ތަކޫވައް ނުވަތަ އިނގިރޭސިބަހުން ބުނާނަމަ ‘ނަޓްމެގް’އަކީ ދިވެހިބޭހަށާއި ބައެއް ކާއެއްޗިއްސަށް ލާން ބޭނުންކުރާ އެއްޗެކެވެ. މިއީ މަތިކަރާބޭހުގެ ބާވަތެކެވެ. ތަކޫވަކުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.
ތަކޫވަކުން އުފައްދާ ތެލަކީ ތަފާތު ވައްތަރުތަކުގެ އަތަރާއި ސެންޓް ފަދަ ތަކެތި އުފެއްދުމުގައި ބޭނުން ކުރާ އެއްޗެކެވެ. ތަކޫވަކުން އުފައްދާ ތެޔޮ ހުންނަނީ ސާފު ނުވަތަ މަޑު ރީނދޫ ކުލައެއްގައެވެ. ތަކޫވަކުން ބަޓަރު ވެސް އުފައްދައެވެ. ކެއްސުމަށް ހުންނަ ބައެއް ކަހަލަ ސިރަޕް ތަކާއި، އަދި ދަތްއުގުޅުމަށް ހުންނަ ބައެއް ކަހަލަ ބޭސްތައް އުފެއްދުމުގައި ތަކޫވައް ތެޔޮ ބޭނުންކުރާ ކަމަށް ވެއެވެ. ހަކީމީ ބޭސްވެރިކަމުގައި ނާރުތަކުގެ ނިޒާމް އަދި ހަޖަމްކުރާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރުމުގައި ތަކޫވައް އަދި ތަކޫވައް ތެޔޮ ބޭނުންކޮށްފައި ވެއެވެ.
ތަކޫވަކަކީ ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދާ އެއްޗެކެވެ. މީގައި ހިމެނޭ ވިޓަމިންތަކާއި މިނަރަލްތަކުގެ ސަބަބުން މިއީ ހަށިގަނޑަށް ވަރަށް ބޭނުންތެރި ކާނާއެކެވެ. ޚާއްޞަކޮށް ވިޓަމިން ސީ އާއި ޕޮޓޭސިއަމް ފަދަ މާއްދާތައް ގިނައިން ހިމެނޭތީ، މިއީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ހަށިގަނޑުގެ ހަކަތަ އިތުރުކުރުމަށް އެހީތެރިވާ ކާނާއެކެވެ.
ތަކޫވަކުގައި މެގްނީޒިއަމާއި މެންގަނީޒް އާއި ކޮޕަރ އަދި ވިޓަމިން ބީ1 އަދި ބީ6 ހިމެނެެއެވެ. ތަކޫވަކުން ހަމުގައި ހުންނަ ލައް ފިލުވައިދީ މޫނުގެ ހަމުގެ ކުލަ މީޒާން ކޮށްދެއެވެ. އަލްޓްރާ ވައިލެޓް ރޭއިސް އާއި ޕިގްމެންޓޭޝަން އަދި ހޯމޯނަށް އަންްނަ ބަދަލުގެ ސަބަބުން ހަންގަނޑުގައި ކަޅު ލަކާއި ފްރެކްލްސް ނަގައެވެ. މިފަދަ ލައްތައް ފިލުވައިލުމަށްވެސް ތަކޫވަކުން ހަދާ ފޭޝަލް ޕެކް ބޭނުންކުރެވިދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
