މޯލްޑިވިއަން އައިޑޮލްގެ ފަޚުރުވެރި ދެވަނަ ހޯދުމަށްފަހު މިއުޒިކްގެ ދާއިރާގައި ފިޔަޖަހަމުން އަންނަ ޝަލަބީ އިބްރާހިމް އަކީ އަންނަ އަޟްޙާ ޢީދު ޝޯ ތަކުގައި އެންމެ ބިޒީކޮށް އެންމެ ގިނަ ރަށްރަށުގައި ޝޯ ތައް ދޭނެ އެއް ފަންނާނަށް ވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. މިކަން ޝަލަބީ ގެ ޢީދު ޝެޑިއުލް އަށް ބަލައިލުމުން ވަރަށް ރަނގަޅަށް އެނގެ އެވެ.

 

ވަރަށް ގިނަ ރަށްތަކަކަށް ދާން ޝަލަބީ އަށް ރިކުއެސްޓް ލިބިފައި ވާއިރު އިތުރަށްވެސް ލިބެމުން އަންނަކަން ވަނީ އެނގިފައެވެ. ޝަލަބީ ބުނީ 16 ރަށަކުން މިހާތަނަށް ރިކުއެސްޓް ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް އެ ހުރިހައި ރަށްތައް ފައިނަލް ކޮށްފައެއް ނުވެއެވެ.

 

ޝަލަބީ ރަށްތައް ފައިނަލް ކުރާއިރު ބޮޑަށް ބަލަނީ ކުރިން ނުދާ ރަށްތަކަށް ދިޔުމަށް ކަމަށެވެ. މިފަހަރުގެ ޢީދުގައި ވެސް ޝަލަބީގެ ޓީމާއެކު އިތުރު އާޓިސްޓުން ތަކެއް ރަށް ރަށަށް ދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ އާޓިސްޓުންނަކީ ކޮބައިކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

 

ރަށްރަށަށް ޝަލަބީ ގެންދަން ބޭނުން ފަރާތްތަކަށް އަދިވެސް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. އެގޮތުން ޝަލަބީގެ ރަސްމީ ފޭސްބްކް ޕޭޖަށް މެސެޖް ކުރުމުން ރަށްތަކަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ ކަންތައްތައް ޝަލަބީގެ ޓީމުން ކުރާނެ އެވެ.

 

އެދޭ ހުރިހައި ރަށްތަކަށް ނުދެވޭތީ ޝަލަބީ އެކަމާ ވަރަށް ދެރަވާކަމަށް ބުނެއެވެ. އެހެން ނަމަވެސް މިފަހަރު ޢީދު ބަންދު ތަންކޮޅެއް ދިގުލައިގެން ދާތީ ގިނަ ރަށްތަކަކަށް ދިއުމަށް ފުރުޞަތު ބޮޑުވާނެކަމަށް ބެލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.