ރާއްޖޭގެ ކަނޑުފަޅުން އާއްމުކޮށް ނުފެންނަ އާދަޔާޚިލާފު މަހެއް ދަރަނބޫދޫ ދެމީހަކު ބާނައިފި އެވެ. މިމަހުގެ ދިގުމިނުގައި ހަފޫޓު ހުރިކަމަށް ފޭސްބްކްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފޮޓޯ: އާދަމް ހަލީމް

ކައްޓެލި އަކާއި ވައްތަރު މި މަހަށް ދިވެހިބަހުން ކިޔަނީ ކޮން ނަމެއްކަން އަދި ވަނީ އެނގޭގޮތް ނުވެފައެވެ. ނަމަވެސް މި މަހަކީ ‘ބެލްޓް ފިޝް’ ނުވަތަ ‘ލާޖްހެޑް ހެއަރޓެއިލް’ ގެ ނަމުން ނަންދީފައިވާ މަހެއް ކަމަށް ބެލެވެއެވެ.

ފޮޓޯ: އާދަމް ހަލީމް

މިއީ ބޯވާދިލަ މަހުގެ އާއިލާ އަށް ނިސްބަތްވާ ‘ޓްރިޗިއުރިޑޭ’ ކިޔާ މަހެކެވެ. އާއްމުގޮތެއްގައި މިވައްތަރުގެ ފުރާފުރިހަމަ ވެފައިވާ މަހެއްގެ ބަރުދަނަނީ 2.8 ކިލޯގްރާމެވެ. ދިގުމިނަކީ 46 ސެންޓިމީޓަރެވެ. މި މަހުގެ ސައިންޓިފިކް ނަމަކީ ‘ޓްރިޗިއުރަސް ލެޕްޓޫރަސް’ އެވެ. މިއީ އާއްމުގޮތެއްގައި ރަތްކަނޑުގައި އުޅޭ މަހެއް ނަމަވެސް މިވައްތަރުގެ މަސް ހޫނުގަދަ ސަރަހައްދަށް ނިސްބަތްވާ ޤައުމުތަކުގެ ކަނޑުތަކުން މަދުން ނަމަވެސް ފެނެއެވެ.

ފޮޓޯ: އާދަމް ހަލީމް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.