ފިލްމުގެ ނަން އިޢުލާނު ކުރުމާއެކުހެން އެ ފިލްމަކަށް މިވަގުތު ދިވެހިން އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމު “ސޮރީ”ގެ ތީމް ލަވަ ކިޔަން ފިރިހެން އަޑެއް ހޯދުމަށް ހޮވެއްޔެއް ބޭއްވުމަށް ޕްރޮޑިއުސަރ ޑައިރެކްޓަރ ނަހުލާ ނިންމައިފި އެވެ.

މުނިއަވަސްއަށް ނަހޫ ބުނީ ތީމް ލަވަ ކިޔާނެ އަޑެއް ހޯދަން މީގެ މަހެއް ހައި ދުވަސްކުރިން އިޢުލާނުކުރުމާ ގުޅިގެން ވަރަށް ގިނަ އަދަދެއްގެ މީހުން މެސެޖްކޮށްފައިވާކަމަށެވެ.

“ތީމް ލަވަ ކިޔާނެ އަޑެއް ހޯދަން އިޢުލާނުކުރުމާ ގުޅިގެން ގިނަ ޢަދަދެއްގެ މީހުން މެސެޖްކޮށްފައިވޭ. އަތޮޅުތެރޭގެ ގިނަ ބަޔަކު މިކަމަށް އެދި ހުށައަޅާފައިވާތީ އޮންލައިންކޮށް އޮޑިޝަންއަށް ހުޅުވާލަން މި ނިންމީ.

— މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ

ފިލްމު “ސޮރީ”ގެ ތީމް ލަވަ ކިޔަން ފުރުޞަތު ދޭނެ ހުނަރުވެރި ނަސީބުވެރި އަޑެއް ހޮވުމަށް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)ގެ އަޑުން “ސޮރީ” އަށް ކިޔައިފައިވާ ލަވައެއްގެ ތަން ކޮޅެއް ސާމްޕަލް އެއްގެ ގޮތުގައި ހިމަނާނެ ކަމަށާއި އަދި އެލަވައިގެ ޓްރެކްވެސް ހިމަނާނެ ކަމަށް ނަހުލާ މައުލޫމާތު ދިނެވެ.

“އޮޑިޟަންގައި ނަކަލް ކުރަން ޖެހެނީ މި ބުނި ލަަވަ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ލަވައިގެ އާއްމުކޮށްފައިވާ ތަންކޮޅު ކިޔުމަށްފަހު ޓިކްޓޮކް މެދުވެރިކޮށް ޓްރެކަށް ލަވަކިޔައި ރެކޯޑް ކުުރުމަށްފަހު މިލަވައިގެ އަޑު ހިމެނޭ ވީޑިއޯ ނުވަތަ އޯޑިއޯ އަޕްލޯޑް ކުރާނީ 21 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ކުރިން.

— މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ

ތީމް ލަވަ ކިޔުމަށް ހޮވޭ އާޓިސްޓަކަށް، ހެޔޮއެދޭ ފަރާތަކުން ހުށައަޅާފައިވާ ފައިސާގެ އިނާމެއްވެސް ލިބިގެންދާނެ ކަމަށް ނަހޫ ބުންޏެވެ.

މުނިއަވަސްއަށް އެނގިފައިވާ ގޮތުން ފިލްމު “ސޮރީ”ގެ ތީމް ލަވަ ކިޔަން މީހަކު ހޯދާ ވާހަކަ އިޢުލާނުކުރުމާ ގުޅިގެން ދެ ޖިންސުގެ ފަންނާނުން ނަހޫއަށް ވަރަށް ގިނަ މެސެޖްތައްކޮށް ގުޅާފައި ވެއެވެ. ނަމަވެސް ތީމް ލަވަ ކިޔަން ނަހޫ ހޯދަމުން ދަނީ ފިރިހެން އާޓިސްޓެއްގެ އަޑުކަމަށް ވަރަށް ސާފުކޮށް ބުނެފައިވެއެވެ.

“އެ އަޑެއްގެ އަޑު ޖެހުމާއެކު ހިތުގަ ޖަހާލާ ފަދަ ވަރުގަދަ އަދި އަސަރުގަދަ އަޑެއް އެބަ ހޯދަން ފިލްމު “ސޮރީ”ގެ ތީމް ލަވައެއް ކިޔާލަން.

— މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ

ތީމް ލަވަ ކިޔުމަށް އޮޑިޝަންއަށް ހުޅުވައިލުން ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށްވެސް ނަހޫ ބުނެފައިވެއެވެ.

@muniavas

Sorry

♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.