އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ތާނަ އަކުރުން ލިޔުއްވައި މިއަދު ކުރެއްވި ޓްވީޓަކުން ދިވެހިންގެ ސަމާލުކަން ހޯދައިފިއެވެ.

 

މޯދީ ކުރެއްވި ޓްވީޓް ގައި ފާހަގަކުރައްވާފައިވަނީ މިނިވަން ކަމުގެ ބާނީ މަހާތްމާ ގާންދީގެ 150 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި އިންޑިއާ ސަރުކާރުން ނެރުނު ލަވަޔަކާ ގުޅުވައި އާއި ގުޅުންހުރި ވާހަކަ ތަކެކެވެ.

 

މޯދީ މިއަދު ކުރެއްވި ޓްވީޓްގެ ސްނިޕް ފޮޓޯއެއް

 

‏”ވައިޝްނަވް ޖާން ތޯ” މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާއެވެ. ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދެއެވެ.”

 

މޯދީ ތާނައިން ނާއި ދިވެހި ލެޓިން އަދި އިނގިރޭސި ބަހުން ކުރެއްވި ޓްވީޓް ތަކުގައި އިޝާރާތްކުރެއްވި ލަވަ ކިޔާފައިވާ ދިވެހި ލަވަކިޔުންތެރިންނަކީ މުހައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާއެވެ.

 

 

މޯދީ ދިވެހި ބަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާންދީގެ ސުލްޙައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށެވެ.

 

މި ލަވަ 124 ގައުމެއްގެ ލަވަ ކިޔުންތެރިން ކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ. 

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.