ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ “ހަފުތާ ރެސް” ރައީސުލްޖުމްހޫރިއްޔާ މިރޭ ބައްލަވާލައްވައިފިއެވެ. 

 

ސޯޝަލް ސެންޓަރު ސަރަހައްދުގައި ބާއްވާ ހަފުތާ ރެސް ހަރަކާތަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އިންތިޒާމްކުރައްވައިގެން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

ހަފުތާ ރެސް އަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

 

ވީކްއެންޑް މާކެޓްގެ އިތުރުން ހަފުތާ ރެސް ގެ މި ހަރަކާތުގައި، މިއުޒިކް އަދި ޓެލެންޓް ޝޯއާއި، ކުޑަކުދިންނަށް ޙާއްޞަކޮށްގެން ބާއްވާ ކުޅިވަރުތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.