މަސައްކަތު ގަޑީގައި ނިދާލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަނެ އެކަމަށް ޖަޕާނުން މަރުހަބާ ކިޔައެވެ. މިކަމަކީ ކައިރި ކުރިމަގެއްގައި މަގާމުގެ ކުރިއެރުން ދޭނެ ކަމެއްކަމުގައިވެސް ވެއެވެ. މިކަމުން ދައްކައިދެނީ އެމީހުން މަސައްކަތަށް ހުސްވެފައި ހުންނަ މިންވަރެވެ.
ސާފުކޮށް ބުނަންޏާ މިކަމަކީ ދުނިޔޭގެ ގިނަ ގައުމު ތަކުގައި ނޭދެވޭ ކަމެކެވެ. ވީމާ ޖަޕާނުގައި މިކަން ބަލައިގަންނަނީ ކީއްވެ ހެއްޔެވެ.
ފުރަތަމަ ސަބަބަކީ ސިއްރެއް ނޫނެވެ. ޖަޕާނުގެ މުވައްޒަފުންނަކީ އެންމެ ގަދަޔަށް މަސައްކަތްކުރާ މީހުންނެވެ. މަޖާޒީގޮތުން ބުނާނަމަ މަސައްކަތަށްޓަކައި “މަރުދޭ” ބައެކެވެ.
ޖަޕާނުގައި %23 މީހުން ހަފުތާޔަކު 80 ގަޑިއިރު މަސައްކަތް ކުރެއެވެ. ހައިރާންވާން ޖެހޭކަމަކީ %12 މީހުން ހަފުތާއަކު 100 ގަޑިއިރުވެސް މަސައްކަތް ކުރާކަމެވެ. މިކަމުންނާއި އަދި މިކަމާގުޅޭ އެހެން ކަންކަމުން ބާރުލިބި، ޖަޕާނުގައި މަސައްކަތުގަޑީގައި ނިދުމަކީ ބަލައިގަނެވޭ ކަމެއްކަމަށް ވަނީ ވެފައެވެ.
މިކަމަށް ޖަޕާނުބަހުން ކިޔަނީ “އިނެމުރި” އެވެ. މިއާދަ މީގެ 1000 އަހަރުގެ ކުރިޔަށް ދެމިގެން ގޮސްފައިވެއެވެ. މިކަން “ދަ ނިޔުޔޯކް ޓައިމްސް” ގައި ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް މި އިސްތިލާހު “ޑިއުޓީގަޑީގައި ނިދުން” މަސައްކަތުގެ ވެއްޓަކަށް ނިސްބަތެއް ނުވެއެވެ.
ކޮންމެ އިޖްތިމާއީ ހާލަތެއްގައިވެސް “އިނެމުރި” ހެދިދާނެއެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަމަކީ ބަލައިނުގަންނަ ހުތުރު ކަމެކެވެ. ކެފޭއެއްގައި، މޯލެއްގައި، ރެސްޓޯރަންޓެއްގައި، ދަތުރުފަތުރުގެ ނިޒާމުގައި ނުވަތަ ދުވާރުމަތީގައި ވެސް ނިދާލުމަކީ ޖަޕާނުގައި މީހަކު އަޅާލާނެ ކަމެއް ނޫނެވެ. ކޮންމެމީހަކުވެސް ވިސްނާނީ ހަމައެކަނި އެމީހެއްގެ އަމިއްލަ ކަންކަމަށެވެ.
ކުންފުނީގެ ބައްދަލުވުމެއް ހިނގަމުންދާއިރުވެސް ނިދާލެވިދާނެއެވެ. އޭނާ ބައްދަލުވުމަށް ހާޒިރުވެ އެބަ އިނެއް ނޫންހެއްޔެވެ. އެނިމުނީއެވެ.
މިކަމުގައި މުވައްޒަފުގެ އުމުރަށާއި ކުންފުނީގައި މަސައްކަތްކޮށްފައިވާ މުއްދަތަށް ބަލާނެއެވެ. ޖަޕާނުގެ އާދަކާދަތައް ދިރާސާކުރާ މީހެއްކަމުގައިވާ ބްރިގިޓް ސްޓެގަރ “ދަ ގާޑިއަން” ނޫސް މެދުވެރިކޮށް ބަޔާންކުރިއެވެ.
ކުންފުންޏަށް އާ މުވައްޒަފަކަށް ވެފައި، ބަރާބަރަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި ވާންބޭނުންނަމަ މިގޮތަށް ނިދައިގެން ނުވާނެއެވެ. ނަމަވެސް ސާޅިހަކަށް ފަންސާހަކަށް އަހަރުގެ މީހަކަށްވެފައި އެމަސައްކަތަކީ ސީދާ އޭނާ ޒިންމާވާންޖެހޭ މަސައްކަތަކަށް ނުވާނަމަ ނިދާލުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އިޖްތިމާއީ ހަރުފަތުން މައްޗަށް ދިޔަވަރަކަށް މިގޮތަށް ނިދާލުމުގެ ފުރުސަތު އިތުރުވެއެވެ.
މަސްދަރު: https://nextshark.com/sleeping-work-japan-actually-good-thing/
ލިޔުންތެރިޔާގެ ފުރަމަލަ
- އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޮކްޓޯބަރ 2024މަޢުލޫމާތުތުނބުން ފުމުނީ ކާކު؟
- 23 ސެޕްޓެމްބަރ 2023އިޖްތިމާޢީމުށިބިހާއި ހުދުބިހުގެ ސިއްހީ ފައިދާ ތަފާތުތަ؟
- 10 ފެބްރުއަރީ 2023މަޢުލޫމާތުލުނބޯފެން – ކިހާ މުހިންމު އެއްޗެއްކަން އެނގޭތަ؟
- 9 ފެބްރުއަރީ 2023ރިޕޯޓްދޮންކޭލާއި ކިރު އެއްކުރުން ރަނގަޅުތަ؟