ތަޢާރުފު
މަޝްރޫމަކީ (ހަންޑިކުޑަ) .Pleurotus spp ކީހު ކުނޑި، ރުކުކުނޑީގެ އިތުރުން ދަނޑުވެރިކަމުގައި އުކާލާ ތަކެތީގައި ވަރަށް ކާމިޔާބުކަމާއެކު ހެއްދިދާނެ އެއްޗެކެވެ. އެހެންނަމަވެސް ހަންޑިކުޑަ ހެއްދުމަށް އެންމެ ރަނގަޅީ ހަނޑުލުހުޔެވެ. ވިޔަފާރި އުޞޫލުން ހެއްދުމަށް ހަންޑިކުޑައިގެ ދެބާވަތެއް ގެންގުޅެއެވެ. އެއީ Oyster mushroom އާއި Milky mushroom އެވެ. މިލީފްލެޓްގައި ބަލައިލާނީ އޮއިސްޓަރ މަޝްރޫމްގެ މައްޗަށެވެ. މިއީ ފީލަކުޑި ގަނޑުގަނޑުގައި ހެދޭ، ކެއުމަށް ކަމުދާ ފީކަންފަތުގެ ބާވަތެކެވެ.
މަޝްރޫމް ހައްދާ ޖިފުޓި
މިތަން ތަފާތު ބޮޑުމިނުގައި ހެދިދާނެއެވެ. ރުކުފަނުންފަދަ އެއްޗަކުން ވަރަށް ސާދާކޮށްވެސް ހެދިދާނެއެވެ. މިތަނުގައި ތެތްފިނިކަމުގެ ނިސްބަތް ހުންނަންޖެހޭނީ % 0 – 95 ގައެވެ. ފިނިހޫނުމިން ހުންނަންޖެހޭނީ °28-2C ގައެވެ. މިތަން ހަދާނީ ވައި ދައުރުވާނެހެން ފަނޑު އަލި ލިބޭ ގޮތަށެވެ. 30 އަކަ މީޓަރުގެ ދެޖިފުޓިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 20 ކިލޯގެ ހަންޑިކުޑަ އުފެއްދޭނެއެވެ. މިޖިފުޓީގެ ތެތްފިނި ކަން ހިފެހެއްޓުމަށްޓަކައި އެކި ފަހަރުމަތިން ތެންމާގޮތަށް ތެތް ސުތުލި ގޯނި އެލުވާފައި ބަހަށްޓަންޖެހޭނެއެވެ. އަދި ޖިފުޓީ ތެރޭގެ ފަސްގަނޑުވެސް ބާއްވާނީ ތެތްކޮށެވެ. މިތަން ހަދަންވާނީ މީދަލަށް ނުވަދެވޭ ގޮތަށެވެ.
މަޝްރޫމް ހައްދާ ތަކެތި ތާހިރުކުރުން
އެއް އަހަރުދުވަސްވެފައިވާ ހަނޑުލުހުއި ، 5-3 ސެންޓިމީޓަރ ދިގުކޮށް ބުރިކުރުމަށްފަހު، ފެނުން ފޯކޮށްލުމަށްޓަކައި ސާފު ފެން އެއްޗެއްގެ ތެރެއަށް ގަންބާފައި 18 ގަޑިއިރުވަންދެން ބަހަށްޓަންވާނެއެވެ. ދެން ފެނުން ނެގުމަށްފަހު އިތުރަށް ހުންނަ ފެން ދެމިލުމަށްޓަކައި 1-2 ގަޑިއިރު ވަންދެން ބާސްކެޓަކަށް އަޅާފައި ބަހައްޓަންވާނެއެވެ. ހަނޑުލުހުއިތަކުގެ މަތީ ފަށަލަ ތާހިރުކޮށްލުމަށްޓަކައި ކެކިހުރި ފެނުގެ އަޑިއަށް ގަންބާފައި 30-40 މިނެޓް ބެހެއްޓުމަށްފަހު އިތުރަށް ހުންނަ ފެން ދެމިލުމަށާއި، ހިހޫކުރުމަށްޓަކައި ބާސްކެޓަކަށް ނަގާފައި ބަހަށްޓަންވާނެއެވެ.
