މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާގެ “ސޮރީ” ސިނަމާތަކުގައި ރިލީޒްކުރާނީ 2025 ޖޫން 17ވަނަ ދުވަހުގެ ރޭގައި ކަން ހާމަކޮށްފިއެވެ.

ފިލްމު ރިލީޒްކުރާނެ ތާރީޚް އާއްމުކުރަމުން “ސޮރީ”ގެ ފޭސްބްކް ޕޭޖްގައި ވަނީ ފިލްމާމެދު ވަރަށް ޝައުގުވެރި ލިޔުންކޮޅެއްވެސް އާއްމުކޮށްފައެވެ.

“ނޭވާހިފަހައްޓާލާށެވެ. 2025 ޖޫން 17ގައި ސިނަމާތަކަށް ފިލްމު އަންނާނެ އެވެ. މިއީ ހަމައެކަނި ފިލްމެއް ނޫނެވެ. މިއީ ފަސޭހަނުވާނެ ޒަޚަމެކެވެ. ހެދޭ ކުޑަކުޑަ ގޯހެއްގެ ސަބަބުން ހުރިހާ އެއްޗެއް ގެއްލިގެން ދެއެވެ. ލޯބި، އުއްމީދު އަދި މުސްތަގުބަލް ވެސް މެއެވެ. އަދި  އެެކަން މިހެން ނުވިނަމަ’ އޭ ހިތަން

އަރާ ހާލަތަކަށް މީހާ ޣަރަގުކޮށްލައެވެ.  މިއީ  ހިފަހައްޓާ ނުލެވޭނެ ނުވަތަ  ކޮންޓްރޯލް  ނުކުރެވޭނެ ގިސްލުމެކެވެެ .  ކޮންމެ ފަހަރަކު  މިހަނދާންތައް ތިބާ އިތުރަށް ޒަހަމް ކޮށްލާނެެެއެވެެ. “ސޮރީ” ތިބާ ފުނޑުފުނޑުކޮށްލާނެއެވެ. ރޫހާނީ ކަމެއް ފަދައިން މިހަނދާންތައް ފަނޑުނުވެ ދިގުދެމިގެންދާނެއެވެ.

ތާރީޚް ފާހަގަކޮށްލާށެވެ. ފިލްމު ބެލުމަށްފަހު ތިބާގެ ހިތް އިހު އޮތްގޮތަކަށް ނޯންނާނެއެވެ.”

* ފިލްމު “ސޮރީ”ގެ ފޭސްބްކް ޕޭޖް

ހަމަ ގައިމުވެސް މި ވަރުގަދަ ކެޕްޝަނުން ވެސް ފިލްމު ރިލީޒްކުރާ ތާރީޚް ކަލަންޑަރުގައި ފާހަގަކޮށްލަން މަޖުބޫރުކުރުވައިފިއެވެ. އެހެން ނޫނަސް މިހާރުވެސް ދިވެހި ފިލްމު އޯޑިއަންސުން މި ފިލްމު ނެރޭނެ ތާރީޚަށް އިންތިޒާރުކުރަން ފެށިތާ ދުވަސްތަކެއްވެސް ފާއިތުވެ ހިނގައްޖެއެވެ.

“ސޮރީ”ގެ އިންތިޒާރުގައި ތިބި ފަރާތްތަކުން މިވަގުތު ކުރަމުންދާ އިންތިޒާރަކީ ފިލްމުގެ ޓީޒާރއެއް ނުވަތަ ޓްރެއިލާއެއް ފެނިގެންދާނެ ވަގުތަކަށެވެ.

“ސޮރީ” އަކީވެސް ޔޫއްޕެ އަދި އައްޒަގެ ޖޯޑު ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރުން އާނަންދު އަދި ޝިޔާ މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. ފިލްމުގެ އާއްމުކޮށްފައިވާ ޕޯސްޓަރުން އެ ފެންނަ ނަހޫގެ ނާޝްގެ ޅަދުވަސްތައް އަލުން ހަނދާނަށް ގެނެސްދޭނެ ދެބެއިންގެ ހުނަރުވެރި އެކްޓިންވެސް މި ފިލްމުން ފެނިގެންދާނެއެވެ.

“ސޮރީ” އަކީ ނަހޫ ލިޔެ ޑައިރެކްޓްކުރާ ނަހޫވަންތަ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.