ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން މުހިންމު އެލަރޓުތައް ފޮނުވާ ޕަބްލިކް ވައިބަރ ޗެޓެއް މެޓް އޮފީހުން ތަޢާރަފުކޮށްފި އެވެ.
ރާއްޖޭގެ މޫސުމަށް އަންނަ ކުއްލި ބަދަލުތަކާ ގުޅޭ މުހިންމު އެލަރޓުތައް ފޯރުކޮށްދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ ތަޢާރަފުކުރި އާއްމު ވައިބަރ ގްރޫޕާއި ބެހޭގޮތުން ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ވައިބަރ ޕަބްލިކް ޗެޓެއް އުފެއްދީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލާއި ކުއްލި އެލަރޓުތައް ވީހާވެސް އަވަހަށް ގިނަ ރައްޔިތުންނަށް އެއްފަހަރާ ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި ވައިބަރ ގްރޫޕު މެދުވެރިކޮށް މޫސުމީ ގޮތުން އަންނަ އެލަރޓްތަކާއި، ބިންހެލުންތަކާއި ސުނާމީ ފަދަ ކާރިޘާ ތަކުގެ މަޢުލޫމާތު ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
“MV_WeatherAlertService” in mauloomaathu libivadaigannavaanee thireegaimivaa linkun:https://t.co/jVN4MpAbFU
— Maldives Meteorology (@MetMaldives) October 19, 2018
މެޓް އޮފީހުގެ ޕަބްލިކް ޗެޓްގައި ބައިވެރިވުމަށް ތިރީގައިވާ ލިންކުން ނުވަތަ މަތީގައިވާ ފޮޓޯގައިވާ ‘ކިޔުއާރް ކޯޑް’ ސްކޭންކޮށްގެން ކުރިއަށް ގެންދެވިދާނެ އެވެ.
މިހާތަނަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދެމުން އައީ މެޓް އޮފީހުގެ ޓްވިޓާރ އަދި ފޭސްބުކް އެކައުންޓުތައް މެދުވެރިކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!