މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދު ގެ އަމިއްލަ ތިން ލަވަ މިއަހަރު ނެރޭނެކަމަށް އޭނާ ބުނެފިއެވެ.
މުނިއަވަސް އާ ވާހަކަދައްކަމުން ހަމޫދު ބުނީ އޭނާގެ ފުރަތަމަ އަމިއްލަ އުފެއްދުން “ރޮއްވާފާ ނުދޭ” މިހާރު ލަވަފޮށި އަދި ސައުންޑްކްލައުޑް ގައި ރިލީޒްކޮށްފައި ވާކަމަށެވެ.
“އެލަވައިގެ ވީޑިއޯގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ލަވައިގެ ވީޑިއޯ ޓީވީ ތަކަށް ވަރަށް އަވަހަށް ރިލީޒް ކުރާނެ.” މުނިއަވަސް އަށް ހަމޫދު ބުންޏެވެ.
“އަމިއްލަ ރާގުގެ ލަވައެއް މިއަހަރު މާރޗް މަހު ހިސާބުގައި ވެސް ރިލީޒް ކުރާނަން. އެއީ ‘ލޭކޮކާ،” މިއަހަރު ނެރެން ނިންމާފައިވާ ލަވަތަކާބެހޭ މަޢުލޫމާތު ދެމުން ހަމޫދު ބުންޏެވެ.
ހަމޫދް ނެރޭ އަމިއްލަ ރާގުގެ ތިންލަވައިގެ ތެރެއިން އެއްލަވައިގެ މައުލޫމާތު ލިބިފައި ނެތަސް އެލަވައިގެ ކުރު ޓީޒާއެއް ހަމޫދް ވަނީ ފޭސްބްކް ގައި ހިއްސާކޮށްފައެވެ. ރެގޭ މިއުޒިކަށް ކިޔާފައިވާ މި ލަވައިގެ ޓީޒާ އާއިމެދު ހަމޫދް ބުނީ މިއީ ރެގޭ މިއުޒިކްގެ ތެރެއަށް އޭނާ ވަނުން ކަމަށެވެ.
މިދިޔަ އަހަރު މިއުޒިކާއި ތަންކޮޅެއް ދުރުގައި އުޅެވުނަސް މިއަހަރު ވަރަށް ގިނަ ޕްރޮޖެކްޓްތައް ކުރިއަށް އެބަހުރި ކަމަށް ހަމޫދު ބުންޏެވެ.
“މިއީ މިހާރު ޔަޤީންވެފައިވާ ތިން ޕްރޮޖެކްޓް،” އުމުރުން 22 އަހަރުގެ ލަވަކިޔުންތެރިޔާ ބުންޏެވެ.
ބައެއް ދިވެހި ފިލްމުތަކަށް ވެސް ހަމޫދު ވަނީ ލަވަކިޔައިދީފައެވެ. އެގޮތުން ފިލްމު “ވަކިން ލޯބިން” އާއި “ބޮސް” އަށް ހަމޫދު ކިޔައިދިން ލަވަތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!