ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އަލްފާޟިލް ޢަބްދުﷲ ސޯދިގަށް ލިބިއްޖެ އެވެ.

 

ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިޔާ އަދި ދިވެހި ބަހުގެ މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ) އަށް މި އިނާމު ލިބުނީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ބޭއްވި ޖަލްސާގައެވެ.

 

ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ސޯދިގަށް އެރުވީ އޭނާ ދިވެހި ނޫސްވެރިކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

 

“ހަވީރު” ނޫހުގެ ފުރަތަމަ އެޑިޓަރު ސޯދިގު ވަނީ ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމްތަކުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ނޫސް ސަރުކާރުގެ ޚަބަރުގެ ނޫސްވެރިއެއްގެ ގޮތުގަ އާއި، ވިޔަފާރި މިއަދު އަދި މޫންލައިޓް ފަދަ ނޫސްތަކުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.