ގްރީކްގެ އަވަށެއް ކަމަށްވާ އައިޓޮލީކޯގެ ގޮނޑުދޮށުގައި އާދަޔާޚިލާފަށް ބޯކޮށް ފައިދިގުމަކުނު ވާ ފުރާފައިވާ މަންޒަރަކީ ވަރަށް ތަފާތު މަންޒަރެކެވެ.

 

ގަސްތަކާއި ގޮނޑުދޮށުގައި ސާލެއް ފަދައިން ފަތުރާލާފައިވާ މަކުނުވާތަކެއް ފެންނަ މި ސަރަހައްދުގައި އެ ވާތަށް ފެތުރިފައިވަނީ 300 މީޓަރުގެ ދިގު ސަރަހައްދަކަށެވެ. އެހެންކަމުން ގޮނޑުދޮށާއި ކައިރީގައި ހެދިފައިވާ ރުސްގަސްތައްވެސް ވަނީ މަކުނުވާތަކުން ފޮރުވާލާފައެވެ.

 

އައިޓޮލީކޯގެ އާންމުން ބުނީ ކުއްލިއަކަށް ފައިދިގުމަކުނުތައް ގިނަވީ އެ އަވަށުގައި ގިނަ އަދަދަކަށް މަދިރި އާލާވުމާއި އެކުއެކީގައެވެ.

އައިޓޮލީކޯގެ މި ގޮނޑުދޮށުގައި އާދަޔާއި ހިލާފަށް ފައިދިގު މަކުނު އާލާވެ މަކުނުތަކުގެ ވާތަކުން މުޅި އެ ގޮނޑުދޮށް ފޮރުވާލާފައިވާއިރު އެ ސަރަހައްދުގެ މަގުތަކުގައިވާ ބެންޗުތަކުގައިވެސް ވަނީ މަކުނުވާ ފުރާފައެވެ.

 

ބެލެވޭ ގޮތުގައި މި މަކުނު ވާތަކަކީ ފައިދިގު މަކުނުގެ ބާވަތެއް ކަމަށްވާ “ސްޓްރެޗް ސްޕައިޑާސް” ގެ ވާތަކެކެވެ. ގްރީކްގައި އާލާވަމުން އަންނަ މިބާވަތުގެ ފައިދިގު މަކުނަކީ ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ފެންނަ ބާވަތެކެވެ.

 

އެހެންނަމަވެސް އެންމެ ގިނައިން އެސޮރުމެން ފެންނަނީ ބިންގަނޑު ތިރި ސަރަހައްދުތަކުން ނެވެ. އަދި ކޯރުތަކުގެ އައްސޭރިފަށުންވެސް މިބާވަތުގެ މަކުނު ފެނެއެވެ

 

މޮލިކިއުލާ ބައޯލޮޖިސްޓެސް ކަމުގައިވާ މާރިއާ ޗަތްޒަކީ އާއި ހަވާލާދީ ގްރީކްގެ އޮންލައިން ނޫހެއްކަމުގައިވާ ނިއުސްއިޓް ޑޮޓް ޖީއާރް ގައި ބުނެފައިވަނީ މިބާވަތުގެ ފައިދިގުމަކުނަކީ އިންސާނުންނަ ހުރި ނުރައްކަލެއް ނޫން ކަމަށެވެ.

 

މާރިއާ ޗަތްޒަކީ ބުނީ މިއީ އިންސާނުންނަށް ގެއްލުންދޭ ބާވަތެއްގެ މަކުނުތަކެއް ނޫން ކަމަށާއި، އެސޮރުމެން ވާފުރާފައިވުމުގެ ސަބަބުން އެ ގޮނޑުދޮށުގައި ހުރި މާ އަޅާ ގަސްގަހަށްވެސް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެސޮރުމެން މަރުވާނެ ކަމަށެވެ.

 

“މަކުނުތައް މިގޮތަށް އެސޮރުމެންގެ ޕާޓީ ބާއްވާފަ ވަރަށް އަވަހަށް މަރުވެދާނެ” ޗަތްޒަކީ ބުންޏެވެ. އޭނާ ބުނީ މިގޮތަށް ވާފުރައިގެން އެސޮރުމެން އާލާވުމަކީ ކޮންމެ ދެތިން އަހަރަކުން އެއްފަހަރު މަދުން ނަމަވެސް ހިނގުން އެކަށީގެންވާ ކަމެއް ކަމަށެވެ.

 

މަސްދަރު: ވީނިއުސް

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.