ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ އަދަދަކަށް ފިލްމާއި ލަވަ ކުޅެފައިވާ މަޝްހޫރު ބަޠަލާ ނިޢުމާ މުޙައްމަދު ފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ކުޅެލަން ބޭނުންވާ ކެރެކްޓަރ ރޯލް ކުޅެލަން ލިބިފައި ނުވާކަމަށް ނިޢުމާ ބުނެފިއެވެ. ނިޢުމާ މިހެން ބުނީ މުނިއަވަސް އިން ގެނެސްދެމުން އަންނަ ޓޯކް ޝޯ “ފަންނީ ވާހަކަ”އިގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަދައްކަމުންނެވެ.

ނިޢުމާގެ ފިލްމީ ކެރިއަރުގެ ގިނަ ވާހަކަތަކެއް ހިއްސާކުރެވުނު މި ޝޯގައި ޝޯގެ ހޯސްޓް ލައިނާ ކުރި ސުވާލަކަށް ޖަވާބުދެމުން ނިޢުމާ ބުނީ އޭނާ އެންމެ ކުޅެން ބޭނުންވާ ރޯލް ކުޅުމުގެ ފުރުޞަތު ލިބިފައިނުވާ ކަމަށެވެ.

“ނިޢުމާ އިންޓަވިއުއެއްގަ ބުނެފަ އެބަވޭ ނިޢުމާގެ އެކްޓިން ކެރިއަރ ނިންމާލިއިރުވެސް ނިޢުމާ އެންމެ ކުޅެލަން ބޭނުންވާ ކަހަލަ ރޯލެއް ކުޅެލަން ފުރުޞަތު ނުލިބޭ ވާހަކަ. އެއީ ކޮން ރޯލެއް؟

* ފަންނީ ވާހަކަ ޝޯގެ ހޯސްޓް ލައިނާ

މި ސުވާލުގެ ޖަވާބާއި ނިޢުމާގެ ފިލްމީ ހަޔާތުގެ ގިނަ ވާހަކަތަކެއް ހިއްސާކުރަމުން ބުނެފައިވަނީ ކީކޭކަން މި ޓޯކް ޝޯއިން ބަލައިލެވޭނެ އެވެ.

@muniavas NIUMA on FanneeVaahaka – E04 @neumamohamed77 @laina4669 @umarashfaq1515 @shiruxa @unmaday #FanneeVaahaka #dhivehifilm #dhivehisongs #dhivehitiktok #muniavasnews #fyp≥° viral #foryou #fyp≥ #fyp #foryoupage #viralvideo #Dhivehifilms #DhivehifilmIndustry #dhivehifilm @mamma.maldives @sundharu #muniavasnews#muniavascreation ♬ original sound MUNIAVAS

“ފަންނީ ވާހަކަ” ޓޯކް ޝޯގެ ހަތަރު އެޕިސޯޑް މިހައިތަނަށް ގެނެސްދީފައިވާއިރު، މިއީ އެކިއެކި ފަންނުތަކުގެ ފަންނީ ބޭފުޅުންގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ގެނެސްދިނުމަށް މުނިއަވަސް އިން ކުރިއަށްގެންދާ ޝޯއެއްކަން ފާހަގަކޮށްލެވެއެވެ.

“ފަންނީ ވާހަކަ” ޓޯކް ޝޯގެ ހޯސްޓަކީ މުނިއަވަސްގެ ޖާނަލިސްޓް ލައިނާ އިބްރާހީމް އެވެ. މަންޒަރުތައް ކެމެރާކުރަނީ މުނިއަވަސްގެ ވީޑިއޯ ޖާނަލިސްޓް އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޢުމަރު އަޝްފާޤްއެވެ. ޝޯގެ ޑައިރެކްޝަންގައި އަޝްފާޤް އާއެކު ކުރީގެ ފިލްމީ ތަރި އަދި މުނިއަވަސްގެ ޖާނަލިސްޓް ޢާއިޝަތު ޝިރާނީ ވެސް ހަރަކާތްތެރިވެއެވެ.

ޝޯގެ ޕްރީޕްރޮޑަކްޝަންގައި ހަރަކާތްތެރިވަނީ މުނިއަވަސްގެ ޖާނަލިސްޓް ސާޖިދު ޢަބްދުﷲ އަދި އަޙްމަދު ރަޝީދު އެވެ. ޕޯސްޓްޕްރޮޑަކްޝަން ކުރިއަށްގެންދަނީ ލ. ފޮނަދޫގައި ހުންނަ ރިކާޒް ސްޓޫޑިއޯގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.