ފާތިމަތު ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓަރު ކުރި ނަހުލާ ގެ ފުރަތަމަ ބިރުވެރި ފިލްމު “4426” (ފޯފޯޓޫސިކްސް) އަނެއްކާވެސް އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުވެއްޖެ އެވެ.
ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ބިރުވެރި ފިލްމް “4426” ދައްކާނީ އަންނަ މަހުގެ 02 އޯގަސްޓް ގައެވެ. މި ޝޯގެ ޓިކެޓް މި ފިލްމުގެ ފޭސްބްކް ޕޭޖުން އޮންލައިންކޮށް ބުކްކުރެވޭނެ ކަމަށް ނަހުލާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެއެވެ. ނަހޫގެ ފިލްމުތައް ބެލުމަށް ބެލުންތެރިން އަބަދުވެސް އެދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން މިއީ މި ފިލްމު އޮލިމްޕަހަށް ގެންނަ ތިންވަނަ ފަހަރެވެ.
ފާތުމަތު ނަހުލާ ލިޔެފައިވާ ފިލްމު 4426 އަކީ މޮޅު އަދި ކާމިޔާ ބިރުވެރި ފިލްމެވެ. 4426 ގެ ތަރިންނަށް ބަލާއިރު، ޔޫސުފް ޝަފިީއު (ޔޫއްޕެ)، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އަހުމަދު ޒިޔާ، ޖިމީ އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.
ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ކްރިސްޓަލް އެންޓަޓެއިންމަންޓުން ނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!