ފާޠިމަތު ނަހުލާ ދެން އެންމެ އަވަހަށް ސިނަމާއަށް ގެންނާނެ ފިލްމު “ސޮރީ”ގެ ޝޫޓިން 2024 ޑިސެމްބަރު 17ވަނަ ދުވަހު ފަށައިފިއެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ނަހޫގެ އިތުރުން ރަވީ އެވެ.
މުނިއަވަސް އަށް ނަހޫ ބުނީ މިއީ ނަހޫ އަދި ރަވީގެ ޑުއޯ ޑައިރެކްޝަނެއް ފެނިގެންދާނެ ފިލްމެއް ކަމަށެވެ. އެހެން ނަމަވެސް މި ފިލްމުންވެސް ނަހޫގެ އެންމެ ހިޓްވެގެން ދިޔަ ފިލްމުތަކުން ފެނިގެންދިޔަ ސްޓައިލާއި އެ އަސަރުތައް ފެނިގެންދާނެ ކަމަށްވެސް ނަހޫ ބުންޏެވެ.
ފިލްމު “ސޮރީ”ގެ ޝޫޓިން ފަށާފައިވާކަން އައްޒަ އާއްމުކޮށްފައިވާ ފޭސްބްކް ސްޓޯރީއަކުންވެސް ވަނީ އާއްމުކޮށްފައެވެ. މި ޕޯސްޓުން ފެނިގެންދަނީ ޑްރެސިންގ ޓޭބަލެއް ކައިރީގައި ހުއްޓިހުރެ މި ފިލްމުގެ ލީޑް އައްޒަ ނަގާފައިވާ ނަފުސީއެކެވެ.
ފިލްމު “ސޮރީ”ގެ ލީޑްގައި ހަރަކާތްތެރިވާނީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބަޠަލާ މަރްޔަމް އައްޒަ އަދި މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ. މީގެ އިތުރުން މި ފިލްމުގެ ވަރަށް ބޮޑު ރޯލަކުން ނަހުލާގެ ހަގު އަންހެން ދަރިފުޅުގެ އިތުރުން ނާޝްގެ ދަރިފުޅުވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ފިލްމުގެ ލީޑުން އިތުރު ބައެއް ތަރިންތައްވެސް ފެނިގެންދާނެ އެވެ.
މި ފިލްމުގެ ތީމް ލަވަ ކިޔުއްވަން ފިރިހެން އަދި އަންހެން އަޑެއް ހޯދުމަށް ކޮށްފައިވާ އިޝްތިހާރުގައި ބުނާގޮތުން 2024 ޑިސެމްބަރ 18 ވަނަ ދުވަހުގެ ރޭ 23:59 އަށް ސުންގަޑި ހަމަވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!