ރަނގަޅު ސައިޒެއްގެ އުރަމައްޗެއް ހުރުމަކީ އަންހެނެއްގެ ނިސްވާނީކަން (އަންހެންވަންތަކަން) އިތުރުވެގެންދާ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޤުދުރަތީ މާއްދާތަކެއް ބޭނުންކޮށްގެން އުރަމަތި ބޮޑުކުރެވިދާނެ ފަސޭހަ ގޮތެއް އެބައޮތެވެ. ބޭނުންވާނީ ކުކުޅުބިހާއި ހަނޑުލު ރާހުތެވެ.

ކުކުޅުބިހަކީ އޭގައި ގިނަ މިންވަރަކަށް މުހިންމު ވިޓަމިންތަކެއް ކަމަށްވާ ވިޓަމިންސް އޭ، ޑީ، އީ، ބީ1، ބީ6 އަދި ބީ12 އާއި އިތުރު ވިޓަމިންތައް ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން، ކުކުޅުބިހުގައި އެކުލެވޭ ކެލްސިއަމް، މެންގަނީޒް، އަޔަން އަދި ޒިންކަކީ ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިއްބައިދޭ އެއްޗެކެވެ. ޤުދުރަތީގޮތުން އުރަމަތީގެ ސައިޒު ބޮޑުކޮށްދީ ވާންކަން އިތުރުކޮށްދީ އުރަމަތީގެ ޞިއްޙަތު ރަނގަޅުކޮށްދެއެވެ. ބިހުގައި ގިނަ ޢަދަދަކަށް ޕްރޮޓީންސް އެކުލެވެއެވެ. މިއީ ހަށިގަނޑު ދަމަނަކުރުމުގެ ނިޒާމު ރަނގަޅުކޮށްދޭ އެއްޗެކެވެ. ބިހުގެ ހުދުބަޔަކީ އެންޓި-އޭޖިން (އުމުރު މުޚައްލަފް) ކޮށްދިނުމާއި، ހަށިގަނޑަށް ތާޒާކަން ގެނެސްދީ، ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދޭ އެއްޗެކެވެ.

އުރަމަތީގެ ސައިޒު ބޮޑުކުރާނީ ކިހިނެތް؟

ހަނޑުލު ރާހުތުގެ ތެރެއަށް ކުކުޅުބިސް ލައި ފޯކުރާށެވެ.

ބޭނުންވާނެ ތަކެތި:

– 2 ކުކުޅުބިސް

– 100 މިލިލީޓަރުގެ ހަނޑުލު ރާހުތް (މިއީ ހަނޑޫ ފެނުގައި އަޅައި ހުތްކުރުމަށްފަހު އެއިން އުފައްދާ ރާހުތެއް)

– އިތުރަށް ބޭނުންވާނެ ތަކެތި:

ބިއްލޫރި ޖަގެއް، ބޯތަށްޓެއް، ސަމުސަލެއް

ތައްޔާރުކުރާނެ ގޮތް:

ފިޔަވަޅު 1- ބިސްތައް ރަނގަޅަށް ސާފުކުރުމަށްފަހު އެއްވެސް ތެތްކަމެއް ނެތް ބިއްލޫރި ޖަގުތެރެއަށް ލާށެވެ.

ފިޔަވަޅު 2- ބިސްތައް އެއްކޮށް ފޮރުވެންދެން ހަނޑުލު ރާހުތް އަޅާށެވެ. އެކެއް ނުވަތަ ދެދުވަސް ވާންދެން ފެނުގެ އަސަރު ނުފޯރާ ފިނިތަނެއްގައި ބަހައްޓާށެވެ. ރާހުތުގެ ސަބަބުން ބިހުގެ ތޮށިގަނޑު އެއްކޮށް މަޑުވެ، ތޮށިގަނޑު ފޫދޭނެ އެވެ. ދެދުވަސް ފަހުން ބިސްތައް ފެންނަން އޮންނާނީ ހާމައަށް އެތެރެ ފެންނަ މަޑުފިޔާތޮށި ކުލައިގައެވެ. ބަލައިލަން ހިތްގައިމު ގޮތަކަށެވެ.

ބިސްތައް ބޭނުންކުރާނެ ގޮތް: 

ދެދުވަސް ވުމުން ބިސްތައް ނަގާށެވެ. އެއަށްފަހު ބިހުގެ ރީނދޫބައި ވަކިން ނަގާށެވެ. ބޯތަށްޓެއްގެ ތެރެއަށް ރީނދޫބައި އެޅުމަށްފަހު ކުޑަ މާމުއި ފޮދެއް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. މާމުއި އަޅާނީ ފޮނިރަހަލާ ވަރަށެވެ. އޭރުން މި ބޭނުންކުރުމަށް ފަސޭހަވުމުގެ އިތުރުން ހަމުގެ ރީތިކަން އިތުރުކޮށްދޭނެ އެވެ.

މިގޮތަށް ތައްޔާރުކޮށްފައިވާ ބުއިން، މެދުނުކެނޑި 10 ދުވަސް ވާންދެން ބޭނުންކުރާށެވެ. އޭރުން ހަމައެކަނި އުރަމަތީގެ ސައިޒު ބޮޑުވާނީކީއެއް ނޫނެވެ. އުރަމަތީގެ ބުރުސޫރަ ވެސް ރީތިވާނެ އެވެ. ހަންގަނޑު އޮމާންވެ މަޑު ފިޔާތޮށިކުލައެއް ގެނެސްދޭނެ އެވެ.

މަސްދަރު: ފީޑީޓީވީ

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.