ބެޑް ތައްޔާރުކުރުން
200-150 ގޭޖް ބޯމިނުގެ 2×1 ފޫޓް ބޮޑުމިނުގެ ކަޅު ނުވަތަ ބޭރު ހުދު ޕްލާސްޓިކް ކޮތަޅުތަކެއްގައި، ވައި ދައުރުކުރުމަށްޓަކައި 0.5-1 ސެންޓިމީޓަރގެ 7-8 ވިދު އަޅާނީއެވެ. ދެން 6 ސެންޓިމީޓަރ ގެ ބޯމިނަށް ހަނޑުލުހުއި ކޮތަޅަށް އެޅުމަށްފަހު އެއްވަރުކޮށްލުމަށްޓަކައި އޮބާލާނީއެވެ. ހަންޑިކުޑައިގެ ވާތައް ދެމުމުގެ ފުރްޞަތުދިނުމަށްޓަކައި ކޮތަޅަށް ހަނޑުލުހުއި އަޅާއިރު ހުރިހާ ހިސާބަކަށް އެއްވަރުކޮށް ބެހެއްޓުމަށް ފަރުވާތެރިވަންޖެހެއެވެ.
މަޝްރޫމްގެ ސްޕޯން ލުން
ޕަކެޓުން ސްޕޯންތައް ނެގުމަށްފަހު ސާފުތާހިރު ތަބަކަކަށް އަޅާނީއެވެ. ދެން 6 ސެންޓިމީޓަރ ބޯމިނަށް އެޅި ހަނޑުލުހުއިތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްގެ ސްޕޯން ވިހުރުވާލާނީއެވެ. ދެން ހަނޑުލުހުއިގެ ދެވަނަ ފަށަލައެއް އެޅުމަށްފަހު ހަމަ އެވަރަށް ސްޕޯން ވިހުރުވާލާނީއެވެ.މިގޮތަށް ހަނޑުލުހުއި ފަށަލައެއް އަޅާ ކޮންމެ ފަހަރަކު އެއްވަރުކޮށްލުމަށްޓަކައި އަތުން އޮބައިލަންވާނެއެވެ. ބޭނުންވާ ވަރަށް ބެޑް ހެދެންދެން މިގޮތަށް ކޮތަޅު ތައްޔާރުކުރާނީއެވެ. މިކަންކޮށް ނިމުމުން ކޮތަޅުތަކުގެ ތުން އެއްސުމަށްފަހު ޖަރާސީމުތައް ފެޅުމަށްޓަކައި ޖިފުޓީގެ ތެރޭގައި ބަހައްޓާނީއެވެ.
ސްޕޯންތައް ފެޅުން
ސްޕޯންތައް ފަޅަންދެން 15-20 ދުވަސްވަންދެން ކޮތަޅުތައް ނުގުޑުވާ ފަން ޖިފުޓީގެ ތެރޭގައި ބަހަށްޓަންވާނެއެވެ. ސްޕޯންތައް ފެޅުމަށް އެންމެ ރަނގަޅު ފިނިހޫނުމިނަކީ 30-28C° އެވެ. ތެތްފިނިކަމުގެ ނިސްބަތަކީ % 50-85 އެވެ. ކޮތަޅުތައް އަތުރާނީ ޖިފުޓީގެ ތެރޭގައި ހަދާފައިވާ އޮޅިއަށިގަނޑު ނުވަތަ ހަރުތަކުގެ މަތީގައެވެ. ސްޕޯންތައް ފަޅާފައި ހުރިކަމުގެ ހެއްކެއްގެ ގޮތުގައި ބަލާނީ ހަނޑުލުހުއިތަކުގައި އެކީއެކައްޗަކަށް ހުދު ވާތަކެއް ދެމިފައި ހުރުމުންނެވެ. އެކި ފަހަރުމަތިން ކޮތަޅުތައް ބަލާ، ހަޑިވެފައި ހުންނަ ކޮތަޅުތައް އެއްފަރާތްކުރަންވާނެއެވެ. 15 ދުވަސް ފަހުން ސްޕޯންތައް ފަޅާ ނިމުމުން ތޫނު ކަޓަރަކުން ކޮތަޅުތަކުގެ މެދުން ދިގަށްވާ ގޮތަށް ކަފާލުމަށްފަހު، ހަންޑިކުޑައިގެ ބޯތައް އުފެދެންދެން ބަހަށްޓާނީއެވެ. މިކޮތަޅުތައް ބަހަށްޓަންވާނީ ރަނގަޅަށް ވައި ދައުރުވާ، ތެތްފިނިކަމުގެ ނިސްބަތް % 80-85 ހުންނަ ތަނެއްގައެވެ. ޖިފުޓީ ތެރޭގެ ފިނިހޫނުމިން 30°C އަށްވުރެ މަތިވާނަމަ ފިނިހޫނުމިން ދަށްކުރުމަށްޓަކައި ޖިފުޓީތެރޭގެ ބިންގަނޑަށް ފެންޖަހާ ތެންމަންވާނެއެވެ. ހަންޑިކުޑައިގެ ބޯތައް އުފެދުމަށްޓަކައި އަލި ފަނޑުކޮށް ބެހެއްޓުމަކީ މުހިއްމުކަމެކެވެ. ޕިން ބޮލެއްގެ ބޮޑުމިނަށް ހަންޑިކުޑަ ބޮޑުވަން ފަށާނީ 20 ވަނަ ދުވަހުއެވެ. އަދި ހަންޑިކުޑަ ފުރާފުރިހަމަވުމަށް ދެތިން ދުވަސް ނަގައެވެ.
