މަޝްހޫރު ތާރީޚީ ލިޔުންތެރިޔާ އަދި ދިވެހިބަހުގެ އެކެޑަމީގެ ޑެޕިޔުޓީ ޑައިރެކްޓަރު މުޙައްމަދު ވަހީދު ނަދުވީ އަވަހާރަވުމާއި ގުޅިގެން ނަދުވީގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޙައްމަދު ވަހީދު (ނަދުވީ) އަކީ ރާއްޖޭގެ ތާރީޚާއި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި ނަދުވީ ނިޔާވި ޚަބަރު ލިބުމުން އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރްހޫމުގެ މައްޗަށް ރަޙްމަތް ލެއްވުން އެދި ދުޢާދަންނަވާ ކަމަށެވެ.

ރައީސް ޞާލިޙްގެ ޓްވީޓް ސްނިޕް ޝޮޓެއް

މަޝްހޫރު ތާރީޚު އިލްމުވެރިޔާ މުހައްމަދު ވަހީދު ނަދުވީ އަވަހާރަވީ މިިއަދު ހެނދުނުއައިޖީއެމް ހޮސްޕިޓަލްގައެވެ. ނަދުވީ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ނަދުވީ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

 

ނަދުވީ އަވަހާރަވީއިރު ހުންނެވީ ދިވެހިބަހުގެ އެކަޑަމީގެ ތާރީޚާ ބެހޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. އެމަގާމުގައި ހުންނަވައިގެން ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމުގެ މަސައްކަތް ނަދުވީ ވަނީ ކުރައްވާފައެވެ.

 

މީގެ އިތުރުން ދިވެހިރާއްޖެ އިސްލާމްވި ގޮތުގެ މައްޗަށް ނަދުވީ ލުއިފޮތެއް ލިޔުއްވާފައިވެއެވެ. ނަދުވީ ވަނީ ދިވެހި ބަހުގެ ޑިގްރީ ޕްރަގްރާމްގެ ފުރަތަމަ ބެޗްގައި ދިވެހިބަހާއިބެހޭ ބައިގެ މޮޑިއުލްތައް އަމިއްލައަށް ތައްޔާރުކޮށްދެއްވާ އަދި އެބެޗްގެ ދަރިވަރުންނަށް ކިޔަވައިދެއްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.