އަދުގެ ދިރިއުޅުން ބައްޓަންވެފައި ވާގޮތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުހެން އުޅެން ޖެހިފައިވަނީ ހާސްކަމެއްގެ ތެރޭގައި އަވަދިނެތި އެވެ. މިފަދަ ގޮތަކަށް ދިރިއުޅެމުން އަންނައިރު، ބޮލެއްގައި ނުވަތަ ބަނޑެއްގައި ރިއްސާލިޔަސް އެންމެ އަވަހަށް ބޭނުންކޮށްލެވެނީ ކޮންމެވެސް ކަހަލަ ޑަކްޓަރީ ބޭހެކެވެ. ނަމަވެސް މިފަދަ ކަންކަމަށް ޑަކްޓަރީ ބޭހެއް ބޭނުން ނުކޮށް ފަރުވާ ހޯދިދާނެ ގޮތެއް އެބައޮތެވެ. އެއީ “ފެންގ ފޫ” ޕޮއިންޓަށް އައިސްކިއުބް ބޭނުންކޮށްގެން ދެވޭ ވަރަށް ފަސޭހަ ފަރުވާއެކެވެ.
“ފެންގ ފޫ” ޕޮއިންޓް ނުވަތަ ސީނުކަރައިގެ (ޗައިނާގެ) ބޭސްވެރިކަން ބުނާގޮތުން “ވިންޑް މޭންސަން” އަކީ ސިކުނޑީގެ އެންމެ ތިރިއަށް ހުންނަ ބައި ނުވަތަ ސިކުނޑީގެ ތަނޑި (ބްރެއިން ސްޓެމް) އާއި ސިކުނޑީގެ ސެރެބެއްލަމް ގުޅޭ ހިސާބަށް ކިޔާ ނަމެކެވެ. މި ޕޮއިންޓް ހޯދުމަށް ނުވަތަ ދެނެގަތުމަށް ކަރާއި ބޮލުގެ ނާށިގަނޑު ގުޅޭ ހިސާބު، އަތުގެ އިނގިލިތައް ޖައްސައިގެން ހޯދާށެވެ. އެގޮތުން ބޮލުގެ ނާށިގަނޑުގެ އެންމެ ތިރީގައި އިނގިިލި ޖެއްސުމަށްފަހު ކުރިއަށް އަދި ފަހަތަށް މަޑުމަޑުން ބޯ ހަލުވައިލާށެވެ. އެހެން ހަލުވާލައިރު އެ އިޙްސާސް ކުރެވޭ ރުލަކީ ހަމަސީދާ “ފެންގ ފޫ” ޕޮއިންޓެއެވެ.

ފެންގ ފޫ ޕޮއިންޓް ދައްކައިދޭ ކުރެހުމެއް
މި ޕޮއިންްޓަކީ ސިކުނޑިން ނިކުންނަ ހުރިހައި ނާރުތައް ކަފިވެގެން ހަށިގަނޑުގެ އެކި ހިސާބުގެ އެކި ވަޒީފާތައް އަދާކުރުމަށް ނިކުމެފައި ހުންނަ ހިސާބެވެ.
އެކިއުޕަންޗާ ކުރާާމީހުން ނުވަތަ ކަށި ހަރައިގެން ފަރުވާދޭ ޚާއްޞަ މާހިރުން ބުނާގޮތުން ދުވާލަކު ދެފަހަރަށް (ހުސްބަނޑާ ހުރެ ހެނދުނު ހެނދުނާ އަދި ރޭގަނޑު ނިދަން އޮށޯތުމުގެ 20 މިނެޓް ކުރިން) “ފެންގ ފޫ” ޕޮއިންޓަށް އައިސްކިއުބް ބޭނުންކޮށްގެން ފިނިކުރުމުން މި އެކިއުޕްރެޝަރ ޕޮއިންޓް އެކްޓިވޭޓްވެ އެވެ. މިކަން ކުރުމަށްޓަކައި އޮށޯވެ އޮވެ ނުވަތަ އިށީންދެ އިނދެގެން 2 ސެންޓިމީޓަރު ހުންނަވަރުގެ އައިސްކިއުބެއް ރުމާލަކަށް ނުވަތަ ފޮތިކޮޅަކަށް ލައިގެން ޖައްސާށެވެ. އައިސްކިއުބް ޖެއްސުމުން އެއްވަރެއްގެ ޕްރެޝަރަކާއި ފިނިކަން ފޯރުކޮށްދޭނެ އެވެ. މިކަން ކުރުމަށް އައިސްޕެކް ޖެއްސުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އައިސްކިއުބް ޖެއްސުމުން އެންމެ ފުރަތަމަ ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވެދާނެއެވެ. އެހެން ވެއްޖެނަމަ، އައިސްކިއުބް ނެގުމަށްފަހު އަނެއްކާވެސް އިރުކޮޅެއް ފަހުން ޖައްސާށެވެ. އައިސްކިއުބް ނުނަގައި ބެހެއްޓޭވަރު ވުމުން 20 މިނެޓް ވާންދެން އައިސްކިއުބް ޖައްސާފައި ބަހައްޓާށެވެ. ހަފުތާއަކު ދެ ދުވަހު އައިސްކިއުބް ނުޖައްސާ ދޭތެރެއަކުން ދުވަސް މެދުކަނޑައިލެވިދާނެ އެވެ.
