މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު ސްކްރީން ކުރިމަތިން އެންމެ ފަހުން ފެންނަ ފިލްމު، “ނިވައިރޯޅި” ހުޅުމާލެ ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ނިންމައިފިއެވެ.

 

މާދަމާ ރެއިން ފެށިގެން ތިން ރޭ ހުޅުމާލޭ ޝްވެކްގައި ހުޅުމާލެ ޝްވެކްގައި “ނިވައިރޯޅި” އަޅުވާނެއެވެ. 100 ރުފިޔާއަށް ވިއްކަމުންދާ ފިލްމުގެ ޓިކެޓް ޝްވެކް ސިނަމާއިން މިހާރު ގަންނަން ލިބޭނެ ކަމަށް ފިލްމުގެ ޓީމުން މަޢުލޫމާތު ދެއެވެ.

 

ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ އިން ޕްރޮޑިއުސްކޮށް އުފައްދާފައިވާ “ނިވައިރޯޅި” ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މަންޒަރުތައް ނެގީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އެ އަތޮޅު އިނގުރައިދޫ ގައެވެ.

 

“ނިވައިރޯޅި” ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

 

މި ފިލްމުގައި ނިއުމާގެ ދަރިފުޅު ޒޯޔާގެ އަޑުން ކިޔާފައިވާ ލަވައެއް ހިމެނުންވެސް މިއީ ފިލްމު ޚާއްޞަ ވެގެންދާ އެއްކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.