސަލައެއް ނެތެވެ.

 

 

ޢަރަބި މަދަހައިގެ ދިވެހި ތަރުޖަމާ: މުޙައްމަދު މަޢޫން ޝަރީފް – ލ. ފޮނަދޫ

ޢަރަބި މަދަހައިގެ ރާގަށް ދިވެހި މަދަހަ ހެއްދެވީ – މުޙައްމަދު ޙުސައިން ޅ. ނައިފަރު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.