މާބަނޑު އަންހެނުންނާއި ‘ޕޭސްމޭކަރ’ ބޭނުންކުރާ މީހުން އަދި ވެއްޓޭބަލި ޖެހިފައިވާ މީހުން މިގޮތަށް އައިސްކިއުބްގެ ފަރުވާ ހޯދުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.
މި ޕޮއިންޓްގައި އައިސް ޖެއްސުމުން އިންފްލެމޭޝަން (ހަށިގަނޑު ބަރުވުމުގެ ސަބަބުން ދިފާއީ ނިޒާމް މާ ބޮޑަށް އެކްޓިވެ ހަށިގަނޑުގެ ސެލްތަކަށް ބަދަލުއައުން) ކުޑަކޮށްދިނުމާއި ސިކުނޑިން ހަށިގަނޑުގެ އެހެން ބައިތަކަށް ފަސޭހަކަމާއެކު ލޭދައުރުކުރުމަށް އެހީތެރިވެދެއެެވެ. “ފެންގ ފޫ” ޕޮއިންޓަކީ ސިކުނޑިއާއި ހަށިގަނޑާއި ދެމެދު ކުރެވޭ މުހިންމު މުޢާމަލާތުތައް ކުރިއަށްދާ ޕޮއިންޓެވެ.
“ފެންގ ފޫ” ޕޮއިންޓަށް އައިސްކިއުބުން ފަރުވާކުރުމުން ލިބޭ ބައެއް ފައިދާތައް:-
ނިދަން ފަސޭހަވުމާއި ނިދުމުގެ ކޮލިޓީ ރަނގަޅުކޮށްދިނުން
ހަޖަމުކޮށްދިނުމަށް އެހީތެރިވެދިނުން
އަވަސް އަވަހަށް ނުވަތަ ދޭތެރެ ގާތްކޮށް އަރިދަފުސްރޯގާ ޖެހުމުން ދުރުކޮށްދިނުން
ބޮލުގައި ރިއްސުން، ހުޅުހުޅުގައި ރިއްސުން އަދި ދަތުގައި ރިއްސުން ކުޑަކޮށްދިނުން
ކާޑިއޯވަސްކިއުލަރ ސިސްޓަމް ނުވަތަ ހިތާއި ގުޅުންހުރި ނާރުތަކުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދިނުން
އާތުރައިޓިސް (ހުޅުހުޅުގައި ރިއްސުމުގެ ބަލީ) ގެ ޢަލާމާތްތައް ކުޑަކޮށްދިނުން، ހައިޕަރޓެންޝަން (ލޭމައްޗަށް ދިއުން) އަދި ހައިޕޯޓެންޝަން (ލޭގެ ޕްރެޝަރު ދަށަށްދިއުމުގެ) ގެ އަލަމާތްތައް ކުޑަކޮށްދިނުން.
ޖިންސީގުޅުމުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާދިނުމަށް ފައިދާކޮށްދޭ ކަމެއް.
ބަނޑާއި ގޮހޮރުގައި އުފެދޭ ގޭހުގެ މައްސަލައާއި ތައިރޮއިޑް ޑިސޯޑަރ ތަކުން ދުރުހެލިކޮށްދިނުމަށް އެހީވެދިނުން.
ސެލޫލައިޓަށް (ފަލަވުމުގެ ސަބަބުން ހަންގަނޑުގައި ޒާތަކަށް ރޫޖެހޭ ބައްޔަށް) ފަރުވާ ދިނުމަށް
ނޭވާހިއްލުން (އަސްތުމާ) ގެ އަލާމާތްތައް ކުޑަކޮށްދިނުމަށް އެހީވުން
މައްސަރު ކަންތަކާއި ގުޅިގެން ކުރިމަތިވާ ގިނަ މައްސަލަތަކަށް ލުއިކަމެއް ލިއްބައިދިނުން.
ހާސްކަން ފިލުވައިދީ، ވަރުބަލިކަމާއި ހާސްވެކަންބޮޑުވުން (ޑިޕްރެޝަން) ކުޑަކޮށްދިނުން.
