ރީތި، ޢިބްރަތްތެރި އަދި މޮޅު ފިލްމެއް ބަލައިލަން ބޭނުންނަމަ “ސަންޖޫ” އަކީ ކޮންމެހެންވެސް ބަލައިލަން ރަނގަޅު ފިލްމެކެވެ. ‘ސަންޖޫ’ އަކީ ސަންދޭ ދަތުގެ ޙަޔާތުނާމާއެކެވެ. އެގޮތުން މި ފިލްމުން ސަންޖޫގެ ޙަޔާތުގައި ކުރިމަތިވި ހުރިހައި މުހިންމު ހާދިސާ ތަކަކެއް ގެނެސްދީފައި ވެއެވެ. މި ފިލްމު ބަލައި ނިމުމުން އަހަންނަށް ކުރެވުނީ ވަރަށް ފުން އިޙްސާސް ތަކެކެވެ. އެހެންކަމުން ފިލްމުގެ ރިވިއުއެއް ކުުރުކޮށް ފޮނިކޮށް ގެނެސްދޭނަމެވެ.
ކާސްޓް: ރަންބީރު ކަޕޫރު، ވިކީ ކައުޝަލް، ޕަރޭޝް ރާވަލް. މަނީޝާ ކޮއިރަލާ، ދިއާ މިރްޒާ، ބޮމަން އިރާނީ، އަނުޝްކާ ޝަރްމާ އަދި ސޯނަމް ކަޕޫރް.
ޑައިރެކްޓަރ: ރާޖުކުމާރް ހިރާނީ
“ސަންޖޫ” މި ފިލްމަކީ ވަރަސް ގިނަ ކަންތައްތައް ދަސްކޮށްލަން ލިބޭ ފިލްމެއްކަމުން އެއިން ބައެއް ކަންކަމަށްވެސް މިތާނގައި ބަލައިލާނަމެވެ.
* ގޯސް އުޅުމަކުން ރަނގަޅު ވާހަކައެއް ވެސް ނެރެވިދާނެ އެވެ. ނަމަވެސް އެއީކީ ކޮންމެ ކޮންމެ ފަހަރަކު ލިބޭނެ ފުރުޞަތެއް ނޫންކަމުން އަހަރެމެން އުޅެން ޖެހޭނީ ރަނގަޅު ގޮތުގައެވެ.
* އާދައިގެ މީހަކަށް ވުން އެއީކީ މައްސަލައެއް ނޫނެވެ.
* ދަރިންނަށްޓަކައި މައިންބަފައިން ކޮށްދޭ ކަންކަމުގެ އަގުވަޒަން ކުރުމަށް ބުނެލާ ކޮންމެ ބަހަކީވެސް މައިންބަފައިން އެކޮށްދޭ ކަންތައްތަކާއި އަޅައި ބާލާއިރު ވަރަށް ކުޑަމިންވަރެކެވެ.
“ސަންޖޫ” އަކީ ހަމައެކަނި ސަންޖޭ ދަތު ގެ ޙަޔާތް ދައްކައިދޭ ފިލްމެއް ނޫނެވެ. މި ފިލްމުން ސަންޖޭ ގެ ބައްޕަ ސުނިލް ދަތު ގެ ޙަޔާތާއި މަންމަ ނަރްގިސް ބަޓް ގެ ޙަޔާތްވެސް ދައްކަުވައިދެއެވެ. “ސަންޖޫ” އަކީ ހަމަ ކޮންމެ އުމުރުފުރާއެއްގެ މީހަކުވެސް ބަލައިލަން ޖެހޭފަދަ ފިލްމެކެވެ. މިއީ ބައްޕަ އަކާއި ދަރިއެއްގެ ދެމެދުގައި އޮންނަންޖެހޭ ފުރިހަމަ ގުޅުން ދައްކުވައިދޭ ފިލްމެކެވެ. މިއީ ރަންބީރު ކަޕޫރް ގެ ފޭނުން ހަމަ ކޮންމެހެންވެސް ބަލަންޖެހޭ ވަރުގެ ފިލްމެކެވެ. މިއީ ސަންޖޭ ދަތު ގެ ފޭނުން ވެސް ބަލަން ޖެހޭ ފިލްމެކެވެ. މިއީ މަސްތުވާ ތަކެއްޗަށް ދެވިހިފައިފާވާ މީހުންނާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ރާބުއިމަށް އާދަވެ އެކަމުން ދުރު ނުވެވިފައިވާ މީހުން ޢިބްރަތް ޙާޞިލްކޮށް އެކަންކަން ހުއްޓުމަށް ބާރު އަޅައިދޭނެ ފިލްމެކެވެ. “ސަންޖޫ” އަކީ މީހުން މޯޓިވޭޓް ކުރާ ޒާތުގެ ފިލްމެކެވެ.
ފިލްމުން ފާހަގަ ކޮށްލެވޭ ބައެއް އާދަޔާޚިލާފް ކަންކަމަށް ވެސް ބަލައިލާނަމެވެ.
ފިލްމުގެ އެންމެ ފައްކާ ބަޔަކީ: އެއް މިންވަރެއްގައި މަޖާ ކަންތަކާއި މަޖާ ޑައިލޮގުތައް ހިމެނިފައި ވުން
އެންމެ އާދަޔޚިލާފް ކަމަކީ: ސަންޖޫ ގެ ރޯލު ރަންބީރު ކަޕޫރް އަދާކޮށްފައިވާ ލެތް ފުރިހަމަ ކަމެވެ. ލަފުޒުން ބަޔާން ކުރަންވެސް ދައްޗެވެ.
އެންމެ ސަޅީ: ވިކީ ކޯޝަލް އާއި ޕަރޭޝް ރާވަލް ކުޅެފައިވާ ރޯލެވެ.
އެންމެ ކަމުދާ މަންޒަރު: އެފަދަ މަންޒަރުތައް ބައިވަރެވެ. އެގޮތުން ސަންޖޫ ގެ ބެސްޓް ފްރެންޑު ސަންޖޫގެ ހާލަށް ކެތްނުކުރެވިގެން ސަންޖޫގެ ބައްޕަ ސުނިލް ދަތު ކައިރިއަށް ގޮސް އެ ދައްކާ ވާހަކަތައް ވަރަށް ވެސް އަސަރުގަދައެވެ.
އެންމެ ކަމުދާ ލަވަ: “ކަރް ހަރް މައިދާން ފަތޭހް” – ސްކްވިންދަރް ސިންގހް އާއި ޝްރަޔާ ގޯޝަލް ކިޔާފައިވާ ލަވަ.
އެންމެ ކަމުދާ ޑައިލޮގު: “މޭރާ ބޭޓާ ކޮއީ ގުޒްރާ ހުވާ ވަގުތު ނަހީ ޖޯ ލޯޓް ކެ ވާޕަސް ނެހީ އާ ސަކްތާ”. (އަހަރެންގެ ދަރިފުޅަކީ އަލުން އަނބުރާ ނާދެވޭކަށް، ފާއިތުވެ ގޮސްފައިވާ ވަގުތެއް ނޫނެވެ.
ބަލަން ޖެހެނީ ކީއްވެ؟: މިއީ ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހޭ ޢިބްރަތްތެރި ފިލްމެކެވެ. މިއީ އޭގެ ދެވަނައެއް ނެތްފަދަ މާސްޓާރޕީސްއެކެވެ. ތަފާތު މޮޅު ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!