“ކަސައުޓީ ޒިންދަކީ ކީ” އަކީ ދެބަސް ވެވެން ނެތްފަދައިން އިނޑިޔާގެ ޓީވީ ސިލްސިލާ ފިލްމުތަކުގެ ތާރީޚްގައި އެންމެ މަޝްހޫރު އެއް ސިލްސިލާ އެވެ. އެހެންކަމުން “ކަސައުޓީ ޒިންދަކީ ކީ 2” ފަށަން ވަގުތު ކުޑަތަންވަމުން އަންނައިރު ބޮލީވުޑެކޭ އެއްވަރަށް ދިވެހިންގެ ތެރެއިންވެސް މި ސީރީޒް ބެލުމަށް ކެތްމަދުވެފައި ތިބި މީހުން ނިސްބަތުން ވަކިން މަދެއް ނުވާނެއެވެ. ފިލްމުގެ ތަރިންނަކީ ކޮންބައެއްކަން އަދިވެސް ރަސްމީ ސިފައެއްގައި ޕްރޮޑިއުސަރުން ނުވަތަ ސީރީޒް ދައްކާ ޗެނަލް ‘ސްޓަރ ޕްލަސް’ އިންވެސް ހާމައެއް ނުކުރެއެވެ.

 

އެހެންނަމަވެސް “ކަސައުޓީ ޒިންދަކީ ކީ 2” އަންނަ މަހު 10 ގައި ދައްކަން ފަށާނެކަން މިހާރުމިވަނީ ހާމަވެފައެވެ. އެހެންކަމުން މި ސީރީޒްގެ ބައެއް މުހިންމު ކަންތައްތަކަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

 

ކޮންސެޕްޓް:

“ކަސައުޓީ ޒިންދަކީ ކީ 2” ގެ ކޮންސެޕްޓް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް ނުސީދާ ރިޕޯޓްތައް ބުނާގޮތުން މިއީވެސް ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެކެވެ. ޓްވިސްޓްތައް ގިނަވާނެ ސީރީޒް އެކެވެ.

 

ސްޓަރ ކާސްޓް:

* އެރިކާ ފަރނާންޑެސް (ޕްރޭނާ ގެ ރޯލުން)

* ޕާތު ސަމްތާން (އަނޫރާގް ގެ ރޯލުން)

* މަދޫރިމާ ތުލީ (ކޮމޯލިކާ ގެ ރޯލުން)

* ޝަރަދް މަލްހޯތުރާ (މިސްޓަރ ބަޖާޖް ގެ ރޯލުން)

 

ޓައިމިންގ ގެ ތަފްޞީލްތައް:

* ސީރިއަލްގެ ނަން: ކަސައުޓީ ޒިންދަކީ ކީ

* ދައްކާ ޗެނަލް: ސްޓަރ ޕްލަސް

* ދައްކާ ގަޑި: އިންޑިޔާ ގަޑިން ރޭގަނޑު 08:00

* ޖޯންރާ: ޢާއިލީ ދިރިއުޅުން ދައްކައިދޭ ޑްރާމާ

* ބަސް: ހިންދީ

* ދައްކަން ފަށާ ތާރީޚް: 10 ސެޕްޓެމްބަރު 2018

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.