އިއްޔެރޭ މާލެއިން ތިމަރަފުށްޓަށް ދަތުރުކުރި ފްލައިޓެއް ފާހާނާތަށި ތެރެއަށް ރޮޒައިނާ ގެ ފޯނު ވެއްޓިއްޖެ އެވެ. އިއްޔެރޭ ދަންވަރު 1:57 ގައި ރޮޒައިނާ އާދަމް ފޭސްބްކްގައި ކުރައްވާފައިވާ އަދާހަމައެއްގައި ވިދާޅުވީ ތުރުކުރައްވައިގެން ހުންނެވި ޕޭންޓްސްގެ ޖީބުގައި އޮތް ފޯނު ވެއްޓުނު ކަމަށެވެ.

 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފްލައިޓްގެ ފާހަނާ ތައްޓަށް ފޯނު ވެއްޓުނީ މާލެ އިން ތިމަރަފުއްޓަށް ކުރި ދަތުރުގައި ކަމަށެވެ.

 

މިކަމާ ގުޅިގެން ރޮޒައިނާ ލިޔުއްވާފައިވާ ދިގު އަދާހަމައިގައި ބުނީ މާލެއިން ތިމަރަފުށްޓަށް އޭނާ ދަތުރުކުރައްވަމުން ގެންދެވި ފްލައިޓްގެ ފާޚާނާ ތަށިތެރެއަށް އޭނާގެ މޯބައިލްފޯނު ވެއްޓުނުކަމަށެވެ. “އެ (ފޯނު) އޮތީ އަހަރެން ލައިގެންހުރި ޕޭންޓްސް (ޖީންސް/ބެލްސް) ގެ ޖީބުގަ. ފާޚާނާ ތަށިމަތިން ތެދުވަނިކޮށް އަޑެއް އިވުނު، ފަހަތަށް ބަލައިލިތަނުން ފެނުނީ ތަށިތެރެއަށް އަހަރެންގެ ފޯނު ވެއްޓި ލޯމައްޗަށް ގެއްލެމުންދިޔަތަން! އަހަންނަށް ޝޮކެއް ލިބުނު އަދި އެހާމެ ކަންބޮޑުވި، އަދި ހަމަ އެވަގުތު އަހަންނަށް ކިޔަމުން ގެންދެވުނު ‘އޯހް ޝިޓް، ޝިޓް، ޝިޓް!'”

 

ރޮޒެއިނާގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ފޯނު ވެއްޓުނުކަން ފްލައިޓުގެ ކުރޫއަށް އެންގުމުން، ޕައިލެޓްއާއި ވާހަކަ ދެއްކުމަށް ފަހު ކުރޫއިން ބުނީ ފޯނު ނެގޭނީ ތިމަރަފުށްޓަށް ދިއުމަށްފަހު ދާން އޮތް ކައްދޫއަށް ފްލައިޓް ޖެއްސުމަށް ފަހު އަނބުރާ މާލެ ދިޔުމުން ކަމަށެވެ.

 

ރޮޒޭ ވިދާޅުވީ އެހާވަރަކުން ފޯނު އަލުން ލިބޭތޯ ބެލީ އޭނާގެ ފޯނުގައި 29000 އާއި ގާތްކުރާ އަދަދަކަށް ފޮޓޯ ހުރުމާއި އެ ފޮޓޯތަކުގެ މުހިންމުކަމުން ކަމަށެވެ.

 

ރޮޒެއިނާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ފޯނު އެހާ ބޭނުންވެގެން އުޅުނީ އޭގައި ހުރި ދަރިންނާއި ސްކޫލް އިވެންޓްތަކުގެ ފޮޓޯތައް ވެސް ހުރުމުން ކަމަށެވެ. އަދި މި ފޮޓޯތަކުގެ ބެކްއަޕް ވެސް ހެދިފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

 

ރޮޒެއިނާ ވަނީ ފޯނު އަނބުރާ ރައްދުކޮށް ދިނުމުން މޯލްޑިވިއަން އަށާއި ފްލައިޓުގެ ކްރޫއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. ރޮޒެއިނާ ވަނީ ފާހަނާއަށް ފޯނު ނުގެންދިޔުމަށް އޭނާގެ ޕޯސްޓުގައި އިލްތިމާސް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.