ޖުމްލަގޮތެއްގައި ދުޅަހެޔޮކޮށް ތިބުމަށް އަދި ވަރުގަދަމާއި ލޮޑުކަން ފިލާފައިވާ ގޮތެއްގައި ތިބުމަށް އެހީވެދިނުން
“ފެންގ ފޫ” ޕޮއިންޓަށް އައިސްކިއުބުން ފަރުވާކުރުމުން ވަނީ ކިހިނެތް؟
އެކިއުޕަންޗާ ނުވަތަ ކަށި ހަރައިގެން ފަރުވާދިނުމަކީ 2500 އަހަރަށްވުރެން ގިނަދުވަސް ވެފައިވާ ސީނުކަރައިގެ ޤަދީމީ ބޭސްވެރިކަމުގެ ވައްތަރެކެވެ. މި ބޭސްވެރިކަން އެމެރިކާގައި ފެށިފައިވަނީ 1960 ގެ އަހަރުތަކުގައެވެ. އަދި ކެލިފޯނިޔާ ސްޓޭޓުން މިއީ ހުއްދަ އޮންނަ ބޭސްވެރިކަމެއް ކަމަށް ނިންމާފައިވަނީ 1976 ގައެވެ. ވޭތުވެދިޔަ 20 ވަރަކަށް އަހަރު ތެރޭގައި އިންސުއަރެންސް ކުންފުނިތަކުންވެސް މިކަމަށް ވަނީ ހުއްދަ ދީފައެވެ. އަދި މީގެ މަދު އަހަރުތަކެއް ކުރިން ދުނިޔޭގެ ސިއްޙަތާބެހޭ އދ. ގެ ޖަމުއިއްޔާ އިންވަނީ 31 ބައްޔަކަށް އެކޫޕަންޗަރ ބޭނުންކޮށްގެން ފަރުވާދެވޭނެކަމަށް ބުނެ ރިޕޯޓެއް ޝާޢިއުކޮށްފައެވެ.
ހުޅަނގުގެ ބޭސްވެރިކަމުގެ ނަޒަރިއްޔާތުން ބަލާއިރު “ފެންގ ފޫ” ޕޮއިންޓް އިންނަނީ މައިބަދައިގެ ނާރުތަކުގެ ސީ1 އަދި ސީ2 ގެ ބުޑުގައެވެ. މި ނާރުތަކަކީ ބޮލުގެ ލޭގެ ޕްރެޝަރު، ޕިޗޫޗަރީ ގްލޭންޑް، ލޯ، ސައިނަސް އަދި ސިމްޕަތެޓިކް ނާރުތަކުގެ ނިޒާމު ކޮންޓްރޯލްކޮށްދޭ ނާރުތަކެކެވެ. ޕިޗޫޗަރީ ގްލޭންޑަކީ މައިގަނޑު ގޮތެއްގައި ހޯމޯންސްތަކުގެ މަސައްކަތް އެއްގޮތެއްގައި ހިފަހައްޓައިދީ އަދި ހަށިގަނޑުގެ މަސައްކަތްތައް ކޮށްދޭ ހަށިގަނޑުގެ އެންޑޯކްރައިން ނިޒާމުގެ އެންމެ ނާާޒުކު ބައެވެ.
އެންޑޯފިން ރަޝް
“ފެންގ ފޫ” ޕޮއިންޓަށް އައިސްކިއުބުން ފަރުވާދިނުމުން ކޮށްދޭ އެންމެ މުހިންމު އެއް ފައިދާއަކީ ޕިޗޫޗަރީ ގްލޭންޑުން ‘އެންޑޯފިންސް’ ބޭރުކޮށްދިނުމެވެ. އެންޑޯފިންސް އަކީ ހަމައެކަނި ‘ހަމަޖެހުން ގެނުވައިދޭ’ ހޯމޯނެއްގެ އިތުރުން ތަދު ކަނޑުވައިދޭ ހޯމޯނެކެވެ. އެންޑޯފިންސް އަކީ ތަދު ކަނޑުވައިދޭ ޤުދުރަތީ މޯފިން އެކެވެ. އެންޑޯފިން މަސައްކަތް ކުރަނީ ތަދުގެ އިހްސާސްތައް ނުވަތަ ‘ޕެއިން އިމްޕަލްސް’ ތައް އެއް ނިއުރޯން އިން އަނެއް ނިއުރޯން އަށް ފޮނުވައިދިނުން މަތަކޮށްދީގެންނެވެ. ނުވަތަ ބްލޮކް ކޮށްދީގެންނެވެ.
ހެނދުނާއި ރޭގަނޑު 20 މިނެޓް ވާންދެން “ފެންގ ފޫ” ޕޮއިންޓަށް އައިސް ޖައްސައިގެން ފިނިކުރުމަކީ ވަރަށް އަވަހަށް މީހާއަށް ހަމަޖެހުމާއި ވަރުބަލިކަން ފިލުވައިދޭ، ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކަމެކެވެ.
މަޢުލޫމާތު ހޯދި މަސްދަރުތައް: ‘ލިންކެޑިން’ އަދި ‘ޓޮޕް ބަޒް’
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު