އެންމެ މޮޅު ޑްރާމާ އަށް ހޮވިފައިވަނީ ‘ދަތުރު’ އެމްޑަބަލިއުއެސްސީ- އެވޯޯޑް އާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ އިރްތިޝާމް އާދަމް

 

އެންމެ މޮޅު ޑައިރެކްޓަރަށް ހޮވިފައިވަނީ ޝާމިން ނިޒާމް ‘ދަތުރު’ އެމްޑަބަލިއުއެސްސީ – އެވޯޑް ހަވާލުކޮށްދެނީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް

 

އެންމެ މޮޅު ފިރިހެން އެކްޓަރ އަށް ހޮވިފައިވަނީ މުހައްމަދު ޔުނާން ‘ދަތުރު’، އެމްޑަބަލިޔުއެސްސީ- އެވޯޑް ހަވާލުކޮށްދެނީ މަޝްހޫރު ފިލްމީ ބަޠަލާ ނިޢުމާ މުޙައްމަދު

އެންމެ މޮޅު އަންހެން އެކްޓްރެސް އަށް ހޮވިފައިވަނީ އާމިނަތު ޖުލީޝާ – ފެނަކަ ކޯޕަރޭޝަން، – އެވޯޑް ހަވާލުކޮށްދެއްވަނީ މުޙައްމަދު ފާރިޝް ޠާހާ އެންސީއޭ ހިންގުމާ ހަވާލުވެ ހުންނެވި

 

އަންނަ އަހަރުން ފެށިގެން އެންސީއޭ ޑްރާމާ މުބާރާތުގައި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވެވޭނެ

 

1006: މިހާރު ކުރިއަށްދަނީ އެމްޕީއެލް އިން ގެނެސްދޭ މުނިފޫހިފިލުވުމުގެ އައިޓަމެއް. ހުށައަޅައިދެނީ ލަވަސެޓެއް

 

ބެސްޓް ނިއުކަމަރ ފިރިހެން ތަރި އަށް ހޮވިފައިވަނީ ސިމާހް އަޙްމަދު ‘އިހާނާތް’ އެމްއޭސީއެލް – އެވޯޑް ހަވާލުކޮށްދެއްވަނީ ބޮޑުފެންވަޅުގޭ މުޙައްމަދު މުޞްތަފާ ޙުސައިން

ސިމާހް ކުޅުނީ ބަންގްލަދޭޝް ރައްޔިތެއްގެ ރޯލް

ބެސްޓް ނިއުކަމަރ އަންހެން ތަރި އަށް ހޮވިފައިވަނީ ފާތިމަތު އިޙްސާނާ އަޙްމަދު އެވޯޑް ހަވާލުކޮށްދެއްވަނީ ބޮޑުފެންވަޅުގޭ މުޙައްމަދު މުޞްތަފާ ޙުސައިން

 

ބެސްޓް ފިރިހެން ސަޕޯޓިންގ އެކްޓަރ އަށް ހޮވިފައިވަނީ ޢަބްދުﷲ މާހިރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

 

ބެސްޓް އަންހެން ސަޕޯޓިންގ އެކްޓަރ އަށް ހޮވިފައިވަނީ އާމިނަތު ރައުލާ. ޓްރޮފީ ހަވާލުކޮށްދެނީ ޙުސައިން ޞަބާޙް

 

ޑްރާމާ މުބާރާތުގެ ފެންވަރު ރަގަޅުކުރުމަށް ކުރިޔަށް އޮތްތަނުގައި ތަމްރީނު ޕްރޮގްރާމް ހިންގާނެ ކަމަށް އެންސީއޭ އިން ވަނީ ބުނެފައި

 

2143: މިހާރު ކުރިޔަށް ދަނީ މުނިފޫހިފިލުވުމުގެ އައިޓަމެއް. މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) ހުށައަޅައިދޭ ލަވައަށް ޑްރެމެޓައިޒް ނެށުމެއް ހުށައަޅައިދެނީ ޒުވާން ފިރިހެން ގްރޫޕެއް

 

ބެސްޓް ސްކްރީން ޕްލޭ އެވޯޑް ހާސިލްކުރީ ޝާމިން ނިޒާމް ‘ދަތުރު’ އެމްޑަބަލިޔުއެސްސީ – އެވޯޑް ހަވާލުކޮށްދެނީ އަލްފާޟިލް އަސްލަމް ރަޝީދު

ވީވަރސް ޗޮއިސް ބެސްޓް ފިރިހެން އެކްޓަރ – ނަސްރުﷲ އަޙްމަދު ވެމްކޯ (ކަނި ޑްރާމާ) – އިއުލާނުކޮށް ޓްރޮފީ ހަވާލުކޮށްދިނީ ޔޫސުފް ޝަފިޢު (ޔޫއްޕެ)

މި ޑްރާމާ ޑައިރެކްޓް ކުރީ އަޙްމަދު ސަޢީދު

 

ހަފްލާ ޕްރެސެންޓް ކޮށްދެނީ ޕީއެސްއެމް ގެ ޒިޔާ އަދި މިޒޫ

 

ވީވަރސް ޗޮއިސް ބެސްޓް ޑްރާމާ އަށް ހޮވިފައިވަނީ ވެމްކޯ ގެ ‘ކަނި’

 

ވީވަރސް ޗޮއިސް ބެސްޓް ޑްރާމާ އަށް ހޮވިފައިވާ ޑްރާމާ އިއުލާނުކޮށް އެވޯޑް ހަވާލުކޮށްދެއްވީ ރޯނު ހަސަން މަނިކް

 

ބެސްޓް ސިނެމޮޓޮގްރާފަރ އަށް ހޮވިފައިވަނީ ޝާމިން ނިޒާމް އެމްޑަބަލިޔުއެސްސީ – އެވޯޑް ހަވާލުކޮށްދިނީ ދަރާ މުޙަމަދު ރަޝީދު.

 

ބެސްޓް އެޑިޓަރ އަށް ހޮވިފައިވަނީ ޝާމިން ނިޒާމް – ‘ދަތުރު’ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް – އެވޯޑް ހަވާލުކޮށްދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.