މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާ (ނަހޫ) މިހާރު އުފައްދަމުން އަންނަ ފިލްމު “ސޮރީ“ގެ ޓައިޓްލް ފޮންޓް މައުމޫން ފޮންޓަށް ބަދަލުކޮށްފިއެވެ. މި ބަދަލު ގެނައުމުގެ ބޭނުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އިޙްތިރާމު އަދާކުރުމަށް ކަމަށް މުނިއަވަސް އަށް ނަހޫ ބުންޏެވެ.
ނަހޫ ބުނީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ މި ޤައުމުގެ ޝަރަފެއްކަމަށާ، އެމަނިކުފާނުގެ އަތުލިޔުމަށް ހަދާފައިވާ ފޮންޓެއް ބޭނުންކުރުމަކީ އެމަނިކުފާނަށް ކުރެވޭ އިޙްތިރާމެއް ކަމުގައި ނަހޫ ދެކޭކަމަށެވެ. މީގެ އިތުރުން، ރައީސް މައުމޫނަކީ ދިވެހި ފިލްމީ މަސައްކަތަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާ ބޭފުޅެއްކަން ވެސް ނަހޫ ފާހަގަކުރިއެވެ.
މައުމޫން ފޮންޓަށް ފިލްމު “ސޮރީ“ގެ ޓައިޓްލް ބަދަލުކުރި ސަބަބު ވަރަށް ކުރުކޮށް ހާމަކުރަމުން ނަހޫ ބުނީ:
“ޝަރަފެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރާތީ އާ، އެމަނިކުފާނަށް އިޙްތިރާމުކުރުމުގެ ގޮތުން!“
* ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)
ދިވެހި ފިލްމު އޯޑިއަންސުން އެންމެ ބޮޑު ތަރުހީބެއް މިހާތަނަށް ދެމުން އަންނަނީ ނަހޫ އުފައްދާ ފިލްމުތަކަށް ކަމަށްވާއިރު، ފިލްމު “ސޮރީ” އަކީ އަހަރުތަކެއް ފަހުން ނަހޫ ގެނެސްދޭ ލޯބީގެ އަސަރުގަދަ ފީޗާ ފިލްމެކެވެ. އެހެންކަމުން މި ފިލްމަކީ މިވަގުތު ދިވެހި ފިލްމު އޯޑިއަންސުން އެ ފިލްމެއްގެ އިންތިޒާރު ކުރަމުން އަންނަ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.
ނަހޫ އެންމެ ފަހުން އުފެއްދި ލޯޯބީގެ އަސަރުގަދަ ދިވެހި ފިލްމަކީ ފިލްމު “ޔޫސުފް” އެވެ. މި ފިލްމަކީ މިހައިތަނަށް އެންމެ ބޮޑު އޯޑިއަންސަކުން ބެލި ދިވެހި ފިލްމަށް ވާނެ އެވެ. ނަހޫ ބުނެފައިވާގޮތުން އޭނާ އަބަދުވެސް މަސައްކަތްކުރަނީ އޭނާގެ އެއް އުފެއްދުމަށް ވުރެން މޮޅަށް އަނެއް އުފެއްދުން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށެވެ. ނަހޫ އަބަދުވެސް ބަލަނީ ކޮންމެ ފިލްމަކުންވެސް އޭނާގެ އަމިއްލަ ރެކޯޑް މުގުރައިލުމަށެވެ. އެގޮތުން “ސޮރީ” ފިލްމާއެކު ބެލުންތެރިންނަށް އޭނާ ދޭ ޔަޤީންކަމަކީ ފިލްމު “ސޮރީ” އަކީ އޭނާ އެންމެ ފަހުން އުފެއްދި ލޯބީގެ ފިލްމު “ޔޫސުފު”ގެ ރެކޯޑް މުގުރައިލާމެ ފިލްމަށް ވެގެންދާނެ ކަމަށެވެ.
“ސޮރީ” އަކީ ނަހޫގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. “ސޮރީ” ޑައިރެކްޓްކުރަނީ ނަހޫ އެވެ.
ފިލްމް “ސޮރީ“ގެ ލީޑް ކުޅެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ އިތުރުން ނަހޫގެ އެންމެ ހަގުދަރިފުޅު ލާލި އަދި ނަހޫގެ ދޮށީ ދަރިފުޅު ނާޝްގެ އަންހެން ދަރިފުޅެވެ.
މީގެ އިތުރުން މި ފިލްމުގައި ނަހޫގެ އެންމެ ހިޓް ފިލްމުތަކުގައި ހަރަކާތްތެރިވި ޝީލާ ނަޖީބް އަދި ހުސައިން ސޮބާހުވެސް ލީޑްގައި ފެނިގެންދާނެ އެވެ. މިއީ ޝީލާ އަދި ސޮބާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމީ މަސައްކަތްކަން ސޮބާ އަދި ޝީލާވެސް ފާހަގަކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!