ތައިލެންޑްގެ ފަތުރުވެރިކަން ކުރިއެރުވުމަށް ނެގި ފިޔަވަޅެއްގެ ގޮތުން އަންނަ ޑިސެމްބަރުން ދެމަސް ދުވަހަށް ދިވެހިންނަށް ބެންކޮކް ވިސާ ހިލޭކޮށްފި އެވެ.

 

ތައިލެންޑް ސަރުކާރުން ކުރިއަށް އޮތް ދެމަހަށް ރާއްޖެ ހިމެނޭ ގޮތުން 21 ގައުމަކަށް ވިސާ ހިލޭކޮށްދީފައިވާއިރު، ދިވެހިންނަށް ތައިލެންޑުން އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.

 

ތައިލެންޑް އޮންއެރައިވަލް ވިސާގެ ގޮތުގައި ދައްކަންޖެހެނީ ތައިލެންޑް ފައިސާ 2000 ބާތެވެ. ޑޮލަރުން ނަމަ، 60.95 ޑޮލަރެވެ.

 

މިދިޔަ އަންގާރަ ދުވަހު ތައިލެންޑް ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ، 21 ގައުމަކަށް އޮން އެރައިވަލް ވިސާ ދިނުމަށް ކެބިނެޓުން ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ޑިސެމްބަރުން ފެށިގެން ދެމަސްދުވަހުގެ މުއްދަތުގައި 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެ ގައުމަށް ޗުއްޓީ ހޭދަކުރަންދާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. އެއަށްވުރެ ދިގު މއްދަތަކަށް ދާނަމަ ވިސާ ހައްދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ތައިލެންޑް މި ނިންމުމުގައި ގިނަ ގައުމުތަކަކަށް އޮންއެރައިވަލް ވިސާ ދޫކުރަން ނިންމާފައި ވެއެވެ. ތައިލެންޑުން ވިސާ ހިލޭކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމުތަކާއި ޗައިނާ އާއި ސައޫދީ ވެސް ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.