ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލަރޓް ނެރެފައިވަނީ ހުވަދޫ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

 

މެޓް އޮފީހުން މިއަދު 0950 ގައި ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު މިއަދު 1015 ން 1500 އާއި ދެމެދުގެ ވަގުތުތަކުގައި ހުވަދޫ އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

 

މިއަދު 10:00 ންް މާދަމާ ހެނދުނު 10:00 އަށް ލަފާކޮށް މެޓުން ނެރެފައިވާ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާލާއިރު:

ދެކުނާއި މެދުތެރޭ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވޭ. އަދި މެންދުރުފަހުން އުތުރުގެ ބައެއްރަށްތަކަށް ކެރީގެއަސަރުފޯރާނޭ ކަމަށްވެސް ލަފާކުރެވޭ.

 

ދެކުނު އަތޮޅުތަކަށްހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ.

 

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. އެހެންހިސާބުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ.

 

އަދި ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެއަސަރުކުރުމަކީވެސް އެކަށީގެންވާކަމެއް.

 

ދިޔަވަރު ބޮޑުވާގަޑިތައް

އުތުރު 10:51

މެދުތެރެ 11:32

ދެކުނު 12:10

ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވަން.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.