ކޭބޯލާ” އޭ ބުނުމުން ހައްދުންމަތީގެ ހަފޮޅުން ބޭރުގެ ފަރާތްތަކަށް ކޮންމެވެސް ވަރަކަށް ބީރައްޓެހި ނަމަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް ހައްދުންމަތީގެ އެތެރެ ދުންޏަށް ނިސްބަތްވާ ރަށްރަށުގެ ކުދިބޮޑު އެންމެންނަށް “ކޭބޯލާ” އަކީ ބީރައްޓެހި ނަމެއް ނޫނެވެ. “ކޭބޯލާ” އަކީ ހައްދުންމަތީ ގައި އޮތް އެންމެ ވަރުގަދަ ބޮޑުބެރު ގްރޫޕް ކަމާމެދު ދެބަސް ވެވޭކަށް ނެތެވެ. އެކަން މި އަހަރުގެ އަޟްޙާ ޢީދުގައި “ކޭބޯލާ” އިން ދޭން ހުރި ޝޯ ތަކަށް ބަލައިލުމުންވެސް އެނގެއެވެ.

 

ކޭބޯލާ ބޮޑުބެރު ގްރޫޕް” ގެ އަޟްޙާ ޢީދު ޝޯތަކާ ބެހޭގޮތުން މަޢުލޫމާތު ދެމުން އެ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އުސްމާން ޢަބްދުﷲ (އުއްސޭ) ބުނީ މި ޢީދަކީ އެ ގްރޫޕަށް ވަރަށް ބިޒީ ޢީދެއް ކަމަށެވެ.

ކޭބޯލާ ބޮޑުބެރު ގްރޫޕްގެ މެންބަރުން – ފޮޓޯ: ކޭބޯލާ

“ފުރަތަމަ ޢީދު ދުވަހުގެ ރޭ (މިރޭ) ޝޯ އޮތީ ލ. ހިތަދޫގަ. ތިންވަނަ ޢީދު ދުވަހުގެ ރޭ ލ. ގަމު މަތިމަރަދޫ އަވަށުގަ. ހަތަރުވަނަ ޢީދު ދުވަހުގެ ރޭ ލ. ފޮނަދޫ ކުރިގަމު އަވަށުގަ.” ޢީދު ޝޯތަކަށް ކޭބޯލާ އިން ވަރަށް ބޮޑަށް ތައްޔާރުވެފައި ވާކަމަށް ބުނަމުން އެ ގްރޫޕުން ދޭންހުރި ބައެއް ޝޯ ތަކާބެހޭ މަޢުލޫމާތު އުއްސޭ ހިއްސާކުރިއެވެ.

 

“ޝޯ ތަކުގެ މަޢުލޫމާތު ހޯދަން ވަރަށް ގިނަ މީހުން ގުޅަމުންދަނީ.” އުއްސޭ ފާހަގަކުރާގޮތުން މިއީ ކޭބޯލާ އިން ވަރަށް ވަރުގަދަޔަށް ޢީދު ޝޯ ތަކަށް ތައްޔާރުވެފައިވާ ފަހަރެކެވެ.

 

ކޭބޯލާ” ވަނީ 2016 ވަނަ އަހަރު ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ފުރަތަމަ ބޮޑުބެރު ޗެލެންޖުން އެއްވަނަ ހޯދާފަ އެވެ. މި ގްރޫޕްގައި ހަރަކާތްތެރިވަނީ ލ. ގަމާއި ފޮނަދު އަށް ނިސްބަތްވާ ޒުވާން ކުދިންކޮޅެކެވެ.

 

ކޭބޯލާ” ބޮޑުބެރު ގްރޫޕަކީ 2011 ވަނަ އަހަރު އުފައްދާފައިވާ ބޮޑުބެރު ގްރޫޕެކެވެ. މި ގްރޫޕަށް “ކޭބޯލާ” ކިޔާފައިވަނީ ލ. ގަމުގެ ތާރީޚާއި ގުޅުންހުރި ކަމަކަށް ނިސްބަތް ކޮށްގެންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.