ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކޮށް ސިނަމާކޮށް ކާމިޔާބު ޝޯ ތަކެއް ދައްކާފައިވާ ލޯބީގެ ފިލްމް “ބޮސް” އަނެއްކާވެސް އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުވެއްޖެ އެވެ.

 

ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ކުޑަދަށުން ނެރެފައިވާ “ބޮސް” ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 03 ގައެވެ. މި ޝޯގެ ޓިކެޓް މި ފިލްމުގެ ފޭސްބްކް ޕޭޖުން އޮންލައިންކޮށް ބުކްކުރެވޭނެ ކަމަށް ނަހުލާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެއެވެ.

 

“ބޮސް” ގެ ލީޑް ރޯލުން ފެނިގެން ދަނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ މުހައްމަދު ޔުނާން އާއެކު، މަޝްހޫރު އަދި މޮޅު ބަޠަލާ މަރިޔަމް އައްޒަ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ހިމެނެ އެވެ. މުހައްމަދު ޔުނާން ވަނީ މިއަހަރުގެ އޮފީސް ޑްރާމާ މުބާރާތުން އެންމެ މޮޅު ފިރިހެން ބަޠަލްގެ މަޤާމުވެސް ހޯދާފައެވެ.

 

މީގެ ކުރިން 2 ފަހަރެއްގެ މަތިން މި ފިލްމުގެ ކާމިޔާބު ޝޯ ތަކެއް އޮލިމްޕަހުގައި ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.

 

ބޮސް އަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ރަނގަޅު ޢިބްރަތެއް މުޖުތަމަޢަށް ލިބިގެންދިޔަ ފިލްމެކެވެ.

 

ނަހުލާގެ ކާމިޔާބު ބިރުވެރި ފިލްމު “4426” ވެސް އޮގަސްޓް 2 ގައި ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.