ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އެކްޓަރ ޒިޔާގެ “ކަނޑު އިބިލީސް” ފެބްރުއަރީ 01 ވަނަ ދުވަހު ހަވީރު އޮލިމްޕަހުގައި ރެޑްކާޕެޓް އިވެންޓަކާއިއެކު ޕްރިމިއާކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހިމް ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ޒިޔާ ބުނެފިއެވެ.

 

މުނިއަވަސް އާ ވާާހަކަދައްކަމުން ޒިޔާ ބުނީ “ކަނޑު އިބިލީސް” މާލޭ ޕްރިމިއާ އިވެންޓަކީ ބޮޑު އިވެންޓެއް ކަމަށެވެ. ޒިޔާ އިތުރަށް ބުނީ މި ޚާއްޞަ ރެޑްކާޕެޓް އިވެންޓުގައި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ސްޓާރުން، ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ބައިވެރިވާނެ ކަމަށާއި ސަރުކާރުގެ އިސް ފަންތީގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ތަކެއްވެސް ބައިވެރިވެލައްވާނެ ކަމަށެވެ.

 

“މި ފިލްމުގެ މާލޭ ރެޑްކާޕެޓް ޕްރިމިއާ އިވެންޓް ޝަރަފުވެރިކޮށްދެއްވައި ފިލްމު ޕްރިމިއާ ކޮށްދެއްވާނީ އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް،” ޒިޔާ ބުންޏެވެ.

 

ކުޑަކުދިންގެ ފިލްމު “ކަނޑު އިބިލީސް“ގެ ޓިކެޓް މި މަހު 15 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން އަންނަނީ ވިއްކަމުންނެވެ.

ރަތްދޫލަ ހަފްލާއެއް ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ވެސް “ކަނޑު އިބިލީސް” ވަނީ ޕްރިމިއާކޮށްފައެވެ. އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. ފިލްމުގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކަނޑު އިބިލީސް” ފިލްމަކީ ކުޑަކުދިންނަށް ޢިބްރަތްތެރި މެސެޖްތަކެއް ލިބިގެންދާނެ ގޮތަށް މަޝްހޫރު ލިޔުންތެރިޔާ ކޮޕީ މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ވާހަކަ އަކަށް ހަދާފައިވާ ފިލްމެކެވެ.

 

ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ސިނެމޮޓޮގްރާފަރ ދަބާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.