ރާއްޖޭގައި ހުންނަ އިންޑިޔަން އެންބަސީ އާއި ދަރާ ޕްރޮޑަކްޝަން ގުޅިގެން ދިވެހީންނަށް އެކްޓްކުރަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

 

މިއީ މިއީ ‘ދަރާ ޕްރޮޑަކްޝަން” އިން ޝަޢުޤުވެރިކަން ފާޅުކޮށް އެ ޕްރޮޑަކްޝަން ހައުސް އިން އިސްނަގައިގެން ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް (ފެއިމް) އަދި އިންޑިއަން ކަޕްޗްރަލް ސެންޓަރ (އައިސީސީ) އާއި ގުޅިގެން ބޭސިކް އެކްޓިންގ އެންޑް ޕްރެޒެންޓޭޝަން ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ.

 

އައިސީސީގެ ޑިރެކްޓަރ މުޙައްމަދު ޚާލިގު ވިދާޅުވީ، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ހިންގާ މިކޯސް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އޯގަސްޓް 24 ން އޮކްޓޯބަރ 22 އަށް ކަމަށެވެ.

 

ދެމަސް ދުވަހުގެ މުއްދަތަށް މއ. ވިޔަވަތީގައި ހުންނަ، އިންޑިއަން އެމްބަސީގެ ދަށުން ހިންގާ އިންޑިއަން ކަޕްޗަރަލް ސެންޓަރުގައި ކުރިއަށް ގެންދާ މި ކޯހުގައި ތަމްރީނު ދެއްވާނީ، އިންޑިއާގެ، ކަމާގުޅޭ ދާއިރާއިން ތަމްރީނު ލިބިފައި ތިބި ތަޖްރިބާކާރު ފަންނުވެރީން ކަމަށް ޚާލިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ކޯހާ ގުޅޭ އިތުރު މައުލޫމާތު، މިރޭގެ ވަގުތެއްގައި މީޑިއާއަށް ހާމަކުރައްވާނޭ ކަމަށެވެ.

ދަރާ ޕްރޮޑަކްޝަން އާއި އިންޑިޔާގެ ސެންސޭޝަނަލް މީޑިއާ ގުޅިގެން ވީޑިއޯ ލަވަ އަލްބަމެއް އަންނަނީ އުފައްދަމުން

އެކްޓިން ކޯހާއި ގުޅޭގޮތުން ދަރާ ޕްރަޑަކްޝަން އިން މުޙައްމަދު ރަޝީދު (ދަރާ) ބުނީ ކޯހުގެ މަޢުލޫމާތު ދިނުމާއި ކޯސް ލޯންޗްކުރުން އޮންނާނީ މިރޭ 08:30 ގައި މީޑިއާ ތަކަށް ދަޢުވަތު ދީގެން ޕްރެސް ކޮންފަރެންސެއްގެ ގޮތުގައި ކަމަށެވެ.

 

އިންޑިއާ އެމްބަސީންގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާ ފެއިމްއާއި އައިސީސީ ގުޅިގެން މިހާރުވެސް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވާން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ހަމަ އެހެންމެ ދަރާ ޕްރޮޑަކްޝަން އިން ދާދިފަހުން ވަނީ އިންޑިޔާގެ ފިލްމު އުފައްދާ ޕްރޮޑަކްޝަން ހައުސް އަކާއިއެކު ރާއްޖޭގައި ފިލްމީދާއިރާ އާއި ގުޅުންހުރި މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދާދިފަހުން ވަނީ ރާއްޖޭގައި ޝޫޓްކޮށްފައިވާ ހިންދީ ލަވައެއްވެސް ރިލީޒް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.