މަޝްރޫމް ކެނޑުން
ހަންޑިކުޑަ ފުރަތަމަ ކަނޑާވަރު ވާނީ 15 – 21 ދުވަހުތެރޭގައެވެ. ފުރަތަމަ ފަހަރަށް ހަންޑިކުޑަ ކެނޑުމަށްފަހު ބެޑްގެ ތެތްފިނިކަމުގެ ނިސްބަތް %60-65 އަށް ބެހެއްޓުމަށް ފެން ސްޕްރޭކުރަންވާނެއެވެ. ދެވަނަ ކެނޑުމަކަށް ފުރިހަމަވާނީ އެއްހަފުތާ ފަހުންނެވެ. ޖުމްލަގޮތެއްގައި 30-40 ދުވަހުގެ މުއްދަތަކަށް އެއްކޮތަޅުން ( ބެޑުން) 4 ފަހަރު ކެނޑޭވަރުވާނެއެވެ. 1 ކިލޯގެ ހަނޑުލު ހުއިން 500-700 ގްރާމް ހަންޑިކުޑަ އުފެއްދޭނެއެވެ. ބޭނުންކޮށްފައި ހުންނަ މުއްސަނ ދި ހަނ ޑުލު ހުއިތައް ބަކަށްޓަށްވެސް ކާންދެވިދާނެއެވެ. ނުވަތަ ކާދު ހެދުމަށްވެސް ބޭނުންކުރެވިދާނެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫމް އުފެއްދުމަށް ސަމާލުކަންދޭންވީ ކަންތައްތައް ހަންޑިކުޑަ ހެއްދުމުގެ ފަންނީ މަސައްކަތަކީ ވަރަށް ސާދާކަމަކަށް ވީނަމަވެސް ހަންޑިކުޑަ ހައްދާ ތަނުގެ ސާފުތާހިރުކަން ހިފެހެއްޓުމަށްޓަކައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭންޖެހެއެވެ. މިތަން ހަޑިވެއްޖެނަމަ ހަންޑިކުޑަތައް މަރުވާނެއެވެ. އަދި މިކަމަށް ބޭނުންކުރަންޖެހޭނީ ހަންޑިކުޑައިގެ ފެންވަރު ރަނގަޅު ސްޕޯންއާއި، ހަނޑުލު ހުޔެވެ. ކޮތަޅަށް ހަނޑުލުހު އެޅުމުގެ ކުރިން ހަނޑުލު ހުއިތަކަށް ރަނ ގަޅަށް ހޭހަންކުރަންޖެހެއެވެ. އަދި ކޮތަޅަށް ހަނ ޑުލުހުއި އަޅާތަނާއި،ކޮތަޅުތައް ބަހައްޓާ ތަނުގެ ސާފުތާހިރުކަމަށްވެސް ޚާއްޞަ ސަމާލުކަމެއްދޭންޖެހެއެވެ.
މަޝްރޫމްގެ ޞިއްޙީ ފައިދާ
މީގައި އެކުލެވޭ ޕްރޮޓީންސްގެ ފެންވަރު، ޖަނަވާރުގެ އަޞްލުން އުފެދިފައިވާ ޕްރޮޓީންސްގެ ފެންވަރާ ގާތްގަނޑަކަށް އެއްވަރެވެ. އަދި ކަރބޯހައިޑްރޭޓްސް، ފައިބަރ، ވިޓަމިންސްގެ އިތުރުން އިތުރު މަޢުދަންތައް އެކުލެވެއެވެ. ޚާއްޞަކޮށް ދަނީ ގަޑުގެ ބައެވެ. މަތިކޮށް ހުންނަ ލޭގެ ޕްރެޝަރާއި، ކޮލިސްޓްރޯލް ދަށްކޮށްދެއެވެ. ގުރުދާގެ ބަލިތަކާއި، ހަކުރުބަލި ، ހިތުގެ ބަލިތަކާއި، ގޮހޮރުގެ ކެންސަރުގެ މައްސަލަތަށް ކުޑަކޮށްދެއެވެ.
މިއީ 2015 ވަނަ އަހަރު ‘މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެކްރިކަލްޗަރުން’ އާއްމުކޮށްފައިވާ ލީފްލެޓެއްގެ ކޮޕީއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